Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުން – ބަޔާން ކުރަން ނޭނގޭ އުފަލާއި، ކަންބޮޑުވުމާއި، ނުތަނަވަސްކަން

މި ބިރުވެރިކަމަށް ނިމުމެއް އައީ އާދީއްތަ ދުވަހުގެ މެންދުރު ފަލަސްތީނުގެ ގަޑިން 11:15 ގައެވެ. ހަމާސްގެ ބަންދުގައި ތިބި އިސްރާއީލުގެ ރަހީނުންގެ ތެރެއިން 3 އަންހެނުން ދޫކޮށްލާނެ ކަމަށް ބުނެ އެމީހުންގެ ނަންތައް އިސްރާއީލުގެ ސަރުކާރަށް ފޯރުކޮށްދިން ހިސާބުން އިސްރާއީލުން ހަނގުރާމަ ނިންމާލަން އެއްބަސްވިއެވެ. އެއާއެކު 15 މަސްދުވަހުގެ މި ނާމާންކަން ނިމުމަކަށް އައި ކަމުގެ އިހްސާސް ކުރެވި ބިރުވެރިކަމާ ނާމާން ކަމުގައި އުޅެމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަް ކުރެވުނީ ބަޔާން ކުރަން ނޭނގޭ ފަދަ އުފަލެކެވެ.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 17:20
ހަނގުރާމަ ހުއްޓާލުމާއެކު އެތައް ހާސް ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރު ހުރި ތަންތަނަށް އަނބުރާ ދަނީ އަންނަމުން

ހަނގުރާމަ ހުއްޓާލުމާއެކު އެތައް ހާސް ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރު ހުރި ތަންތަނަށް އަނބުރާ ދަނީ އަންނަމުން

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ފެންނަމުން ދަނީ ކުއްލި އުފާވެރިކަމުގެ މަންޒަރުތަކެވެ. ފަލަސްޠީނުގެ ޣައްޒާ އަށް 15 މަސްދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުން ދިޔަ ހަމަލާތަކުން މިންޖުވުމުގެ އިހްސާސެވެ. މި އިހްސާސް ކުރެވުނު އިރު ހަމަ ކޮންމެ ވަގުތެއްގައި ވެސް އިސްރާއީލުގެ ހަމަލާއެއްގެ ޝިކާރަ އަކަށް ވެދާނެ ކަމުގެ ބިރަށް ތިބެން ޖެހުނު ޣައްޒާ ގެ ރައްޔިތުން މި މުސީބާތް ނިމުމަކަށް އައުމަށް އެދި އިންތިޒާރުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

މި ބިރުވެރިކަމަށް ނިމުމެއް އައީ އާދީއްތަ ދުވަހުގެ މެންދުރު ފަލަސްތީނުގެ ގަޑިން 11:15 ގައެވެ. ހަމާސްގެ ބަންދުގައި ތިބި އިސްރާއީލުގެ ރަހީނުންގެ ތެރެއިން 3 އަންހެނުން ދޫކޮށްލާނެ ކަމަށް ބުނެ އެމީހުންގެ ނަންތައް އިސްރާއީލުގެ ސަރުކާރަށް ފޯރުކޮށްދިން ހިސާބުން އިސްރާއީލުން ހަނގުރާމަ ނިންމާލަން އެއްބަސްވިއެވެ.

"އަހަންނަށް ކުރެވޭ އުފާ ބަޔާންކުރާނެ ގޮތެއް ނެނގޭ،" ޣައްޒާގެ ރައްޔިތެއް ކަމަށްވާ އުއްމު ސަލާޙް އަލް ޖަޒީރާ އާ ވާހަކަ ދައްކަމުން ބުންޏެވެ.

"ހަނގުރާމަ ހުއްޓާލުން އިއުލާންކުރި ވަގުތުން ފެށިގެން، އަހަރެން އަވަސް އަވަހަށް ފޮށި ތަންމަތި ބަންދުކުރަން ފެށިން. އެއީ ޣައްޒާ ސިޓީއަށް ދިއުމަށް ތައްޔާރުވާން. އަހަރެންގެ ދަރިން ވަރަށް އުފާވޭ އަހަރެމެންގެ ޢާއިލާ އާއި ގާތްތިމާގެ މީހުން ގާތައް، އަހަރެމެންގެ އުފަން ބިމަށް ދެވޭތީ،" އޭނާ އަލް ޖަޒީރާއަށް ކިޔައިދިނެވެ.

"މިތާނގައި، އަހަރެމެން އަބަދުވެސް ބިރުން ކަންބޮޑުވެފައި ތިބެނީ. އެކަމަކު އަނބުރާ ގެއަށް ދެވުމުން އަހަރެމެން ވަރަށް އުފާވާނެ، އަދި އުފާވެރިކަން އަހަރެމެންގެ ދިރިއުޅުމަށް އަނބުރާ އަންނާނެ."

ޒުވާން ފަލަސްޠީނު ފިރިހެނަކު ބުންޏެވެ، "އެންމެން އުފާވެފައި ތިބީ، ޚާއްޞަކޮށް ކުޑަކުދިން."

"އުއްމީދަކީ، އިޒްރޭލުން ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ދަމަހައްޓާނެ ކަމަށް،" އޭނާ އަލް ޖަޒީރާއަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު އޭނާ ބޭނުންވަނީ އޭނާގެ ތަޢުލީމު ފުރިހަމަ ކުރުމެވެ. "ނަސްލު ނައްތާލުމުގެ މި ޢަމަލުގައި އެތައް ހުވަފެންތަކެއް ވަނީ ނެތިގެން ގޮސްފައި." އޭނާ ބުންޏެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިންނާއި މީހުން ސަލާމަތްކުރުމުގައި އުޅޭ ސިވިލް ޑިފެންސް އޮފިޝަލުން ވެސް މަގުމަތީގައި އުފާފާޅުކުރަނިކޮށް ނޫސްވެރިންނަށް ފާހަގަ ވިއެވެ. އޮންލައިން ކޮށް ފެތުރެމުން ދިޔަ ވީޑިއޯތަކުން ފެންނަ ގޮތުގައި މަދަނީ ދިފާޢީ ޓީމުތަކުން ކާމިޔާބީގެ ނިޝާން އަތުން ދައްކަމުން ކާމިޔާބު ވެއްޖެ ކަމަށް ގަދަ އަޑުން ގޮވަމުން ދިޔައެވެ.

ދީރުލް ބަލާޙްގެ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުން ބޭރުގައި ހުރެ އަލް ޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން، އެއްބަސްވުމާ ޚިލާފުވި ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

ބޮންތަކުގެ އަޑެއް، ހަނގުރާމަމަތީ މަތިންދާ ބޯޓުގެ އަޑުފަށްގަނޑެއް، ޑްރޯންތަކުގެ އަޑެއް ނެތެވެ. އިވޭ ހަމަ އެކަނި ބަޑީގެ އަޑަކީ އުފާފާޅު ކުރުމުގެ ގޮތުން ވައިގެ ތެރެއަށް ޖަހާ ބަޑީގެ އަޑު ކަމަށް އޭނާ ބުންޏެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އިޒްރޭލުގެ ބާރުތަކުން އާދީއްތަ ދުވަހު މަދުވެގެން 19 ފަލަސްޠީނު މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމް ކޮށްލިއެވެ. މިއާއެކު 15 މަސްދުވަހުގެ ނަސްލު ނައްތާލުމުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ގާތްގަނޑަކަށް 47,000 އަށް އަރާފައިވެއެވެ. ފަލަސްޠީނު އަދި އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ބުނާ ގޮތުގައި ޙަޤީޤީ އަދަދު މިއަށްވުރެ މާ ބޮޑުވެދާނެއެވެ.

މި ހަނގުރާމައިގައި ބައެއް ސަރަހައްދުތައް ވަނީ ވަރަށް ބޮޑަށް ސުންނާފަތި ވެފައެވެ. އޭގެ ތެރޭގައި ޚާން ޔޫނިސް ހިމެނެއެވެ. އެ ސަރަހައްދުގެ ވަޒަންވެރިން އެނބުރި އައި އިރު އެމީހުންނަށް ރަށު ތެރެއިން ތަންތަން ވަކިކުރަން ނޭނގޭ ވަރަށް އެތަން ވަނީ ސުންނާފަތި ވެފައެވެ. އެހެން ވިޔަސް އެނބުރި އާދެވުމުން އެމީހުން ތިބީ އުފަލުންނެވެ. ކޮންމެ މީހަކުވެސް ފެންނަނީ ހިނިތުންވެފައި ވަނިކޮށްނެވެ. އެމީހުންގެ ގެދޮރާއި އެހެން ހުރިހާ ވަސީލަތެއް ނެތި ދިޔަޔަސް ހަނގުރާމައިން ފުރާނަ ސަލާމަތް ވީތީ އެމީހުން ތިބީ އުފާވެފައެވެ.

ހޮސްޕިޓަލުތަކުގެ ގޯތިތެރޭގަ ޓެންޓު ޖަހައިގެން ވަގުތީ ހިޔާވަހި ކަމުގައި ތިބި ފަލަސްތީނު މީހުން އެމީހުންގެ ޓެންޓުތައް ރޫޅާ، ފޮށިތަންމަތި ބަންދުކޮށް، އޮހެމުންދިޔަ ބޮމުގެ ސަބަބުން ދިރިއުޅޭތަނުން ނުކުންނަން ޖެހުނު ފަލަސްތީނު ރައްޔިތުން މިހާރު ގެންދަނީ އެމީހުންގެ ގެދޮރު ހުރި ތަންތަނަށް އަނބުރާ ދާން ފަށާފައެވެ. އެ އެންމެވެސް ތިބީ އުފަލުންނެވެ.

"އަހަރެމެންނަށް މިތަނުން ފެންނަމުންދަނީ ޢާއިލާތަކުން ވަރަށް އުފަލާއެކު އެމީހުންގެ ތަކެތި އެއްކުރަމުންދާ މަންޒަރު. އެމީހުން ހޮސްޕިޓަލުގެ ދޮރުން ނުކުންނައިރު މޫނުމަތިން ފެންނަނީ އުފާވެފައި ތިބޭތަން،" ހޮސްޕިޓަލުގެ ބޭރުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުންޏެވެ.

ބައެއް މީހުން އެނބުރި ދާއިރުވެސް އެމީހުންގެ ގެދޮރު ކޮޅަށް ނުހުންނާނެކަން އެނގެއެވެ. އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި ގެތައް ފުނޑުފުނޑު ވެފައިވާނެ ކަންވެސް އެނގެއެވެ.

އަލްޖަޒީރާ އާ ވާހަކަ ދެއްކި ޚާން ޔޫނިސްގެ ރައްޔިތަކު ބުނީ އޭނާގެ ގެ ނެތް ނަމަވެސް އެތަނަށް ދާން ބޭނުން ކަމަށާއި ޓެންޓެއް ޖަހާނެ ތަންކޮޅެއް އެތަނުން ލިބުނު ނަމަވެސް އޭނާ ބޭނުންވަނީ އާއިލާ އާ އެކު އުފަންވި ތަނަށް އަނބުރާ ދާށެވެ.

ފަލަސްތީނުގެ އެހެން ރައްޔިތަކު ނޫސްވެރިޔާ އާ ވާހަކަ ދައްކަމުން ބުނީ ހަނގުރާމައިގައި ފާއިތުވި މަސްތައް އޭނާ އަށް ފެނުނު "ބިރުވެރި ހުވަފެނެއް" ފަދައެވެ. އެ ބިރުވެރި ހުވަފެން ދެކެމުން އައިސް މިހާރު އޭނާ އަށް ކުރެވެނީ އެ ހުވަފެނުން ހޭލެވުނު ފަދަ އިހްސާސެކެވެ.

ބައެއް މީހުންނަށް އެނބުރި ގެއަށް އާދެވުނު އިރު އެތަންތަން ހަލާކުވެފައިވާލެއް ބޮޑު ކަމުން ވަގުތީ ހިޔާވެއްސަކަށް ވެސް އެތަންތަން ބޭނުން ކުރަން އެކަށީގެންނެއް ނުވެއެވެ.

އުތުރު ޣައްޒާ ގައި ގެދޮރު ގެއްލިފައިވާ ފަލަސްޠީނު މީހެއްކަމަށްވާ މަޙްމޫދު އަންވަރު އަބޫ-ސާލިމް، ޣައްޒާ ސިޓީގެ ޝާތީ ރެފިއުޖީ ކޭމްޕުގައި ތިން މަސްދުވަސް ހޭދަކުރުމަށްފަހު އޭނާގެ އުފަން ސަރަޙައްދަށް އެނބުރި އައި އިރު ކަން އޮތްގޮތް އަލް ޖަޒީރާއަށް ކިޔައިދެމުން ބުނީ އޭނާގެ ގެ މުޅިން ހަލާކުވެފައިވާ ކަމަށާއި، އޭނާގެ އާއިލާގެ 50 މެމްބަރުން މަގުމަތީގައި ދިރިއުޅެން ޖެހިފައިވާ ކަމަށެވެ. ހަނގުރާމައިގެ ކުރިން، ފަސް ބުރީގެ ޢިމާރާތުގައި އޭނާގެ ގާތްތިމާގެ މީހުން ދިރިއުޅުނު ވާހަކަ އޭނާ ކިޔައިދިނެވެ.

"ސްކޫލުތައްވެސް ވަނީ ހަލާކުވެފައި. އެއްވެސް ދިރުމެއް ނެތް،" އަބޫ ސާލިމް ބުންޏެވެ. "މިސްކިތްވެސް ވަނީ ފުނޑުފުނޑު ކޮށްލާފައި. މިތާ ޓެންޓެއް ޖަހަންވެސް ވަރަށް އުނދަގޫ." އޭނާ ބުންޏެވެ.

ބައެއް މީހުން ކިޔައިދިން ގޮތުގައި ހަނގުރާމަ ހުއްޓާލާ އެމީހުންގެ ވަޒަނަށް އެނބުރި އާދެވުމުން އުފާވެރިކަން އިހްސާސް ކުރެވުނު ނަމަވެސް ދިގު މުއްދަތަކަށް ބިރުވެރި ކަމުގެ ތެރޭގައި އުޅެން ޖެހުމުން ނަފްސާނީ ގޮތުން ވެފައިވާ އުނދަގޫތައް ފިލައިގެންނެއް ނުދެއެވެ. އަދިވެސް އެމީހުން ތިބެނީ ހިތް ބިރުގަނެފައެވެ. އަނެއްކާވެސް ހަމަލާތައް ދޭން ފަށާފާނެ ކަމުގެ ހިތް ޝައްކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު