Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހައިދަރަށް ރައްޔިތުންވަނީ ބަލަދު އަރާފަތަ.؟

ރައްޓެއްސަކު މަގުމަތިން ދިމާވެގެން ބުންޏެވެ. "އަޅެފަހެ މިއުޅޭ ހައިދަރަށް ރައްޔިތުން ތިބީ ބަލަދު އަރާފައި ހެއްޔެވެ". ހީނލާފައި ކިހިނެއް ވީތޯ އަހާލީމެވެ. ދެންވެސް އޭނާ ކުރީ ސުވާލެކެވެ. "މިދިޔަ އަހަރެއްހާ ދުވަހު އޭނާ ކުރީ ކީއްހެއްޔެވެ" . އަނެއްކާވެސް ގާތަށް ލެފިލާފައި ތިލަކޮށްލަދޭން އެދުނީމެވެ. މިފަހަރުވެސް ބުނީ 32 ސިޓީއަށް ޖަވާބެއް ނުދެވުނު މީހަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ހައްގުވާނޭ ހެއްޔޭއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 14:33
ފުލެޓު ލިސްޓު ބުރާސްފަތި ދުވަހު އިއުލާނު ނުކުރާނެކަން މިނިސްޓަރު ހައިދަރު ހާމަކުރައްވައިފި

ފުލެޓު ލިސްޓު ބުރާސްފަތި ދުވަހު އިއުލާނު ނުކުރާނެކަން މިނިސްޓަރު ހައިދަރު ހާމަކުރައްވައިފި

ރައްޓެއްސަކު މަގުމަތިން ދިމާވެގެން ބުންޏެވެ. "އަޅެފަހެ މިއުޅޭ ހައިދަރަށް ރައްޔިތުން ތިބީ ބަލަދު އަރާފައި ހެއްޔެވެ". ހީނލާފައި ކިހިނެއް ވީތޯ އަހާލީމެވެ. ދެންވެސް އޭނާ ކުރީ ސުވާލެކެވެ. "މިދިޔަ އަހަރެއްހާ ދުވަހު އޭނާ ކުރީ ކީއްހެއްޔެވެ" . އަނެއްކާވެސް ގާތަށް ލެފިލާފައި ތިލަކޮށްލަދޭން އެދުނީމެވެ. މިފަހަރުވެސް ބުނީ 32 ސިޓީއަށް ޖަވާބެއް ނުދެވުނު މީހަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ހައްގުވާނޭ ހެއްޔޭއެވެ.

ވީގޮތް ގެޓްވީ އެހާ ހިސާބުންނެވެ. ނިމިދިޔަ ސަރުކާރުން މީހުންނަށްދިން ފުލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ހަވާލުކުރީ ހައުސިންގ މިނިސްޓަރުކަން ދެއްވައި ޑރ ހައިދަރާއެވެ. ރައީސް މުއިއްޒު ވިދާޅުވިގޮތައް ކުރީ ސަރުކާރުން ދިން އެއްޗެއް ދިން ގޮތަކަށް ދޭން ހައިދަރާ ހަވާލުކުރުމާއެކު ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަސައްކަތް ފަށައިގަތެވެ. ހިލެއަކު ނޫނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރައާއި އިނާޔަތް ލިބޭ ގޮތަށެވެ. ކުރާންޖެހޭ ދަތުރުތަކަށް އެފައިސާވެސް ބުނިއްޔާ ބުނިވަރަކަށް ދީގެންނެވެ. ދުއްވާނެ ދިދަޖެހި ކާރުކޮޅެއް ރައްޔިތުންގެ ފައިސާއިން ހަވާލުކުރިއެވެ. އެމަސައްކަތް ކުރާން އަތްގާތްކޮށްދޭން އެތައް އެތައް ސްޓޭޓް މިނިސްޓަރުންނަކާއި ޑެޕިއުޓީ މިނިސްޓަރުންނެއް ދެއްވިއެވެ.

އެމަސައްކަތް ހަވާލުވިފަހުން ކަންހިނގާގޮތް ކިޔައިދިނުމަށްޓަކައި 04 ޑިސެމްބަރު 2023 ގައި ފްލެޓްތަކުގެ މައްސަލައިގައި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވަޑައިގަތެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހައިދަރު ވިދާޅުވީ އެމަނިކުފާނު ކުރައްވާނެ ކަމަކީ އެ 4000 މީހުންގެ ހައްގުތައް ވީހާވެސް ރަނގަޅަށް ރައްކައުތެރިކުރެވޭތޯ ބެއްލެވުން ކަމަށެވެ.

"ޝަރުތު ހަމަވޭތޯ ނުވޭތޯ ބަލާފައި، ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ހަވާލު ކުރާނެ ކަމުގެ ޔަގީންކަން އެ ކޮމިޓީގައި ހައިދަރު ދެއްވިއެވެ.

މިސަރުކާރުން ދުށްގޮތުގައި އެއީ ބޮޑު މަސައްކަތެކެވެ. ޚުދު ހައިދަރުވެސް ވިދާޅުވަމުން ގެންދެވީ އެވާހަކައެވެ. ނަމަވެސް މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވިދާޅުވެ ފްލެޓް ހަވާލުކުރާނެ އެތައް އެތައް ތާރީޚެއް ހައިދަރު ދެއްވިއެވެ. އެކަމަކު އެކަމަކު އެދުވަސްވެގެން ދިޔައީ އިބިލީހުގެ ކައިވެންޏަށެވެ. ހަފްތާގެ ނިމޭ ދުވަހާއި ފެށޭ ދުވަހުން ރައްޔިތުންނަށް ޖޯކު ޖައްސަވާ ހައިދަރު ގެންދެވީ ލޯލާރިއެއްވެސް މުސާރައާއި އިނާޔަތުން އުނިކުރެއްވުމެއްނެތި ރައްޔިތުންގެ ފައިސާއިން ނަންގަވަމުންނެވެ.

އެމަސައްކަތް ކުރުމުގައި އަހަރެއްހާ ދުވަސްވީ ފަހުން ދެން އެގެނައީ ބޮޑު ބަދަލެކެވެ. އެއްކަލަ ހައިދަރު ނަންގަވާ އެހެން ވުޒާރާއަކަށް ލެއްވީއެވެ. ހަގީގަތް ހާމަވީ އެހާހިސާބުންނެވެ. ދެން އެކަމާ ހަވާލުވި މިހާރުގެ ހައުސިންގ މިނިސްޓަރ ސާފު ސަރީހަ އިބާރާތުން ވިދާޅުވި ވާހަކަފުޅުންނެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނު ކުރި ފްލެޓް ލިބުނު މީހުންގެ ފޯމުތައް "ވެރިފައި" ކުރަން ނިންމަވާ، އައު ހައުސިންގ މިނިސްޓަރ އެކަން ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އިއުލާނު ކުރެއްވުމުންނެވެ.

ކުރިން ހައިދަރު ކުރީ ކޮން މަސައްކަތެއް ހެއްޔެވެ. އަލުން މުޅި ލިސްޓް ވެރިފައި ކުރައްވަން ޖެހިވަޑައިގަތީއެވެ. ހައްގުވާ މީހުން ހޯދަން ކުރިންކުރި މަސައްކަތް ކަނޑުގައި އަޅާލި ރޮނގަކަށްވެ ނިމުނީއެވެ. އެކަމުގައި ހައިދަރު ކުރެއްވުނު މަސައްކަތެއް ނެތްކަމަށް އެވިދާޅުވީ އެވުޒާރާއާ ހަވާލުވެ ލެއްވި އާ ވަޒީރެވެ.

އެފްލެޓްތައް ލިބޭ ކަމަށް ލިޔުން ލިބިފައިވާ މީހުންގެ ޖަމްއިއްޔާ "ފަހި ޔޫނިއަންއިން" މިނިސްޓަރު އަލީ ހައިދަރު އަށް 32 ސިޓީ ފޮނުވި ކަމަށާއި އެމަނިކުފާނާ ބައްދަލު ކުރަން 53 އެޕޮއިންޓްމަންޓް ރިކުއެސްޓް ފޮނުވި ނަމަވެސް ހައިދަރުގެ އެވުޒާރާ ދޫކޮށްލީ އެއިން އެއްވެސް ސިޓީއަކަށް ހައްދަވައިގެން ޖަވާބެއް ނުދެއްވައެވެ. 53 އެޕޮއިންޓްމަންޓުގެ ރިކުއެސްޓަކަށް އެއިން މީހަކާ ބައްދަލުކޮށް ނުލައެވެ.

ސުވާލަކީ ހައިދަރު އެއް އަހަރު އެކުރެއްވީ ކޮންކަމެއްހެއްޔެވެ. ފްލެޓެއް އަޅަން އެންމެ ގައު ބުރިއެއްވެސް ނުބޭއްވުމުގެ އިތުރުން ފްލެޓް ލިބޭނޭ މީހުންނަށް އެތަން ލިބޭނޭ ކަމުގެ ޔަގީންކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ބުނެ ނުލެވި އަހަރެއް ފާއިތުވެގެން ދިޔައީއެވެ. ބަރާބަރަށް މުސާރައާއި އިނާޔަތް ލިބުނެވެ. ލޯލާރިއެއްވެސް އެއަކުން އުންޏެއް ނުވެއެވެ. އެންމެފަހުން އެއްވެސްކަމެއް ނުކުރެވުނު ބޭފުޅަކު ނަގާ އަނެއްކާ އަނެއް އެވުޒާރާއަށް ބަދަލު ކުރައްވަން ހައިދަރަކީ އަޅެފަހެ ރައްޔިތުންނަށް ބަލަދު އަރާފައިވާ ބޭފުޅެއް ހެއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު