Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސި ބޮޑުވަޒީރު

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

މި ދަތުރުފުޅުގައި އެކަމާނާ އަރަބި އެހެން ބައެއް ގައުމުތަކަށްވެސް ވަޑައިގަންނަވާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 02:25
ރަސްގެފާނު ސަލްމާންއާ  މޭ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު

ރަސްގެފާނު ސަލްމާންއާ މޭ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ފަހު ވެސް ސައުދީ އަރަބިއްޔާގެ އިންވެސްޓްމަންޓްތައް ލިބެމުންދާނެ ކަން ކަށަވަރު ކުރެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާމޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ދަތުރުގެ އެންމެ އިސްކަމެއް ދެއްވާނެ ކަންކަމުގެ ގޮތުގައި އިގްތިސާދީ މައްސަލަތައް ހިމެނޭ މި ދަތުރުގައި ސައުދީގެ ވެރިރަށް ރިޔާޒްއަށް މޭ ވަޑައިގެންފައި ވަނީ އަންގާރަ ދުވަހުއެވެ. ސައުދީއަކީ އަރަބި ދުނިޔޭގައި އިނގިރޭސި ވިލާތުގެ ވިޔާފާރީގެ އެންމެބޮޑު ބައިވެރިޔާއެވެ.

ނިމިދިޔަ މާޗް މަހުގެ ފަހުކޮޅު މޭ ވަނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ފުރިހަމަ ކުރަންޖެހޭ ދެ އަހަރު ދުވަހުގެ ޕްރޮސެސް ފުރިހަމަކުރުމުގެ މަސައްކަތްކަތް ލިސްބަން މުއާހަދާގެ 50 ވަނަ މާއްދާގައި ބުނާ ފަދައިން ފަށާފައެވެ.

މޭވަނީ ސައުދީ އަރަބިއްޔާގެ ސްޓޮކް އެކްސްޗޭންޖްގެ ވެރިޔާ ސާރާ އަލް ޝުހައިމީ އާއި ވަލީ އަހުދު އަދި އިންޓީރިއާ މިނިސްޓަރ މުހައްމަދު ބިން ނާއިފްއާ ބައްދަލުކުރައްވާފައެވެ.

ރަސްގެފާނު ސަލްމާންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

މޭ ވިދާޅުވީ އިނގިރޭސި ވިލާތުން ބަލަމުން ދަނީ އިނގިރޭސ ވިލާތުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ސައުދީގެ ގާބިލް އިންވެސްޓަރުންނަށް ކަމަށެވެ

މި ދަތުރުފުޅުގައި އެކަމާނާ އަރަބި އެހެން ބައެއް ގައުމުތަކަށް ވެސް ވަޑައިގަންނަވައެވެ.

އިނގިރޭސި ވިލާތުން އީޔޫއިން ވަކިވުމަށް ފަހު އަލަށް ގާއިމްކުރާ ވިޔަފާރީގެ އެއްބަސްވުންތަކުގައި މޭ ބައްލަވަމުން ގެންދަވަނީ ހަކަތައިގެ ގޮތުން މުއްސަނދި ގަލްފުގެ ގައުމުތަކަށެވެ.

ސައުދީ އަރަބިއްޔާއަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުން އެންމެ ގިނަ ވިޔަފާރި އެކުގައި ކުރިޔަށް ގެންދާ ގައުމު ކަމަށް ވާއިރު 2015 ވަނަ އަހަރު ސައުދީން ވަނީ އިނގިރޭސި ވިލާތަށް އަށް ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު