Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ-އެމެރިކާ

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން މުވައްޒަފުން މަދުކުރަން އެންގުމުން ޝުކުރު އަދާ ކުރަން: ރައީސް ޓްރަމްޕް

ފިޔަވަޅު އެޅުމާ ބެހޭ ގާނޫނެއް ފާސްކުރުމުން ރަޝިއާ އިން ވަނީ ވަރަށް ހިތްހަމަނުޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2017 | ހުކުރު 06:58
ރައީސް ޓްރަމްޕް (ކ) އަދި ރައީސް ޕޫޓިން

ރައީސް ޓްރަމްޕް (ކ) އަދި ރައީސް ޕޫޓިން

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް މިއަންނަ ސެޕްޓެމްބަރު 1 އާ ހަމައަށް ދިޔުމަށް ރައީސް ވްލަޑީމިއާ ޕޫޓިން އެންގެވި އެންގެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޝުކުުރު އަދާ ކުރައްވައިފިއެވެ.

އެމެރިކާގެ ނިއު ޖާޒީގައި ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ރަޝިއާގެ ރައީސް އަށް ޝުކުރު އަދާ ކުރައްވަން ބޭނުންފުޅުވަނީ އެމެރިކާގެ ފައިސާ ފަހަށް ރައްކާ ކުރެވޭތީ ކަމަށެވެ. އަދި މުސާރައަށް ދައުލަތުން ކުރަން ޖެހޭ ޚަރަދު ކުޑަވެގެން ދާތީ ކަމަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ބިލާ ގުޅިގެން، ގާނޫނަކަށް ނުވެސް ވަނީސް ރަޝިއާ އިން ވަނީ ރައްދު ދޭން ފަށާފައެވެ. އެގޮތުން ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް ދިޔުމަށް ރައީސް ޕޫޓިން ވަނީ އަންގަވާފައެވެ. އަދި ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އިން ފާސްކުރި ބިލު ރައީސް ޓްރަމްޕް ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނެއް އެމެރިކާ އިން ވުޖޫދަށް ގެނައުމުން ރަޝިއާ އިން ވަނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެމެރިކާ އިން ރަޝިއާ އަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ. ރަޝިއާގެ ބޮޑު ވަޒީރު ޑިމިޓްރީ މެޑްވެޑޭވް އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެމެރިކާގެ އާ ސަރުކާރާއެކު އޮތް ގުޅުން ރަނގަޅު ކުރުމަށް އޮތް އުންމީދު ފަނޑުވީ ކަމަށެވެ.

މެޑްވެޑޭވް ވިދާޅުވީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރެއްވުމަަކީ އެމަނިކުފާނުގެ ނާގާބިލުކަން އަންގައިދޭ ކަމެއް ކަމަށާއި އަދި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ރައީސް ޓްރަމްޕް ފަޟީހަތް ކޮށްފައިވާ ކަަމަށެވެ.

ރަޝިއާ އަށް ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު ވުޖޫދަށް އައުމުން، ރައީސް ޓްރަމްޕް ރަޝިއާއާ ދެކޮޅަަށް އަޅާ ނުވަތަ އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން ބޭނުން ނަމަ ދެން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަންށެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރީ 2014 ވަނަ އަހަރު ކްރައިމިއާ ރަޝިއާގެ އަތްދަށަށް ގެނައުމާއި ގުޅިގެންނާއި އަދި އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. ރަޝިއާއާ ދެކޮޅަށް ކުރެވޭ އެންމެހާ ތުހުމަތުތައް އެގައުމުން ދޮގުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު