Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، ޗެލްސީ އަތުން ވީ ބައްޔަކީ އަނެއްކާ ވެސް ލިވަޕޫލް އަށް ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް ކަމަށެވެ. އޭނާ ބުނީ ޗެލްސީ އަތުން ވީ ބައްޔާއި، އޭގެ ކުރިން ލީގުގައި ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވީ ބައްޔަކީ ވެސް ހަމަ ދާދި އެއް ކަހަލަ ބައްޔެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2025 | އާދީއްތަ 04:23
މެޗުގައި ޗެލްސީ އިން ދެ ވަނަ ލަނޑު ޖެހި ވަގުތު ލިވަޕޫލްގެ ކުޅުންތެރިން

މެޗުގައި ޗެލްސީ އިން ދެ ވަނަ ލަނޑު ޖެހި ވަގުތު ލިވަޕޫލްގެ ކުޅުންތެރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޗެލްސީ އިން ކުރި ހޯދާފައި ވަނިކޮށް ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޗެލްސީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޗެލްސީ އަށް ޖަހައިދިނީ މޮއިސަސް ކަސައިޑޯ އެވެ. އެއީ މަލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިވަޕޫލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސެންޑާ އިސާކް އެވެ.

މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުގައި ޗެލްސީ މޮޅު ކޮށްދިނީ އެސްޓެވާއޯ ވިލިއަމްސް އެވެ. އެއީ މާކް ކުކުރޭލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

ޗެލްސީ އަތުން ލިވަޕޫލް ބަލިވެފައިވާއިރު، އެންމެ ފަހުން ލިވަޕޫލް ކުޅުނު ތިން މެޗުން ވެސް އެ ޓީމު މި ވަނީ ބަލިވެފަ އެވެ. ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް ބަލިވީއިރު، އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ގަލަޓަސަރާއިއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ. އޭގެ ފަހުން ޗެލްސީ އަތުން ބަލިވެފައިވާއިރު، ބައިނަލްއަޤުވާމީ ބްރޭކަށް ދިޔައިރު ލިވަޕޫލް އަށް ވަނީ އެއް ވަނަ މަގާމު ގެއްލިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފައި ވަނީ، ޗެލްސީ އަތުން ވީ ބައްޔަކީ އަނެއްކާ ވެސް ލިވަޕޫލް އަށް ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް ކަމަށެވެ. އޭނާ ބުނީ ޗެލްސީ އަތުން ވީ ބައްޔާއި، އޭގެ ކުރިން ލީގުގައި ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވީ ބައްޔަކީ ވެސް ހަމަ ދާދި އެއް ކަހަލަ ބައްޔެއް ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން 15 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ދެ ވަނައިގަ އެވެ. ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ފަސް މެޗުންނެވެ. އަނެއް ދެ މެޗުން ލިވަޕޫލް ވަނީ ބަލިވެފަ އެވެ.

ލިވަޕޫލްއިނގިރޭސި ޕްރިމިއަރ ލީގުޗެލްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު