Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ދެ ދުވަހުގެ ތެރޭގައި ދެ ފަހަރަށް، ޓްރަމްޕް އާއި ޒެލެންސްކީ މަޝްވަރާ ކުރައްވައިފި

ޓްރަމްޕްއާ އެކު ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް އިޝާރާތް ކުރްވައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެއީ ވަރަށް މުހިންމު މަޝްވަރާ ތަކެއް ކަމަށް. އަދި ޓްރަމްޕްއާ އެކު ވަރަށް އުފެއްދުންތެރި ގޮތެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޔުކްރެއިންގެ ވައިގެ ދިފާއީ ނިޒާމާއި ދުރު ހިސާބުތަކަށް އަމާޒުކުރެވޭ ހަތިޔާރުތަކާ ގުޅޭގޮތުން ޒެލެންސްކީ އާއި ޓްރަމްޕް މަޝްވަރާކުރައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޮކްޓޯބަރު 2025 | ހޯމަ 07:19
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ މަޝްވަރާ ކުރައްވައިފި އެވެ.

ޒެެލެންސްކީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޓްރަމްޕްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މިއީ ދެ ދުވަހުގެ ތެރޭގައި، ޓްރަމްޕް އާއި ޒެލެންސްކީ މަޝްވަރާ ކުރެއްވި ދެ ވަނަ ފަހަރެވެ.

ޓްރަމްޕްއާ އެކު ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް އިޝާރާތް ކުރްވައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެއީ ވަރަށް މުހިންމު މަޝްވަރާ ތަކެއް ކަމަށެވެ. އަދި ޓްރަމްޕްއާ އެކު ވަރަށް އުފެއްދުންތެރި ގޮތެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ އޭނާގެ ޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަމާއި، ޔުކްރެއިންގެ އަސްކަރީ ޤާބިލުކަން އިތުރަށް ވަރުގަަދަ ކުރުމުގެ ގޮތުން ވައިގެ ދިފާއީ ނިޒާމާއި، ދުރު ހިސާބު ތަކަށް އަމާޒު ކުރެވޭ ހަތިޔާރުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޓްރަމްޕް އާއި ޒެލެންސްކީ މިހާ ގާތް ގާތުގައި މަޝްވަރާ ކުރައްވާފައިވާއިރު، އެ މަޝްވަރާ ތަކުގައި ޔުކްރެއިންގެ މިހާރުގެ ޙާލަތާއި، އެ ޤައުމަށް ދިމާވެފައިވާ ގޮން ޖެހުންތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާތަކެއް ކުރެވުނު ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ރަޝިޔާ އިން ދެމުން އަންނަ ހަމަލާ ތަކުން ރައްކާތެރި ވުމަށް ބޭނުންވާ އެހީތެރިކަަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ޒެލެންސްކީ ވާހަކަ ދައްކަވާފައި ވީ ނަަމަވެސް، އެ މަޝްވަރާތަކާ ގުޅޭ ގޮތުން ޓްރަމްޕް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

ޔޫކްރެއިން-ރަޝިޔާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު