Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގްރޭސް މުގާބޭ

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

 މީގެ ކުރިންވެސް ގްރޭސް މުގާބޭ އެނބުރި ގައުމަށް ވަޑައިގެން ކަމަށް ޚަބަރުތައް ފެތުރިގެންދިޔަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 އޯގަސްޓު 2017 | ހޯމަ 02:29
ދެކުނު އެފްރިކާގެ ފުލުހުން ވަނީ އެކަމަނާ އެގައުމު ދޫކުރައްވާ ފުރާވަޑައިގަތުން މަނާކުރުމަށް ސަރަހައްދީ ރޮނގުގައި "ރެޑް އެލާޓް" ނެރެފަ

ދެކުނު އެފްރިކާގެ ފުލުހުން ވަނީ އެކަމަނާ އެގައުމު ދޫކުރައްވާ ފުރާވަޑައިގަތުން މަނާކުރުމަށް ސަރަހައްދީ ރޮނގުގައި "ރެޑް އެލާޓް" ނެރެފަ

ޖޮހަނެސްބާގްގެ އަގުބޮޑު ހޮޓަލެއްގައި ޒުވާން މޮޑެލްއަކަށް ހަމަލާދެއްވިކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓްކުރަން ގޮވާލަމުންދަނިކޮށް ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

މީގެ ކުރިންވެސް ގްރޭސް މުގާބޭ އެނބުރި ގައުމަށް ވަޑައިގެން ކަމަށް ޚަބަރުތައް ފެތުރިގެންދިޔައެވެ.

ޒިމްބާބުވޭގެ ދައުލަތުގެ މީޑިއާ ޒެޑްބީސީ ގެނެސްދިން ރިޕޯޓަކުން ފެންނަ ގޮތުގައި ހަރާރޭ އެއާޕޯޓްގައި އަސްކަރިއްޔާގެ އޮފިޝަލުންނާއި ސަރުކާރުގެ އޮފިޝަލުން ރައީސް މުގާބޭގެ ދެ ކަނބަލުންނަށް މަރުހަބާ ވިދާޅުވެއެވެ.

ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ބޭއްވި ދެކުނު އެފްރިކާގެ ގައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމަށް މުގާބޭ އާއެކު ވަޑައިގަތުމަށްފަހު ދެ ކަނބަލުން އެކުގައި ވަޑައިގެންފައިވަނީ އެއާ ޒިމްބާބުވޭގެ ފްލައިޓަކުންނެވެ.

ދެކުނު އެފްރިކާގެ ފުލުހުން ވަނީ އެކަމަނާ އެގައުމު ދޫކުރައްވާ ފުރާވަޑައިގަތުން މަނާކުރުމަށް ސަރަހައްދީ ރޮނގުގައި "ރެޑް އެލާޓް" ނެރެފައެވެ. ނަމަވެސް އިންޓަރނޭޝަނަލް ރިލޭޝަން މިނިސްޓަރވަނީ އެކަމަނާއަށް ޑިޕްލޮމެޓިކް އިމްތިޔާޒް ދެއްވާފައެވެ.

ޑރ ގްރޭސް މުގާބޭއަށް ޑިޕްލޮމެޓިކް އިމްތިޔާޒްތައް ދެއްވާފައިވާކަމަށް ދެކުނު އެފްރިކާގެ ސަރުކާރުގެ ގެޒެޓްގައި އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ.ނަމަވެސް އިމްތިޔާޒްތައް ދެއްވިކަމަށް ސޮއިކުރައްވާފައިވަނީ ހޮނިހިރުދުވަހުއެވެ.

ދެކުނު އެފްރިކާގެ ސަރުކާރުން ހޮނިހިރު ދުވަހު ބުނެފައިވަނީ ޒިމްބާބުވޭގެ ސަރުކާރުން އެދިފައިވާތީ ގްރޭސް މުގާބޭއަށް ޑިޕްލޮމެޓިކް އިމްތިޔާޒްތައް ދިނުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

އޯގަސްޓްމަހުގެ 13 ވަނަ ދުވަހު ހަވީރު ހޮޓެލްގައި ހިނގި ހިތްހަމަ ނުޖެހުމެއްގައި ދެކުނު އެފްރިކާގެ އުމުރުން 20 އަހަރުގެ އަންހެނަކު ވަނީ ގެރޭސް މުގާބޭ އޭނާގެ މޫނުގައި އެކްސްޓެންޝަން ކޯޑަކުން ޖެހި ކަމަށް ތުހުމަތުކޮށްފައެވެ.

މޮޑެލްއެއް ކަމަށްވާ ގެބްރިއެއްލާ އެންޖެލްސް ވަނީ އުމުރުފުޅުން 52 އަހަރުގެ ގްރޭސް މުގާބޭގެ ފިރިހެން ދަރިފުޅާއެކު ހޮޓަލުގެ ކޮޓަރިއެއްގައި ހުއްޓައި ފެނުމުން އޭނާގެ ގައިގައި ޖެހިކަމަށް ތުހުމަތުކޮށްފައެވެ.

ގެބްރިއެއްލާ އެންޖެލްސްގެ ދިފާއުގައި މަސައްކަތްކުރާ ގްރޫޕަކުންވަނީ ދެކުނު އެފްރިކާގެ ސަރުކާރާ ދެކޮޅަށް ކޯޓަށް ދާނެކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި

24 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ

12 އޯގަސްޓު 2017
ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް

11 އޯގަސްޓު 2017
ރަޝިއާގައި ތިބޭ އެމެރިކާގެ 755 ޑިޕްލޮމެޓިކް މުވައްޒަފަކު ރަޝިއާ ދޫކޮށްދާން އަންގައިފި

ރަޝިއާގައި ތިބޭ އެމެރިކާގެ 755 ޑިޕްލޮމެޓިކް މުވައްޒަފަކު ރަޝިއާ ދޫކޮށްދާން އަންގައިފި

31 ޖުލައި 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު