Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުރޫފް ޛާކިރު

މަސްވެރިން ކަންބޮޑުވަނީ ޕްރައިވެޓް ކުންފުނިތަކުން ކަންނެލީގެ އަގު ވައްޓާލާތީ: މެންބަރު މައުރޫފް

މައުރޫފް ވިދާޅުވީ، ގާތްގަނޑަކަށް ސާޅީހަކަށް ފަންސާހަކަށް ދޯނީގެ ދިވެހި މަސްވެރިން ކަންނެލި ނުކުރިފައި ތިބުމަކީ ޖޯކެއް ނޫންކަމަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 13:35
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު

ބޮޑު ކަންނެލި މަސްވެރިން ކަންބޮޑުވަނީ ޕްރައިވެޓް ކުންފުނިތަކުން ކަންނެލީގެ އަގު ވައްޓާލާތީ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެއެވެ.

މެންބަރު މައުރޫފް ވިދާޅުވީ، ގާތްގަނޑަކަށް ސާޅީހަކަށް ފަންސާހަކަށް ދޯނީގެ ދިވެހި މަސްވެރިން ކަންނެލި ނުކުރިފައި ތިބުމަކީ ޖޯކެއް ނޫންކަމަށާއި އެތައް އާއިލާއެއްގެ ބޮޑު ކަންނެލި މަސްވެރިން މަސް ނުކިރި ލަސްވާ ކޮންމެ ދުވަހަކަށް ޕްރައިވެޓް ކުންފުނިތަކުން ކަންނެލީގެ އަގު ދަނީ އިންތިހާއަށް ވައްޓަމުން ކަމަށެވެ.

Advertisement - newsAdvertisement

250 ފްލީޓު އޮތް މުޅި ކަންނެލި ސިނާއަތް މިއަދު 150 އޮޑިއަށް ތިރިވެގެން ދާކަމަށާއި ކަންނެލި މަސްވެރިން ދެހަފްތާ ވަންދެން ބޭރު ކަނޑުގައި ބުރަ މަސައްކަތުން މަސްބާނާފައި ފެކްޓްރީން 80 އަށް ގަންނާނަމޭ ބުނެގެން ގޮސް ކަނެލި ޖެޓީއަށް ވަންނައިރަށް މަހުގެ އަގު 40 ރުފިޔާ އަށް އަގު ވައްޓާލާފައި ހުންނަކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

މިއަދު ޑޮލަރު ނުލިބިގެން ބޭންކުން ބޭރުކުރެވޭ ޑޮލަރުކޮޅު ހިފައްޓައި 30% ނަގާ ހަދާއިރު ކަންނެއްޔަކީ ޑޮލަރު މިރާއްޖެއަށް ގަނެވޭ އެއްޗެއް، ޑޮލަރު ހެސްކިޔާފަ ވަންނަ ބާވަތެއްގެ ވާހަކަ މިދައްކަނީ އެކްސްޕޯޓު ކުރެވޭނެ މާގިނަ ބާވަތެއް މިރާއްޖޭއަކު ނެތް، އެހެންވެގެން ރައީސް މުޢިއްޒު ވައުވެވަޑައިގަތީ 80 ރުފިޔާއަށާއި 100 ރުފިޔާއަށް ކަންނެލި ގަންނާނެ ކަމަށް، އެމަނިކުފާނަށް އެނގިވަޑާއިގަންނަވާ މީ ކޮންމެހެންވެސް ދިރުވަންޖެހޭ ސިނާއަތެއްކަން، މިއަދު ކަންނެލި މަސްވެރިން އެތިބީ މަސްނުކިރިފާ، މިފްކޯ އަށް ގަންނާނެ ކަންނެތްޔެއް ނެތް ކަނޑުއޮށްގިރީގައި ހަދަމުންދިޔަ ފެކްޓްރީ ހުއްޓާލީ، ހުޅުމާލެގައި ފެކްޓްރީއެއް ހަދާނެ ކަމުގެ ވައުދު ތިންފަހަރަށް ވެވަޑާއިގެންނެވީ، އެހެންނަމަވެސް މިއަދާ ހަމައަށް އެއްކަމެއްވެސް ނުވޭ
މައުރޫފް ޛާކިރު

ބުރަ މަސައްކަތް ކޮށްގެން މަސް ބާނާއިގެން އައީމަ އެއަށް އަގު ކިޔާލަނީ ހިތުހުރި އަގެއް ކަމަށާއި ކަންނެލި މަސްވެރިން ތިބީ "ވިއްކަންޔާ ވިއްކަންވީ ނުވިއްކަންޔާ ގެއަށް ދާންވީ" އެހާލަތުގައި ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި 120 ޓަނަކީ މަދު އަދަދެއް ނޫންކަމަށާއި މިދިޔަ އަހަރުތަކާއި ބަލާއިރު މަސް އެކްސްޕޯޓު ކުރެވޭ މިންވަރު ހުރީ އިންތިހާއަށް ދަށްވެފައިކަން މައުރޫފް ފާޖހަގަކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ ޕީއެންސީގެ މެންބަރުންވެސް މި މައްސަލަ ބަލައިގަތީ މިކަމުގެ ހައްސާސްކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި އެއްވެސް މެންބަރަކު މިކަމާ ސަމާސާ ނުކުރަށްވާ ރަނގަޅަށް މިކަމުގައި ބަހުސްކޮށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދޭނެ ގޮތަކަށް މިކަން ކުރިއަށް ގެންދިއުމަށް މައުރޫފް ވަނީ ގޮވާލައިފައެވެ.

ވައުދުވީގޮތަށް 80 ރުފިޔާއާއި 100 ރުފިޔާއާއި ދޭތެރޭގެ އަގު ކަންނެއްޔަށް ދީ މިފްކޯއަށް ކަންނެލި ގަންނަ ނަމަ މި މައްސަލައަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މަސްވެރިންކަނޑުމަސްއަގު ބަދަލުވުންމައުރޫފް ޒާކިރުޕްރައިވެޓް ކުންފުނިތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު