Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025 | ބުދަ 06:08

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަަމަށާއި، ލިންކަން ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ ގޮތް ކުރިން ވެސް އިނގޭ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ހާފުގައި ޗެލްސީ އަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ސެޕްޓެމްބަރު 2025 | ބުދަ 06:08
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ތިން ވަނަ ބުރުގައި ލިންކަން ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ލިންކަން ސިޓީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ލިންކަން ސިޓީ އަށް ލީޑު ނަގައިދިނީ ރޮބް ސްޓްރީޓް އެވެ. އެ ލަނޑުގެ ކުރިން މެޗުގައި ޗެލްސީ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޓައިރިކް ޖޯޖް އެވެ. އޭގެ ދެ މިނެޓު ފަހުން ފަކުންޑޯ ބުއޮނަނޯޓޭ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި މެޗުން މޮޅު ކޮށްދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައި ވަނީ، މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަަމަށާއި، ލިންކަން ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ ގޮތް ކުރިން ވެސް އިނގޭ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ހާފުގައި ޗެލްސީ އަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ.

މަރެސްކާ ބުނީ ދެ ވަނަ ހާފުގައި ޗެލްސީ އިން ބައެއް ކަންކަން ބަދަލު ކުރި ކަމަށާާއި، އޭގެ ނަތިޖާ އަކީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މޮޅުވުން ކަމަށެވެ. އޭނާ ބުނީ ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު މަސައްކަތެއް ފެނިފައިވާ ކަމަށާއި، ކުޅުންތެރިންގެ ކުޅުމާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.

އިތުރަށް މަރެސްކާ ބުނީ އޭނާ ބޭނުން ވަނީ ޗެލްސީ ރަނގަޅު މިސްރާބުގައި ކުރިއަށް ދާން ކަމަށެވެ. އެހެން ނަމަވެސް، ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، އެކަންކަމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް މަރެސްކާ ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިންނަށް އޮންނަ އިތުބާރަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.

ކަރަބޯ ކަޕްޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
25 ސެޕްޓެމްބަރު 2025

ޕޯޓް ވޭލް ބަލިކޮށް، އާސެނަލް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ޕޯޓް ވޭލް ބަލިކޮށް، އާސެނަލް ގަދަ 16 އަށް
24 ސެޕްޓެމްބަރު 2025

ފަހު ވަގުތު މޮޅުވެ، ލިވަޕޫލް ވެސް ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހު ވަގުތު މޮޅުވެ، ލިވަޕޫލް ވެސް ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް