Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިންގ މިނިސްޓްރީ

ކޮމިޓީގެ ލަފާ އަޅުގަނޑަކަށް މުހިންމެއް ނޫން: މިނިސްޓަރ މުއްތަލިބު

މިނިސްޓަރުގެ މަގާމުގައި ހަވާލުވެ ހުންނެވީ އެބޭފުޅާ ކަމަށާއި އެހެންކަމުން މުހިންމު ވާނީ މިނިސްޓަރު ނަގާ ޑިސިސަންތައް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 މެއި 2025 | ބުރާސްފަތި 12:49
ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު

ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު

ރައީސް ސާލިޙް ގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ދޫކުރި 4000 ފްލެޓްގެ މައްސަލައިގައި ލަފާދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ކޮމިޓީ އަކީ ލިސްޓާއި މެދު ލަފާދިނުމަށް އުފެއްދެވި ކޮމީޓީއެއް ކަމަށާއި ނަމަވެސް އެ ކޮމިޓީގެ ލަފާ މުހިންމު ނޫންކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްތަލިބު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިއަ ނޫސް ވެރިންގެ ބައްދަލުވުމުގައި ރާއްޖެ އެމްވީގެ ނޫސްވެރިއާ ކުރެއްވި ސުވާލަކަށް ޖަބާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައީސް މުއިއްޒު އަށް ލަފާ އެރުވުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓު ނެތް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގައެެވެ.

ހައުސިންގ މިނިސްޓްރީން މިހެން ބުނެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ރިޕޯޓު ހޯދުމަށް ހުށަހަޅައިގެން ވެސް ރިޕޯޓު ލިބިފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރ އޮފީހަށް ހުށަހެޅި ޝަކުވާ އަކާ ގުޅިގެން މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައެވެ.

ފަހި ޔޫނިއަން އިން އެދިފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ގެ ކަންކަން ކުރިއަށް ގެންދިއުމަށް ލަފާ ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ލަފާދޭ ކޮމިޓީން ކުރި މަސައްކަތުގެ ތަފްސީލާއި، ކޮމިޓީން އެކުލަވާލި ރިޕޯޓާއި، ކޮމިޓީގައި ހިމެނޭ ފަރާތްތަކަށް ފައިސާގެ ގޮތުގައި ޚަރަދު ކުރި އެއްޗެއްގެ ތަފްސީލު ހޯދުމަށެވެ.

ހައުސިންގ އެޑްވައިޒަރީ ކޮމިޓީގެ ތަފްސީލު ހޯދުމަށް ހުށަހެޅުމުން ފަހި ޔޫނިއަން އަށް ހައުސިންގ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ، ހައުސިންގ މިނިސްޓްރީ ހިނގަމުން ދިޔަ އިމާރާތް އެނދުމުގެ ސަބަބުން މިނިސްޓްރީގެ ސާވަރ އަށް ގެއްލުންތަކެއް ލިބިފައިވާތީ ސާވަރގައި ހުރި މައުލޫމާތު ރިކަވަރ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މައުލޫމާތު ރިކަވަރ ކުރެވުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

ރާއްޖެ އެމްވީގެ ނޫސްވެރިއާ މިނިސްޓަރާއި އަމާޒުކުރެއްވި ސުވާލުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައީސް މުއިއްޒު އަށް ލަފާ އެރުވުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓު ނެތް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވާ ކަމަށާއި އިންފޮމޭޝަން މިނިސްޓްރީގައި ކުރިއަށް ދިއަ އަޑުއެހުމެއްގައި އެ ރިޕޯޓުގެއްލިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ގެއްލުނީ ކީއްވެތޯއާއި ގެއްލުުނު ސަބަބު ބަޔާންކޮށްދިނުމަށް އެދޭ ކަމަށެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައީސް މުއިއްޒު އުފެއްދެވި އެ ކޮމިޓީ އަކީ ގެދޮރުވެރިޔާ ސްކީމްގެ ޕްރޮސެސްއަށް ލަފާދީ މިނިސްޓަރަށް ލަފާދެއްވުމަށް އުފައްދާފައިވާ ކޮމިޓީއެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ ވިދާޅުވާ ރިޕޯޓު އެބަޮއޮތް ކަމަށާއި އޭރު ހައުސިންގ މިނިސްޓްރީން އެ ރިޕޯޓު ނެތްކަމަށް ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާގައި މިނިސްޓްރީގެ ސާވަރ ތައް އަނދައިގެން ދިއަދިއުމުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހަވާލުވެ ހުންނެވީ އެބޭފުޅާ ކަމަށާއި އެހެންކަމުން މުހިންމު ވާނީ މިނިސްޓަރު ނަންގަވާ ޑިސިސަންތައްކަމަށާއި ހުރިހާ ޒިންމާއެއްވެސް ނަގްނަވަން ޖެހިވަޑައިގަންނަވާނީ ޚުދު މިނިސްޓަރު ކަމުން ރައީސް އުފެއްދެވި ކޮމިޓީން ދީފައި ހުރި ލަފަޔަކީ އެމަނިކުފާނަށް މުހިންމު ލަފައެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު އެއްވެސް ވަރަކަށް، އަޅުގަނޑު ހަވާލުވެފަ މިނިސްޓަރު ކަމުގައި، އަޅުގަނޑޭ ހުރީ، އަޅުގަނޑު ގަބޫލުކުރިގޮތުގައި އަޅުގަނޑޭ މިނިސްޓަރަކީ، އަޅުގަނޑޭ ޑިސިސަން ނަންގަން ޖެހޭނީ. އަޅުގަނޑޭ ޒިންމާވާނީ. އެހެންވީމާ ކޮމިޓީއަކުން އަދި ނިންމާފައި އޮތް ނިންމުމެއް އޮތަކަސް، ކޮމިޓީއަކުން އެޑްވައިސް ތަކެއް ދީފައި ހުއްޓަކަސް އެއީ ދެން އަޅުގަނޑަށް އެހާ މުހިންމު ކަމެއްނޫނޭ، އެއަށް ބަލައިގެން ކުރިއަށް ދިއުމަކީ. އެހެންވީމާ އަޅުގަނޑު އެ ރިޕޯޓެއް ނުވެސް ބަލަން. ނުވެސް ކިޔަން. އެއަށް ސަމާލުކަމެއްވެސް ނުދެން. އެ ރިޕޯޓު ހޯދާކަށްވެސް ނޫޅެން އަޅުގަނޑެއް.
ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް

މިނިސްޓަރ މުއްތަލިބު އިތުރަށް ވިދާޅުވީ އޭރު ބޭއްވި އަޑުއެހުމުގައި މިނިސްޓްރީގައި ރިޕޯޓުނެތްކަމަށް ބުނި ނަމަވެސް އެ ރިޕޯޓުގެ ސްކޭން ކޮޕީއެއް ލިބިފައި އެބައޮތް ކަމަށެވެ. އަދި އެ ރިޕޯޓު ވެރިފައި ކޮށްފައި ބޭނުންވާ ފަރާތަށް ދޫކޮށްލާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ރިޕޯޓުގައި ހުރީ ސްކީމުގައި ހުރި ގޯސްވާހަކަކަމަށް ވެސް މިނިސްޓްރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު