Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެސްޓްހައުސްތަކުގެ ވިޔަފާރި

ބަލިމަޑުކަމާ ގުޅިގެން 300ށް ވުރެ ގިނަ ގެސްޓްހައުސް އަދިވެސް ނުހުޅުވޭ: ޓޫރިޒަމް މިނިސްޓަރު

14 މެއި 2021 | ހުކުރު 06:07

ރަށު ފަތުރުވެރިކަން އެއީ މުހިންމު ސިނާޢަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2021 | ހުކުރު 06:07
ހުޅުމާލެ ގެސްޓްހައުސްއެއް،

ހުޅުމާލެ ގެސްޓްހައުސްއެއް،

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 300ށް ވުރެ ގިނަ ގެސްޓްހައުސް އަދިވެސް ނުހުޅުވި އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންކުރީ ފަތުރުވެރިކަމުގެ މަންފާ ހުރިހާ އެންމެންނަށް ލިބިދޭ ގޮތަށް ކަމަށާއި ޚާއްސަކޮށް ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގައި ރަށު ފަތުރުވެރިކަން އެއީ މުހިންމު ސިނާއަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރަށު ފަތުރުވެރިކަމަށް އަންނަ ކޮންމެ ހީނަރު ކަމެއް މުޅި ސިނާއަތަށް ކުރާނެ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރަށު ފަތުރުވެރިކަމަށް ކަމަށާއި، މާލެސިޓީ ލޮކްޑައުން ކުރުމާއެކު ގިނަ ދުވަސްތަކަކަށް ގެސްޓްހައުސްތައް ބަންދުކުރަން ޖެހުނު ކަމަށެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓުތަކާ ޚިލާފަށް ގެސްޓްހައުސްތައް ހުޅުވައި ހިންގަން ފެށުނީ ވަރަށް ފަހުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގެސްޓްހައުސްތަކުގެ ތެރެއިން މިހާރު 7000 އެނދު ހިމެނޭ ގޮތަށް ގެސްޓްހައުސްތައް ހުޅުވިފައިވީ ނަމަވެސް 300ށް ވުރެ ގިނަ ގެސްޓްހައުސް އަދިވެސް ނުހުޅުވޭ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ގޮތުން ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކުގެ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މިހާރު ވަނީ މަނާކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ އެހެނިހެން މާކެޓްތަކުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ރަށު ކައުންސިލްތަކުން ވަރަށް ފުރިހަމަ ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލްތަކުން ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރު ގެސްޓްހައުސްތައް ހިންގަމުންދާއިރު، ބަލިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ޕްރޮޓޮކޯލްތަކަށް ފުރިހަމައަށް އަމަލުކުރޭތޯ ޓޫރިޒަމް މިނިސްޓްރީން ބަލަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގެސްޓް ހައުސް

އިތުރަށް ކިޔާލަން

03 ޖުލައި 2025

ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025
ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 އޮކްޓޯބަރު 2022

ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި

18 އޮކްޓޯބަރު 2022
ގެސްޓްހައުސް ވިޔަފާރި ފުޅާވެ، 855 ގެސްޓްހައުސް އޮޕަރޭޝަންގައި
11 ޖުލައި 2022

ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

11 ޖުލައި 2022
ފަތުރުވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް އީޔޫއިން ދޫކުރާ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
24 މާރިޗު 2022

އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި

24 މާރިޗު 2022
އީޔޫގެ ފަރާތުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފި
06 ޖެނުއަރީ 2022

ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ

06 ޖެނުއަރީ 2022
ގެސްޓްހައުސް ހިންގަމުންދާ ގިނަ ރަށްރަށުގެ ކައުންސިލްތަކުން އުސޫލުތައް ތަންފީޒު ކުރޭ: އެލްޖީއޭ
04 ނޮވެމްބަރު 2021

ދީނާ ބީރައްޓެހި އަމަލު ހިންގާ ގެސްޓް ހައުސްތަކުގެ އެއްބަސްވުން ބާތިލްކުރާނެކަމަށް މާފުށީ ކައުންސިލުން ބުނެފި

04 ނޮވެމްބަރު 2021
ދީނާ ބީރައްޓެހި އަމަލު ހިންގާ ގެސްޓް ހައުސްތަކުގެ އެއްބަސްވުން ބާތިލްކުރާނެކަމަށް މާފުށީ ކައުންސިލުން ބުނެފި
21 ޖުލައި 2021

ގެސްޓްހައުސްއެއްގެ ސަސްޕެންޝަން ބާތިލްކޮށް، އިތުރު ތަނެއް ސަސްޕެންޑުކޮށްފި

21 ޖުލައި 2021
ގެސްޓްހައުސްއެއްގެ ސަސްޕެންޝަން ބާތިލްކޮށް، އިތުރު ތަނެއް ސަސްޕެންޑުކޮށްފި
18 ޖުލައި 2021

ގަވާއިދާ ޚިލާފުވި އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފި

18 ޖުލައި 2021
ގަވާއިދާ ޚިލާފުވި އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފި
17 ޖުލައި 2021

ގަވާއިދާ ޚިލާފުވި 3 ގެސްޓް ހައުސްއެއް ސަސްޕެންޑްކޮށް، އިތުރު 3 ތަނަކަށް އިންޒާރުދީފި

17 ޖުލައި 2021
ގަވާއިދާ ޚިލާފުވި 3 ގެސްޓް ހައުސްއެއް ސަސްޕެންޑްކޮށް، އިތުރު 3 ތަނަކަށް އިންޒާރުދީފި
15 ޖުލައި 2021

މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަައް އެންމެނަށް ހުޅުވާލައިފި

15 ޖުލައި 2021
މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަައް އެންމެނަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް