Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫސަލް

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

އިރާގު ސިފައިން މޫސަލްގެ ޓިގްރިސް ކޯރުމަތިން އަޅާފައިވާ އަލް ހުއްރިއްޔާ ބްރިޖްވެސް ދާދިފަހުން ވަނީ ހިފާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 މާރިޗު 2017 | ހޮނިހިރު 11:35
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ

އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހުކުރު ދުވަހު، ހުޅަނގު މޫސަލްގެ އެތެރެއަށް ބޮޑަށް ދަތުރުކޮށްފައިވާ ކަމަށާއި އަދި ހަނގުރާމަވެރިންގެ ހަމަލާތައް މިހާރު މަދުކަމަށް ފެންނަ ކަމަށް އިރާގު ކޮމާންޑަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ތުރުކީން މަދަދުދޭ ހަނގުރާމަވެރިންނާއި އަދި އެމެެރިކާ އިން މަދަދުދޭ ކުރުދީ އަދި އަރަބި ހަނގުރާމަވެރިން ގެ ހަމަލާތަކާއި އެކީ، އައިއެސް ވަނީ ސީރިޔާގައި ވެސް ބޮޑެތި ހަމަލާތަކާއި ކުރިމަތިލާން ޖެހިފައެވެ.

އިރާގުގެ މޫސަލްގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލް އިން "ފިލައިފި" ކަމަށް އެމެރިކާގެ އޮފިޝަލުން ދާދިފަހުން ވަނީ ބުނެފައެެވެ. އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބަޣްދާދީ "ފިލާފައިވާ" ކަމަށް ބެެލެވެނީ އޭނާގެ ބާރުތައް މޫސަލްގައި ތިބޭ އައިއެސް ކޮމާންޑަރުންނާ ހަވާލުކޮށްފައެވެ. އެމެރިކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ ބަޣްދާދީ މޫސަލްއިން ފިލާފައިވަނީ އިރާގު ސިފައިން މިމަހުގެ ކުރީކޮޅު މޫސަލްގެ މައި މަގު ހިފުމުގެ ކުރިންނެވެ. ސީރިޔާގެ ބިންތަކާއި، އިރާގުގެ ބިންތައް ހިމެނޭގޮތުން އިސްލާމިކް ސްޓޭޓްގެ ނަމުގައި "ޚިލާފަތެއް" އުފެއްދިކަން ބަޣްދާދީ އިއުލާން ކުރީ 2014 ވަނަ އަހަރު މޫސަލްގެ މިސްކިތެއްގައެވެ.

އިރާގު ސިފައިން މޫސަލްގެ ޓިގްރިސް ކޯރުމަތިން އަޅާފައިވާ އަލް ހުއްރިއްޔާ ބްރިޖްވެސް ދާދިފަހުން ވަނީ ހިފާފައެވެ. އައިއެސް ގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ހުއްރިއްޔާ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައުމުން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ފަސް ބްރިޖްގެތެރެއިން ދެ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް އައީއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
24 މާރިޗު 2017

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު