Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް ޖަގަހަ ޖަލްސާ

ގާސިމް މީހުންނަށް އެހީވީ ވެރިކަމުގެ ދަހިވެތިކަމުގައި، އެހީ ދީފަ ކަލަ ގޮވާ: ފަލާހު

ގާސިމް ސަރުކާރާދެކޮޅު ވެގެން އުޅުއްވަނީ ރައީސް ޔާމިން ކަމުނުގޮސްގެން ނޫން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2017 | ހޯމަ 23:46
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މީހުނަށް އެހީ ވެދެއްވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގަ ކަމަށާއި އެހީ ދިނުމަށްފަހު އެމަނިކުފާނު "ކަލަ ގޮވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމްއިން "ރުމާލު ދެއެއް" ޖަގަހައިގަ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ފަލާހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަކި މީހަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވަނީވެސް އަމިއްލަފުޅު ވިޔަފާރި ކުރިއެރުއްވުމަށް ކަމަށެވެ.

Advertisement - newsAdvertisement
" އެ ބޭފުޅާ ( ގާސިމް އިބްރާހިމް) އެބަ ހުއްޓޭ އެ ބޭފުޅާގެ ހަރަދުގައި ކިޑްނީ ބަދަލުކޮށްދީފަ ހުރި މީހުންގެ ވާހަކަ ދައްކާ ކަލަ ގޮވާފަ. މިއީތޯ ހެޔޮ ކަމަކީ. ހެޔޮކަން ކޮށްދިނީ ވެސް ވެރިކަމުގެ ބޭނުމުގައި. ހުރިހާ ކަމެއްވެސް ކޮށްދިނީ ވެރިކަމުގެ ބޭނުމުގައި، " ރައީސް ޔާމީން ބައިވެރިވަޑައިގެންނެވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ގާސިމް މި ސަރުކާރާ ދެކޮޅުވެގެން އުޅުއްވަނީ ރައީސް ޔާމީން ކަމުނުގޮސްގެން ނޫން ކަމަށާއި ސަރުކާރުގެ ތެރެއިން ބޮޑެތި ފައިދާތައް ލިބިނުލެއްވުމުން ކަމަށްވެސް ފަލާހު ތުޙުމަތު ކުރެއްވިއެވެ.

" ތިޔަބޭފުޅުން ބައްލަވާ އެމަނިކުފާނުގެ( ގާސިމް އިބްރާހިމްގެ) އެއާޕޯޓް. އެމަނިކުފާނުގެ އެއާޕޯޓް ވަހީދުގެ ވެރިކަމުގައި އެ އޮތީ 100 އަހަރަށް އެގްރިމެންޓް އާކޮށްފައި. މި ކަހަލަ ފައިދާތައް ނުލިބޭތީ މި ހަޅޭއްލަވަނީ. ރައީސް ޔާމިން ކަމުނުގޮސްގެނެއް ނޫން. ކޮބައިތޯ ދައުލަތައް ދައްކަން ޖެހޭ 170 މިލިއަން ޑޮލަރު. މީރާއިން އެއޮއް ދުވަނީ. އެ ފައިސާ ދައްކަން ވީ ނޫންތޯ." އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމުން ބޭލުމުގެ މުގުލުގައި ހުންނެވީ ގާސިމް ކަމަށާއި ކޮންމެ މީހަކުވެސް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވަނީ ޤާސިމްގެ އަމިއްލަ ވިޔަފާރި ހިމާޔަތްކުރައްވަން ކަމަށް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުޑަ ދުވަސްކޮޅަކު ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު ސަރުކާރާ ދެކޮޅުވީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މިހާރު ގާސިމް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމާފައިވާ ނިންމުމަކީ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިވަޑައިގެން ހިތާމަކުރެއްވި ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލާގައި ނިންމެވި ގޮތުން ވަރަށް އުފާވެރިކަން ލިބިވަޑައިގަތްކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެއީ އެ ދާއިރާތަކުގެ ރައްޔިތުންނަށްވެސް އުފާވެރި ނިންމުމެއް ކަމަށް ފާހަގަ ކުރައްވާ އެ ދާއިރާތަކުގެ މެމްބަރުނަށް ވެސް ފާޑު ވިދާޅުވިއެވެ. އޭނާ ފާޑު ވިދާޅުވީ މަޑުއްވަރީ ދާއިރާ، ތުލުސްދޫ ދާއިރާ ވިލިނގިލީ ދާއިރާ އަދި ދިއްދޫ ދާއިރާގެ މެމްބަރުންނަށެވެ.

" އެ މެމްބަރުންނެއް ފޯނެއް ނުނަގާ. ފޯނު އުޅުނީ މުޅިން ނިއްވާލައިގެން. ބެންކޮކްގައި ކަމަށްވަނީ ގިނަ ބޭފުޅުން އުޅުއްވަނީ ވެސް. އެ ވާހަކަ އެ ހިސާބުން ބާއްވާ. އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ރާއްޖޭގެ ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު