Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސް އިން ހަތިޔާރު ނުބަހައްޓައިފ ނަމަ، ގަދަ ބާރުން އެކަން ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތުން ކުރަން އުޅޭ ކަންކަން ވެސް އިނގޭ ކަމަށް. އެހެން ނަމަވެސް، ވަރަށް އަވަހަށް ހަމާސްގެ ހަތިޔާރު ބެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ފަހަރުގައި އަނިޔާވެރި ގޮތެއްގައި ވެސް އެކަން ކުރަން ޖެހިދާނެ ކަމަށް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށާއި، އެކަން ނުކޮށްފިނަމަ އެކަން ކުރުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 06:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ހަތިޔާރު ނުބަހައްޓައިފި ނަމަ، ގަދަ ބާރުން އެކަން ކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭން އަށް މަޝްވަރާ ކުރުމަށް ފަހު، ހަނގުރާާމަ ހުއްޓާލުމަށް ހަމާސް އާއި އިސްރާއީލް އިން އެއްބަސްވެފައިވާއިރު، އެ ޕްލޭންގައި ވަނީ ހަމާސް ޖަމާއަތުން އެ ޖަމާއަތުގެ ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ހަމާސް އިން އެކަމަށް އެއްބަސްވެފައި ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަމާސް ޖަމާއަތަށް ޖެހޭނީ ހަތިޔާރު ބަހައްޓަން ކަމަށެވެ. އަދި އެ ޖަމާއަތުން އެކަން ނުކޮށްފި ނަމަ، އެމެރިކާ އިން ގަދަ ކަމުން އެކަން ކުރުވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމާސް ޖަމާއަތުން ކުރަން އުޅޭ ކަންކަން ވެސް އިނގޭ ކަމަށެވެ. އެހެން ނަމަވެސް، ވަރަށް އަވަހަށް ހަމާސްގެ ހަތިޔާރު ބެހެއްޓުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ފަހަރުގައި އަނިޔާވެރި ގޮތެއްގައި ވެސް އެކަން ކުރަން ޖެހިދާނެ ކަމަށެވެ.

ޓްރަމްޕް މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހީ ވަނީ ތަންފީޒު ކުރަން ފަށައިފަ އެވެ. ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ހުރިހާ ރަހީނުން މިނިވަން ކޮށްފައިވާއިރު، އިސްރާއީލްގެ ޖަލު ތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ވެސް ވަނީ މިނިވަން ކޮށްފަ އެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި ކުރިއަށް ދާނެ ގޮތާ މެދު މިހާރު ވަނީ ގިބަ ސުވާލު ތަކެއް އުފެދިފަ އެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވީ އޭނާ ހަމާސް ޖަމާއަތާ ވާހަކަ ދައްކާފައި ވާނެ ކަމަށެވެ. އަދި ހަމާސް އިން ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށް އެ ޖަމާއަތަށް އަންގާފައި ވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެއާއެކު، ހަތިޔާރު ދޫކޮށްލާނެ ކަމަށް އެ ޖަމާއަތުން އޭނާގެ ގާތު ބުނެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ އެ މެސެޖު ފޯރުކޮށްދެވުނީ އޭނާގެ މީހުން މެދުވެރިކޮށް ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ އެކު، ޣައްޒާގެ ސުލްޙައާ ގުޅޭ ގޮތުން މިޞްރުގައި ވަނީ ޚާއްސަ ސަމިޓެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ސަމިޓުގައި ވެސް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި، ސުލްޙަ ޤާއިމު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ މި ހަނގުރާމައިގައި ވަނީ ޣައްޒާގެ 68،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ އިތުރުން، 150،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. ޣައްޒާގެ އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ދަށުގައި ވެސް އެތައް ހާސް ބަޔަކު ތާށިވެފައި ތިބޭނެ އެވެ.

މަސްދަރު: ައަލް އަރަބިއްޔާ

ހަމާސްއިސްރާއީލް-ހަމާސްޣައްޒާ ހަނގުރާމައެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު