Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޯދީ ލަންކާ އަށް ވަޑައިގަތުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާ އަށް ވަޑައިގަންނަވައިފި

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް މޯދީ ވަޑައިގަންނަވާފައި ވަނީ ބިމްސްޓެކްގެ ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ބެންކޮކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2025 | ހުކުރު 16:47
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަންކާ އަށް ވަޑައިގަތުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަންކާ އަށް ވަޑައިގަތުން

ހުކުރު ދުވަހުގެ ހަވީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާ އަށް ވަޑައިގަންނަވައިފި އެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް މޯދީ ވަޑައިގަންނަވާފައި ވަނީ ބިމްސްޓެކް (ބޭ އޮފް ބެންގަލް އިނިޝިއޭޓިވް ފޯ މަލްޓި ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން) ގެ ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ބެންކޮކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.

މޯދީ ލަންކާ އަށް ވަޑައިގެންނެވި ވަގުތު ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ނަމަވެސް އިންޑިއާގެ ބޮޑުވަޒީރަށް ލަންކާ ސަރުކާރުގެ ފަސް ޓޮޕް މިނިސްޓަރުން އޭނާ އަށް މަރުޚަބާ ކިޔުމަށް ނުކުތުމަކީ، މޯދީގެ މި ދަތުރުފުޅަށް ލަންކާ ސަރުކާރުން ދޭ މުހިންމުކަން ހާމަވެގެންދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ރައީސުލްޖުމްހޫރިއްޔާ އަނޫރާ ކުމާރާ ދިއްސާނަޔަކޭއާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ އެވެ. މި މަޝްވަރާތައް ކުރިއަށް ދާނީ ހޮނިހިރު ދުވަހު އެވެ.

މި ބައްދަލުވުމަށްފަހު އިންޑިއާ އާއި ލަންކާ އިން އެކި ދާއިރާތަކުން ހާސިލް ކުރެވިދާނެ ރަނގަޅު 10 ވަރަކަށް ނަތީޖާ ފާހަގަކުރެވޭނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މޯދީ ލަންކާ އަށް ދަތުރުފުޅަކީ ލަންކާ އަށް ދިމާވެފައިވާ އިގްތިޞާދީ ދަތިކަމުން އަރައިގަތުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކުރަމުންދާ ދަތުރެކެވެ. މީގެ ތިން އަހަރު ކުރިން އެގައުމު ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނު އިރު އިންޑިއާއިން ވަނީ 4.5 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު ޕީއެމް މޯދީ ލަންކާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ދިއްސާނާޔަކޭގެ ވެރިކަމުގައި ވާތުފިޔައިގެ ނޭޝަނަލް ޕީޕަލްސް ޕަވަރ އިއްތިހާދު ވެރިކަމަށް އައުމަށްފަހު މޯދީ އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު