Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުންފަތް ކޮންޓްރޯލްކުރުން

2007ން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތްމަނާކުރުމާއި ބެހޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފި

ރާއްޖެއަންނަ ފަސިންޖަރުންނަށް ވޭޕް ގެނެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2025 | އަންގާރަ 08:15
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅާފައި

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅާފައި

2007ން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތްމަނާކުރުމާއި ބެހޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގުއެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2007 ގައި، އަދި އެ ތާރީޚްގެ ފަހުން އުފަންވެފައިވާ ފަރާތްތައް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި ގާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނު) އަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

Advertisement - newsAdvertisement

އެގޮތުން މި ގާނޫނުގެ އިސްލާހު ކުރަނީ 6 ވަނަ މާއްދާއެވެ. 6 ވަނަ މާއްދާގެ (ހ) ގައި ބުުނަނީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެއެވެ.

އަދި (ށ) ގައި ބުނަނީ ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، އެއްވެސް ފަރާތަކުން، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީޚްގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް، އަދި 21 އަހަރު ވެފައިނުވާ އެއްވެސް މީހަކަށް ވިއްކައިގެން ނުވާނެއެވެ.

ގާނޫނަށް ގެނައި އިސްލާހުގެ 6 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް، ވިއްކުމުގެ މުއާމަލާތެއްގައި އެއްވެސް މީހަކު، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު، އަދި 21 އަހަރު ވެފައިނުވާ އެއްވެސް މީހަކު ބައިވެރިކޮށްގެން ނުވާނެއެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 6-1 ވަނަ މާއްދާގައި ބުނަނީ މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސެއް އޮވެގެން މެނުވީ، އަދި މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ތަނެއްގައި މެނުވީ ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން ވިއްކައިގެން ނުވާނެ ކަމަށެވެ.

އަދި ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް، ވެންޑިންގ މެޝިނަކުން، ނުވަތަ ޕޯސްޓުގެ ޒަރިއްޔާއިން ނުވަތަ އޮންލައިންކޮށް ނުވަތަ އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް އެއިން އެއްޗެއް، އެއްވެސް ފަރާތަކަށް، އެއްވެސް މީހަކު ވިއްކައިގެން އަދި ވިއްކަން ބަހައްޓައިގެން ނުވާނެއެވެ.

މީގެ އިތުރުން އިސްލާހުގައި ބުނެފައިވަނީ ހުއްދަ ލިބިގެން ދުންފަތުގެ ބާވަތެއް ވިއްކާނަމަ އެ ގަންނަ މީހަކީ 21 އަހަރު ނުވާ ނުވަތަ 1 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިނުވާ ފަރާތެއްކަން ޔަގީންކުރުމަކީ، އެ އެއްޗެއް ވިއްކާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ. އަދި ގަންނަ ފަރާތަކީ އެފަދަ ފަރާތެއްކަމުގައި ބެލެވޭނަމަ އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ އެނޫންވެސް ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި އެ ލިޔުން އެ ފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން 21 އަހަރު ނުވާ ނުވަތަ 1 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ގާނޫނުގައި މަނާކަމެއްކަން އަންގައިދޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވާ އިންޒާރެއް އާންމުންނަށް ފެންނާނެހެން ބަހައްޓަންވާނެ ކަމަށް 7 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.

ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެޝިނަރީއާއި އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. އަދި އިލްކެޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އަލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖޭގައި ގެންގުޅުމަކީ ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ.

މި ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުުރުކޮށްފައިވާ އިރު އެ މާއްދާގައި ބުނެފައިވަނީ އިލެކްްޓްރޯނިކް ސިނގިރެޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް މީހަކު އާންމުތަނެގައި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ، އެ އާލާތެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ރާއްޖެއަށް މިފަދަ ބާވަތެއް އެތެރެކޮށްފިނަމަ އަތުލުމުގެ ބާރު ކަސްޓަމްސް އޮފިސަރުންނަށް ނުވަތަ ފުލުހުންގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

ނަމަވެސް އިސްލާހުގައި ބުނެފައިވަނީ އިލެކްްޓްރޯނިކް ސިނގިރެޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތެއް ބޭރުން އަންނަ ފަސިންޖަރުން އެމީހުންގެ އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތެއް ގެންނަ ގެނައުމެއް ނުހިމެނެއެވެ. އަދި ފަސިންޖަރުން ކަމަށް ބުނެފައިވަނީ ބޭރު ގައުމުގެ ރައްޔިތުންނާއި ދިވެހި ރައްޔިތުން ހިމެނޭ ގޮތަށެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ދުންފަތުގެ އެއްވެސް ބާވަތެއް އިސްތިހާރުކޮށް ސްޕޮންސަރކޮށް ނުވަަތަ ޕްރޮމޯޝަންގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއް އިންތިޒާމްކޮށްގެން ނުވަތަ އެއިންކަމެއްގައި ބައިވެރިވެގެން ނުވާނެއެވެ.

ޖޫރިމަނާގެ ގޮތުގައި އިސްލާހު ހުށަހަޅާފައިވަނީ މި ގާނޫނޫގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން 1000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު