Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ މަޖިލީހުގެ ބަންދަލުވުން

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރައީސް ނަޝީދު ވަނީ އެމްއޯޔޫ ބައްދަލުވުމުގައި ވެސް ބައިވެރިވެފަ އެވެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 ފެބުރުއަރީ 2017 | ބުރާސްފަތި 13:42
އެމްއޯޔޫގެ ބައްދަލުވުން

އެމްއޯޔޫގެ ބައްދަލުވުން

ބުދަ ދުވަހު ސްރީލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމުގެ މަޤާމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވުމަށް ލަފާ އަރުވާފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ހެނދުނު ސްރީލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާކުރީ 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ހަރަކާތްތައް ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

ގައުމީ މަޖިލީސްގެ ރަސްމީ ބައްދަލުވުމެއް ނޫން ކަމުން މި ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ލަފާ އަރުވާފައިވާ ކަމަށް ނިޔާޒް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީން ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިވާ އިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ވަނީ މީގެ ކުރިން ބައްދަލު ކުރައްވާފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ހެނދުނު 10.30 ހުން 12.00 އަށް ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ގިނަ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. އެމްޔޫއޯ އިން ބޭއްވި ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖްިލީހުގައި މަޝްވަރާ ކުރެވުނު ކަންކަން ވެސް ވަނީ ހިއްސާކޮށްފަ އެވެ.

ކުރީގެ ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެކި ގައުމުތަކަށް ނިސްބަތްވާ މަންދޫބުންނާ ވެސް ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ނަޝީދު އިގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަވާތާ މިހާރު ވަނީ އަހަރު ދުވަސްވެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު