Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ލަސްވާތީ އިސްރާއީލުގެ ރައްޔިތުން ނަތަންޔާހޫ ގެކޮޅު ކައިރީގައި މުޒާހަރާ ކޮށްފި

މުޒާހަރާ ކުރި މީހުން ގޮވަމުން ދިޔައީ ހަނގުރާމަ މުޅިން ހުއްޓާލުމުގެ އެއްބަސްވުމަކަށް ނުގޮސް އޮތުމުގެ ޒިންމާ ހަމައެކަނި ނަންގަވަން ޖެހޭނީ ނަތަންޔާހޫ ކަމަށް

ރާއްޖެ އެމްވީ | 4 މާރިޗު 2025 | އަންގާރަ 11:18
އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ރަހީނު ކުރި މީހުންގެ ތެރެއިން ބާކީ ތިބި މީހުން އެނބުރި ގެނައުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލާ އޭނާގެ ގެކޮޅު ކައިރީގައި ކުރި މުޒާހަރާއެއްގައި މީހުން ބައިވެރިވަނީ، 2 މާޗް 2025

އިސްރާއީލުގެ ސަރުކާރުން ޣައްޒާ ހަނގުރާމަ މުޅިން ހުއްޓާލުމުގެ އެއްބަސްވުން ލަސްކުރާތީ އިސްރާއީލުގެ ރައްޔިތުން ނަތަންޔާހޫ ގެކޮޅު ބޭރުގައި މުޒާހަރާ ކޮށްފިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު ހަމަވުމުން ނަތަންޔާހޫގެ ސަރުކާރުން އަމިއްލަ އަށް ނިންމާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކަށް ނުގޮސް ފުރަތަމަ ފިޔަވަހި ދިގު ދަންމާލުމަށެވެ. އެހެން ނަމެވެސް ހަމާސް އިން ވަނީ އެގޮތް ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.

އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުން ލަސްކުރުމާ ގުޅިގެން އާދިއްތަ ދުވަހުގެ ރޭ ބޮޑު އިހުތިޖާޖެއް އިސްރާއީލުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއްބަސްވުމުގެ ދެވަނަ މަރުހަލާ ކުރިއަށް ނުގެންދިއުމުގެ ސަބަބުން އިސްރާއީލުގައި މުޒާހަރާ ކުރި ފަރާތްތަކުގެ ހަމައެކަނި ކަންބޮޑުވުމަކީ ހަމާސް އިން ހައްޔަރު ކޮށްފައިތިބި ރަހީނުންގެ މައްސަލަ ކަމަށް ވީނަަމެވެސް، ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު ހަމަވުމާއެކު އާދިއްތަ ދުވަހުން ފެށިގެން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް އެހީގެ ތެކެތި ފޯރުކޮށްދިނުމަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ.

އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ހޮނިހިރު ދުވަހު ނިމުނު ނަމަވެސް، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށް ދާއިރު ހިއުމެނިޓޭރިއަން އެހީ ޣައްޒާއަށް ފޯރުކޮށްދިނުން ކުރިއަށް ދާނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެއެވެ.

އެހެންނަމަވެސް، އާދިއްތަ ދުވަހު އިސްރާއީލުން ކުއްލިއަކަށް ވަނީ "ވިޓްކޮފް ޕްލޭން" މިނަމުގައި އައު ހުށަހެޅުމެއް ހުށަހަޅާފައެވެ. އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ޚާއްސަ އެންވޯއީ، ސްޓީވް ވިޓްކޮފް ގެ ނަމުގައި ހާމަ ކުރި މި ޕްލޭނުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަގުތުން ދޫކޮށްލުމަށްފަހު، ދާއިމީ ހުއްޓުމަކަށް އެއްބަސްވުމަކަށް އާދެވުމުން އަނެއްބައި މީހުން ދޫކޮށްލާ ގޮތަށް ވަނީ ހުށަހަޅާފައެވެ. މިއާއެކު އެންމެ ފުރަތަމަ އެއްބަސްވި އެއްބަސްވުން ތާކުންތާކު ނުޖެހި ދިޔައީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޣައްޒާ އަށް ދަތިކުރުމުގެ ފިޔަވަޅު އިސްރާއީލުން އެޅިއިރު އެމެރިކާ އަކުން ވެސް އަދި ވިޓްކޮފްގެ ފަރާތްޕުޅުންވެސް އިތުރު ޕްލޭނެއް އޮތްކަން ހާމަ ކުރައްވާފައެއް ނެތެވެ.

އިސްރާއީލުން މިހާރު ވަނީ ޣައްޒާ އަށް ތަކެތި ހިފައިގެން ވަންނަ މަގުތައް ބަންދުކޮށް އެހީ ލިބުން މުޅިން ހުއްޓުވާފައެވެ. މިކަމުގެ ސަބަބުން ޣައްޒާގައި ކާބޯތަކެތީގެ އަގުތައް އިންތިހާ އަށް ދަނީ އުފުލެމުން ކަމަށް ރިޕޯޓަތަކުގައި ވެއެވެ.

ޔުނިސެފްއިން ވަނީ 16 މަސްދުވަހުގެ ހަނގުރާމައިން ހަލާކުވެފައިވާ ޣައްޒާގެ ކުޑަކުދިންނާއި ޢާއިލާތަކަށް އެހީގެ ބްލޮކޭޑްގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެކަމުގެ އިންޒާރު ދީފައެވެ.

އަނެއްކޮޅުން ކާބޯތަކެތީ ދަތިކަން ކުރިމަތި ކުރުވާ މުޅި އާބާދީ އަށް ގެއްލުން ދިނުމާ ބެހޭ ގޮތުން ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ ޕްރޮފެސަރ ޖެރީ ސިމްޕްސަން ވިދާޅުވި ގޮތުގައި، ޖެނީވާ ކޮންވެންޝަންގެ ދަށުން ޖަމާޢީ އަދަބު ދިނުމަކީ މަނާކަމެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ރިޒާވް ގައި ހިމެނޭ 400،000 ސިފައިން ޚިދުމަތައް ނެރުމަށް ބޭނުންވާ ބިލެއް އިސްރާއީލު ސަރުކާރުން ވަނީ ގާނޫނު ހަދާ މަޖިލިހަށް ހުށަހަޅާފައެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫގެ ވިސްނުންފުޅުގައި ހުރީ ހަނގުރާމަ މުޅިން ހުއްޓާލުމަކަށް ނޫނެވެ. އާދިއްތަ ދުވަހުގެ ރޭ ބޮޑު ވަޒީރުގެ ގެކޮޅުގެ ކައިރީގައި މުޒާހަރާ ކުރި މީހުން ގޮވަމުން ދިޔައީ ހަނގުރާމަ މުޅިން ހުއްޓާލުމުގެ އެއްބަސްވުން ފުރިހަމަ ނުވުމުގެ ޒިންމާ އަޅުައްވަން ޖެހެނީ ބޮޑު ވަޒީރުގެ އިސްތަށިފުޅުގައި އަކަނި ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު