Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތް އޮޅުންބޮޅުމުގެ ތެރެއަށް

ޣައްޒާގެ މުސްތަޤްބަލާ ގުޅޭ އިތުރު މައްސަލަތައް އުފައްދާ، މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އޮޅުންތައް އަރާ، އެއްފަރާތުން އަނެއް ފަރާތައް އޮތް އިތުބާރު ގެއްލި ދެން ކަން ހިނގާފާނެ ގޮތަކާ މެދު އެތައް ސުވާލުތަކެއް ވަނީ އުފެދިފައި

ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2025 | ބުރާސްފަތި 05:27
2025 ފެބްރުއަރީ 10 - ޣައްޒާގެ ރެފިއުޖީ އާއިލާ އެއް އެމީހުންގެ ތަކެއްޗާ އެކު ފައިމަގުގައި އަނބުރާ އަމިއްލަ ގެދޮރު ހުރި ސަރަހައްދަށް އަންނަނީ

2025 ފެބްރުއަރީ 10 - ޣައްޒާގެ ރެފިއުޖީ އާއިލާ އެއް އެމީހުންގެ ތަކެއްޗާ އެކު ފައިމަގުގައި އަނބުރާ އަމިއްލަ ގެދޮރު ހުރި ސަރަހައްދަށް އަންނަނީ

19 ޖެނުއަރީގައި އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ވުޖޫދަށް އައި ފަހުން އެ އެއްބަސްވުމަށް ވަނީ ވަރަށް ބޮޑެތި ލޮޅުންތައް ކުރިމަތިވެފައެވެ. އަދި މިހާރު އެ އެއްބަސްވުން މުޅިން ނެތިދިއުމުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

މިސުރުގެ އިސް އޮފިޝަލަކު ބީބީސީ އަށް ވިދާޅުވެފައިވަނީ، އެއްބަސްވުމުގެ ސަރަޙައްދީ މެދުވެރިން ކަމުގައިވާ މިސުރާއި ޤަތަރުން "ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރު ކުރަމުން" ގެންދާ ކަމަށެވެ.

ހަމާސް ގެ އިސް ވަފުދެއް މިހާރު ވަނީ "މިހާރު ދިމާވެފައިވާ ހާލަތު ހަމައަކަށް އެޅުވުމަށް" މަޝްވަރާ ކުރުމަށް ގާހިރާ އަށް ޒިޔާރަތް ކޮށްފައެވެ. މިކަން ބީބީސީ އަށް ސާފު ކޮށްދެމުން ހަމާސް ގެ އިސް އޮފިޝަލަކު ބުނެފައިވަނީ އެ ޖަމާޢަތުން "އެއްބަސްވުމުގެ ޝަރުޠުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ؛" ކަމަށެވެ.

އަންގާރަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ: "ހަމާސް އިން އިސްރާއީލުގެ ރަހީނުން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އަށް ދޫކޮށް ނުލައިފި ނަމަ، ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އަދި [އިސްރާއީލުގެ ސިފައިން] އަނެއްކާވެސް ގަދަފަދަ ހަނގުރާމަ އެއް ފަށާނެއެވެ."

ބުދަ ދުވަހު ވައިޓް ހައުސް އިން ޓްރަމްޕްގެ ޕްލޭން އަލުން ތަކުރާރު ކުރިއެވެ. ނަމަވެސް އޭގެ ކުރީ ދުވަހު ވޮޝިންގްޓަން ގައި ބޭއްވުނު މަޝްވަރާ ތަކުގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ޓްރަމްޕްގެ ޕްލޭން ބަލައިނުގަތްކަން ވައިޓް ހައުސް އިން ވަނީ ގަބޫލު ކޮށްފައެވެ.

"ރަސްގެފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވަނީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުގައި ތިބުމަށެވެ،" ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވިއެވެ. "އެހެން ނަމަވެސް ރައީސަށް ފެނިވަޑައިގަންނަވަނީ ފަލަސްތީނުގެ ރައްޔިތުން އެއަށްވުރެ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލު ކުރެވިއްޖެ ނަމަ އެއީ މާ ރަނގަޅު އަދި މާ މަތިވެރި ކަމެއްގެ ގޮތުގައެވެ."

އަންގާރަ ދުވަހު ބޭއްވުނު 4 ގަޑިއިރުގެ އިސްރާއީލުގެ ސަލާމަތީ ކެބިނެޓް ބައްދަލުވުމުގެ ނަތީޖާ އާ ގުޅޭގޮތުން އިސްރާއީލުގެ ނޫސްވެރިން އެއްބަސް ވަނީ އެކި ގޮތްގޮތަށް ދީފައިވާ ބްރީފިންގ ތަކުގެ ސަބަބުން މައްސަލައިގައި ވާނެ ގޮތާ މެދު އޮޅުން އަރާފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ގެ ވީޑިއޯ މެސެޖުގައި "އަހަރެމެންގެ" ރަހީނުން ދޫކޮށްލުމަށް ގޮވާލެއްވުމާ ގުޅިގެން، ދެން ހާމަވި މީޑިއާ ރިޕޯޓުތަކުގައި، ނަން ހާމަ ނުކުރާ އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ބޮޑު ވަޒީރު އިޝާރާތް ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު ދޫކޮށްލަން ހަމަ ޖެހިފައިވާ ތިން ފިރިހެން ރަހީނުންގެ ވާހަކަ ކަމަށެވެ.

އަނެއް ކޮޅުން އޭގެ ފަހުން ބުނެފައި ވަނީ އިސްރާއީލުން އުންމީދު ކުރަނީ ހަނގުރާމަ ހުއްޓުމުގެ ފުރަތަމަ 6 ހަފުތާގެ މަރުޙަލާގައި ދޫކޮށްލަން ހަމަޖެހިފައިވާ 33 ރަހީނުންގެ ތެރެއިން ދިރިތިބި 9 ރަހީނުން ދޫކޮށްލާނެ ކަމަށެވެ.

އޭގެ ފަހުން މި މައްސަލައިގައި އިސްރާއީލުގެ ވަޒީރުން ވަނީ ވާހަކަ ދައްކަވާފައެވެ. ނަތަންޔާހޫގެ ގާތް އެކުވެރިއެއް ކަމުގައިވާ މިރީ ރެގެވް - އެކްސް ގައި ބުނެފައިވަނީ ނިންމުން "ވަރަށް ސާފު" ކަމަށާއި އަދި ޓްރަމްޕް ގެ ޑިމާންޑް ތަކުރާރު ކުރާ ކަމަށެވެ. އޭނާ ބުނީ: "ހޮނިހިރު ދުވަހުގެ ކުރިން، އެންމެން ދޫކޮށްލަން!" ވާނެ ކަމަށެވެ.

6 ހަފުތާގެ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ނިމުމުން އަލުން ހަނގުރާމަ ނުފަށާ ނަމަ ނަތަންޔާހޫ ގެ ކޯލިޝަނުން ވަކިވާނެކަމުގެ އިންޒާރު ދީފައިވާ އިސްރާއީލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ އިތުރަށް މިކަމުގައި ވާހަކަ ދައްކާފައެވެ.

ސޯޝަލް މީޑިއާގައި އޭނާ ހާމަކޮށްފައި ވަނީ ހަމާސް އަށް ޖެހޭނީ ހުރިހާ ރަހީނުން ދޫކޮށްލަން ކަމަށާއި ނޫންނަމަ "ނަރަކައިގެ ދޮރުތައް" ހުޅުވާލުމަށެވެ. އޭގެ ތެރޭގައި ތެލާއި، ފެނާއި، އިންސާނީ އެހީތެރިކަން ޣައްޒާ އަށް ވަންނަ ހުރިހާ ދޮރުތަކެއް ބަންދު ކުރުން ހިމެނެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކާއި ޓޭންކުތަކުން ޣައްޒާ އަށް "އަލިފާނާއި ގިނިހިލަ" ވެއްސުމަށާއި، އެ ސްޓްރިޕް މުޅިން ހިސޯރުކޮށް އެތަނުގެ އާބާދީ މުޅިން ބޭރު ކޮށްލާނެ ކަމަށެވެ.

"މި ކަމަށް އަހަރެމެންނަށް ބައިނަލްއަޤްވާމީ އެއްބާރުލުން ލިބިފައިވޭ،" އޭނާ ހާމަކޮށްފައިވެއެވެ.

އޭނާގެ ވާހަކަތަކުން ހާމަވަނީ ޣައްޒާއާ މެދު ޓްރަމްޕްގެ ގެންގުޅުއްވާ ތަސައްވުރުން ހައްދުފަހަނަ އެޅި ޔަހޫދީ ފިކުރަށް އިތުރު ހިތްވަރާ ބާރު ލިބިފައިވާ މިންވަރު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ވާހަކަ ދައްކައި އެއްބަސްވި އިސްރާއީލުގެ ސަލާމަތީ އިސްވެރިން މިހާރު ވަރަށް ކަންބޮޑުވާ ކަމަށް ބުނެއެވެ. އެއީ އެ އެއްބަސްވުން ނިމުމަކަށް އައުމުން ރަހީނުންގެ ފުރާނަ އަށް ނުރައްކާވާނެތީއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ފަރާތްތަކުން މަސައްކަތް ކުރަނީ ހަފުތާ ނިމުމުގެ ކުރިން ހަމާސް އިން ހިފަހައްޓާފައިވާ އަދި ދޫކޮށްލުމަށް ހަމަ ޖެހިފައިވާ 3 ރަހީނުން އަނބުރާ ގެނައުމުގެ ގޮތެއް ހޯދުމަށެވެ.

ރަހީނުންގެ އާއިލާތަކުންނާއި އެމީހުންނަށް އެހީތެރިވާ ފަރާތްތަކުން ވަނީ އެންމެ ފަހުގެ ހަލަބޮލިކަމާ ގުޅިގެން ކަންބޮޑުވެފައެވެ. އަދި ހަމައެހެންމެ ހަނގުރާމައިން ވަރުބަލިވެފައިވާ ޣައްޒާގެ ރައްޔިތުން ވެސް ތިބީ ދެން ވާނެ ގޮތަކާ މެދު ނުތަނަވަސް ކަމުގެ ތެރޭގައެވެ.

އެއާއާކު ޣައްޒާގެ ހަމާސްގެ ލީޑަރު، ޚަލީލް އަލް-ހައްޔާ، އެއްބަސްވުން ދަމަހައްޓަން އިސް ވަފުދަކާ އެކު ގާހިރާ އަށް ވަޑައިގަތުމުން، އެ ޖަމާޢަތުން ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން އަނބުރާ ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރަމުން ދާކަން ދައްކުވައިދެއެވެ.

19 ޖެނުއަރީ އިން ފެށިގެން، މި އެއްބަސްވުމުގެ ދަށުން ޖުމްލަ 16 އިސްރާއީލުގެ ރަހީނުން ވަނީ އަނބުރާ ގެނެވިފައެވެ. އަދި އޭގެ ބަދަލުގައި އިސްރާއީލުން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ފަލަސްތީނު މީހުން އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާފައިވެއެވެ. މީގެ އިތުރުން ތައިލެންޑުގެ ފަސް ދަނޑުވެރިންވެސް ވަނީ ހަމާސް އިން ދޫކޮށްލާފައެވެ.

މިހާރު އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ ވަށައިގެންވާ ސަރަޙައްދުތަކަށް އަނބުރާ ގޮސްފައެވެ. އޭގެ ތެރޭގައި މިސުރުގެ ބޯޑަރުވެސް ހިމެނެއެވެ.

މިހާ ހިސާބަށް އެއްބަސްވުމުގެ ކަންކަން ނިސްބަތުން އޮމާންކަމާއެކު އައިސްފައިވުމާއެކު، ގެދޮރު ދޫކޮށް ދިޔަ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް އަނބުރާ އައުމުގެ ފުރުސަތު ލިބި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކުރިއެރުންތައް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.

ހަމާސް އިން ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ހުރަސް އުފެދިފައިވަނީ އިސްރާއީލުން ހުއްދަކުރި ފުރަތަމަ މަރުޙަލާގެ ވަޢުދުތަކަށް ފުރިހަމަ އަށް އިހުތިރާމު ނުކުރުމުގެ ސަބަބުންނެވެ.

އެ ޖަމާޢަތުން ބުނާ ގޮތުގައި މީގެ ތެރޭގައި އިސްރާއީލުގެ އިދާރާތަކުން ގާތްގަނޑަކަށް 300،000 ޓެންޓާއި 60،000 އެހީގެ ގާފިލާ ޣައްޒާ އަށް ވެއްދުމަށް ހުއްދަ ދޭން ޖެހޭނެއެވެ.

ގިނަ އަދަދެއްގެ މީހުން އެމީހުންގެ ވީރާނާވެފައިވާ ގެތަކަށް އެނބުރި ދާއިރު - ފިނި، އަދި ވިއްސާރަ މޫސުމާއި މިދުވަސްވަރު ދިމާވެފައި އޮތުމާއެކު - މިފަދަ ހިޔާވަހިކަމުގެ ތަކެތި ވަރަށް ބޮޑަށް ވަނީ ޣައްޒާ އަށް ބޭނުންވެފައެވެ.

އޭގެ އިތުރުން ތެލާއި ޖަނަރޭޓަރު ތައް ވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޣައްޒާ އަށް ފޯރުކޮށްދީފައިވާ އެހީގެ މިންވަރު ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށް ފާހަގަ ވާއިރު، އދ. އިން ހަވާލާދީފައިވާ އަދަދުތަކަށް ބަލާއިރު، "ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުނީއްސުރެ، ޣައްޒާގެ އެކި ކަންކޮޅުތަކުގައި 644،000 މީހުންނަށް ހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އިސްރާއީލުން "ކޮންމެ ދުވަހަކު ޣައްޒާ ސްޓްރިޕް އަށް އިންސާނީ އެހީގެ 600 ޓްރަކު ވެއްދުމަށް މަގުފަހިކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ވަޢުދުވެ އަދި އެކަން ފުރިހަމަކުރަމުންދާ" ކަމަށެވެ.

އަދި އިތުރަށް ބުނެފައިވަނީ: "އެއްބަސްވުން ތަންފީޒު ކުރަން ފެށުނީއްސުރެ، އެތައް ސަތޭކަ ހާހުން ޓެންޓުތައް ޣައްޒާ ސްޓްރިޕް އަށް ވައްދާފައިވެއެވެ."

މިފަދަ ފުށުއަރާ ބަޔާންތަކާ އެކުވެސް، އިސްރާއީލުން ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގައި ކުރިމަތިކުރާ ހުރަސްތައް މެދުވެރިންނަށް ޙައްލުކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

"ގާހިރާ އާއި ދޯހާ އިން ހުރިހާ ފަރާތްތަކަށް ގޮވާލަނީ ސިޔާސީ އަދި މާހައުލުގެ އުނދަގޫތަކާ އެކުވެސް އެއްބަސްވުމުގެ ޝަރުޠުތަކަށް ތަބާވުމަށެވެ؛" މިސުރުގެ އިސް އޮފިޝަލަކު ބީބީސީ އަށް ވިދާޅުވިއެވެ.

"ހަނގުރާމަ ހުއްޓުން ދެމެހެއްޓުމަކީ އެންމެންގެވެސް މަޞްލަޙަތު އޮތް ކަމެކެވެ. އަދި އަޅުގަނޑުމެން އިންޒާރުދެނީ އެއްބަސްވުން ނިމުމަކަށް އައުމުން ސީރިއަސް ސަރަޙައްދީ މައްސަލަތަކަކާ ކުރިމަތިވެ ވަރުގަދަ އިތުރު އުދާސްތަކެއް ކުރިމަތިވާނެ ކަމަށެވެ."

މި ހަފުތާ ނިމުމުގެ ކުރިން މިހާރު ދިމާވެފައިވާ ކުއްލި ހާލަތު ޙައްލުކުރެވުނު ކަމުގައިވިޔަސް، އަދިވެސް ދެން އަންނަ މަރުޙަލާގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ކުރިއަށް ދާނެ މަގެއް އަދި ފެނިފައެއް ނުވެއެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ މާރޗް މަހު ނިމުމަކަށް އަންނާނެއެވެ. އެއީ ހަމާސް އާއި އިސްރާއީލުން އެއްބަސްވުން އިތުރު ކުރުމަށް އެއްބަސް ނުވާނަމައެވެ. މިހާތަނަށް، އެކަމާ ގުޅޭ މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ދެން އޮތް މަރުޙަލާއާ ގުޅޭ މަޝްވަރާތައް ލަސްކުރެއްވީ އޭނާގެ ވެރިކަމުގެ ކޯލިޝަނުގެ ތެރެއިން އަންނަ ޕްރެޝަރާއި އޭނާގެ ހަނގުރާމައިގެ ލަނޑުދަނޑި އެއް ކަމަށްވާ ހަމާސް މުޅިން ނައްތާލުން ނާކާމިޔާބުވެ، ހަމާސް އަކީ އަދިވެސް ޣައްޒާގައި މުހިންމު ސިޔާސީ އަދި ސިފައިންގެ ބާރެއްގެ ގޮތުގައި އޮތްކަމުގެ ހެކިތައް އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަހީނުން ހަވާލުކުރުމާއި އެހީ ބެހުމުގައި ވެސް ހަމާސް އިން ހާމަކޮށްފައި ވަނީ އެމީހުންގެ އާރާއި ބާރު ފަނޑުވެގެން ނުދާ ކަމެވެ.

ކުރިން ފަލަސްޠީނުގެ އެހެން ފަރާތްތަކާއެކު ބާރު ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، ހަމާސް އިން ހަތިޔާރު ބަހައްޓާނެ ކަމަށް ނުފެންނަ ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

އަނެއްކޮޅުން މަސްރަހު އިތުރަށް ހޫނުވެގެން ދިއުމުގައި ޣައްޒާ އިން މީހުން ހުސްކޮށް، މިސްރާއި އުރުދުން އަށް މީހުން ބަދަލު ކޮށް "މެޑިޓެރޭނިއަން ޓްރެވަލް ޑެސްޓިނޭޝަނަކަށް" ޣައްޒާ ބަދަލުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް އަރަބި ދުނިޔޭގައި ވަނީ ހިތްހަމަ ނުޖެހުން ވަރަށް ބޮޑުވެފައެވެ.

މިސުރުން ބުނެފައިވަނީ އެ ޤައުމުން ޣައްޒާ އަލުން ބިނާކުރުމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ - އެ ޕްލޭނުގައި ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުން ހިމެނިފައެއް ނުވާނެ ކަމަށް ވެސް މިސްރުން ވަނީ ބުނެފައެވެ.

މި ކަމާ ބެހޭ މިސުރު، ޤަޠަރު، އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ސަޢޫދީ ޢަރަބިއްޔާގެ ވެރިން 27 ފެބްރުއަރީ ގައި ގާހިރާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްއެއްގެ ކުރިން ބައްދަލުވުމެއް ބާއްވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ޣައްޒާގެ މުސްތަޤްބަލާ ގުޅޭ އިތުރު މައްސަލަތައް އުފައްދާ، މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އޮޅުންތައް އަރާ، އެއްފަރާތުން އަނެއް ފަރާތައް އޮތް އިތުބާރު ގެއްލި ދެން ކަން ހިނގާފާނެ ގޮތަކާ މެދު އެތައް ސުވާލުތަކެއް މި ވަނީ އުފެދިފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު