Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-ޔުކްރެއިން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައި ވަނިކޮށް، ކާސްކް ސަރަޙައްދުގައި ތިބި ޔުކްރެއިން ސިފައިން ބަލި ކުރުމަށް ޕުޓިން އަމުރު ކުރައްވައިފި

ރަޝިއާ އިން އިން ބުނާ ގޮތުން، މި މަޝްވަރާތަކުގެ ނަތީޖާތައް ދިރާސާ ކުރަމުންދާ ކަމަށާއި، އެމެރިކާގެ ފަރާތުން އިތުރު ތަފްސީލުތަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 08:28
ރަޝިއާ-ޔުކްރެއިން ކޯޅުމުގެ ތެރޭގައި، ރަޝިއާގެ ހަތިޔާރު އެޅި ސިފައިންގެ ކޮމާންޑް ސެންޓަރަކަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޒިޔާރަތް ކުރައްވައި ސިފައިންނާ ބައްދަލު ކުރައްވަނީ

ރަޝިއާ-ޔުކްރެއިން ކޯޅުމުގެ ތެރޭގައި، ރަޝިއާގެ ހަތިޔާރު އެޅި ސިފައިންގެ ކޮމާންޑް ސެންޓަރަކަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޒިޔާރަތް ކުރައްވައި ސިފައިންނާ ބައްދަލު ކުރައްވަނީ

ޔުކްރެއިން އާއި ރަޝިއާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމުގެ ހުށަހެޅުމެއް ހުށަހަޅާފައި ވަނިކޮށް، ކާސްކް ސަރަހައްދުގައި ތިބި ޔުކްރެއިންގެ ސިފައިން ވީ އެންމެ އަވަހަކަށް ބަލި ކުރުމަށް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އެ ޤައުމުގެ ސިފައިންގެ އިސްވެރިންނަށް އަމުރު ކުރައްވައިފި އެވެ.

އޯގަސްޓު މަހުގެ ހަ ވަނަ ދުވަހު އުކްރެއިން ސިފައިން ރަޝިއާގެ ބޯޑަރު ހުރަސްކޮށް، ކާސްކް ސަރަޙައްދުގެ ބައެއް އަތުލައި ގަތެވެ. މިއީ ރަޝިއާގެ ސަމާލުކަން އިރުމަތީ އުކްރެއިންގެ ކުރި މަގުން އެއްކިބާކޮށް، މަޝްވަރާތަކު ގައި ބޭނުން ކުރެވޭނެ ބާރެއް ހޯދުމުގެ މަޤްޞަދުގައި ކުރި ކަމެކެވެ.

ރަޝިއާގެ މިލިޓަރީ އިން މަޢުލޫމާތު ދީފައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކޮޅު ޔުކްރެއިންގެ ބާރުތަކުގެ ދަށުގައި 1,300 އަކަ ކިލޯ މީޓަރުގެ ސަރަޙައްދެއް އޮތްއިރު، މިހާރު އެ ސަރަޙައްދު ވަނީ 200 އަކަ ކިލޯމީޓަރަށް ކުޑަވެފަ އެވެ.

ރަޝިއާގެ ޖެނަރަލް ސްޓާފްގެ އިސްވެރިޔާ ވެލެރީ ގެރަސިމޮވް ވިދާޅުވި ގޮތުގައި، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 24 އާބާދީއެއް އަނބުރާ ހޯދައި، 400 އަށް ވުރެ ގިނަ ޔުކްރެއިން ސިފައިން ހައްޔަރު ކޮށްފައިވެ އެވެ.

އެހެން ނަމަވެސް، ޔުކްރެއިންގެ ސިފައިންގެ އެންމެ އިސްވެރިޔާ އޮލެކްސަންޑަރ ސިރްސްކީ ވަނީ، ސުޖާ ސަރަޙައްދު ގައި ހަނގުރާމަ ކުރިއަށްދާ ކަމަށާއި، ބޭނުންވާ މުއްދަތަކަށް ކާސްކް ގައި ހަރަކާތްތެރި ވާނެ ކަމަށް ބުނެފަ އެވެ.

މި ހަފުތާގެ ކުރީ ކޮޅު، ސައުދީ އަރަބިއްޔާ ގައި ބޭއްވުނު މަޝްވަރާތަކަކަށް ފަހު، އެމެރިކާ އިން ވަނީ އުކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާއި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރަން އަލުން ފަށަން ނިންމައިފަ އެވެ.

ރަޝިއާ އިން އިން ބުނާ ގޮތުން، މި މަޝްވަރާތަކުގެ ނަތީޖާތައް ދިރާސާ ކުރަމުންދާ ކަމަށާއި، އެމެރިކާގެ ފަރާތުން އިތުރު ތަފްސީލުތަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު