Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ

ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭނަމަ އެމެރިކާ އިން ދީފައިވާ އަސްކަރީ ރަހްމަތްތެރިކަމުގެ މަގާމު ގެއްލިގެން ހިނގައިދާނެ: ޓިލާސަން

ދާދިފަހުން ރައީސް ޓްރަމްޕް ވިދާޅުވީ އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ބޭންވަނީ "މޮޅުވާން" ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 23 އޯގަސްޓު 2017 | ބުދަ 08:17
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަމާއި މަދަދު ފޯރުކޮށްދޭނަމަ ޕާކިސްތާނަށް އެމެރިކާ އިން ދީފައިވާ އަސްކަރީ ރަހްމަތްތެރިކަމުގެ މަގާމު ގެއްލިގެން ހިނގައިދާނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާ އިން ޝަރަފުވެރިކަމާއެކު ބަލައިގަންނަ އަސްކަރީ އެހީތެރިއެއްގެ ގޮތުގައި ޕާކިސްތާނު އޮތް އޮތުން، އަފްޣާނިސްތާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނަމަ ގެއްލިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ޚަރިޖީ ވަޒީރު ރެކްސް ޓިލާސަން އަންގާރަ ދުވަހު ޕާކިސްތާނަށް އިންޒާރު ކުރެއްވިއިރު ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވިދާޅުވީ އަފްގާނިސްތާނުގައި ހަަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އަފްޣާނިސްތާނު ސިފައިންނަށް އެމެރިކާ އިން ވާގިވެރިވުމަށް ވައުދުވެވަޑައިގަންނަވާ ކަމަށެވެ.

ޕާކިސްތާނަކީ ނޮން-ނޭޓޯ އެލެޔަންސް ޕާޓްނަރެކެވެ. ޓީލާސަން ވިދާޅުވީ ނޮން-ނޭޓޯ އެލެޔަންސްގެ ގޮތުގައި ޕާކިސްތާން އޮންނަ އޮތުމުގެ ސަބަބުން އެގައުމަށް ބިލިއަން ޑޮަލަރުގެ އެހީ ލިބޭ ކަމަށާއި އަދި އެމެރިކާ އިން ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދޭ ކަމަށެވެ. ޓިލާސަން ވިދާޅުވީ އެމެރިކާ އިން ޕާކިސްތާނާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

ދާދިފަހުން ރައީސް ޓްރަމްޕް ވިދާޅުވީ އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ބޭންވަނީ "މޮޅުވާން" ކަމަށާއި އަދި އެމެރިކާ އަސްކަރިއްޔާގެ ބާރު ގަދަކުރަން ކަމަށެވެ.

ވޮޝިންޓަންގެ މިލިޓަރީ ބޭސްއެއްގެ ކައިރީގައި ދެއްވި ތަގުރީރެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ މިހާރު އަފްޣާނިސްތާނު ހަނގުރާމައިން އެމެރިކާ އަށް ބޭރު ނުވެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައި އިރު އެމެރިކާ އޮންނަން ޖެހޭނީ އެ ހަނގުރާމައިން އަތްދޫކޮށްލައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނުސީދާ ގޮތެއްގައި ޓްރަމްޕް ވިދާޅުވީ އަފްޣާނިސްތާނުގެ ހަނގުރާމައިން ކާމިޔާބު ނުލިބި އޮތީ ކުރީގެ ސަރުކާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެމެރިކާގެ 8،400 ސިފައިން މިހާރު އަފްޣާނިސްތާނުގައި ދަނީ ހަަރަކާތްތެރި ވަމުންނެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު