Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-އެމެރިކާ

ރަޝިއާގައި ތިބޭ އެމެރިކާގެ 755 ޑިޕްލޮމެޓިކް މުވައްޒަފަކު ރަޝިއާ ދޫކޮށްދާން އަންގައިފި

އެމެެރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ބިލެއް ފާސްކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 31 ޖުލައި 2017 | ހޯމަ 07:24
ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން

ރަޝިއާގެ ރައީސް ވްލަޑީމިއާ ޕޫޓިން

އެމެރިކާ އިން ރަޝިއާ އަށް އެޅި އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދެއްގެ ގޮތުގައި، ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 755 މުވައްޒަފަކު ރަޝިއާ ދޫކޮށް ދިޔުމަށް ރައީސް ވްލަޑީމިއާ ޕޫޓިން އަންގަވައިފިއެވެ.

ރަޝިއާގެ ރައީސް މިގޮތަށް އެންގެވިއިރު އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރު ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ 755 މުވައްޒަފަކު ރަޝިއާ ދޫކޮށްދާން ޖެހޭ އެންމެ ފަހުގެ މުހުލަތަކީ ސެޕްޓެމްބަރު 1 ކަމަށް ރަޝިއާގެ ރައީސް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގެ 755 މުވައްޒަފަކު ރަޝިއާ ދޫކޮށްދާން އެންގިއިރު ބާކީ އިތުރު 455 އެމެރިކާގެ ޑިޕްލޮމެޓިކް މުވައްޒަފަކު ރަޝިއާގައި ތިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާ ގައި ތިބި ރަޝިއާގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ އަދަދަކީ ވެސް 455 ކެވެ.

ރިޕޯޓުތައް ބުނާގޮތުން ރަޝިއާ އިން އެމެރިކާގެ 755 ޑިޕްލޮމެޓިކް މުވައްޒަފަކު އެގައުމު ދޫކޮށް ދާން އެންގުމަކީ މިއީ މިހާ ގިނަ އަދަދެއްގެ ޑިޕްލޮމެޓުންތަކެއް ގައުމަކުން އެގައުމު ދޫކޮށް ދާން އެންގި ފުރަތަމަ ފަހަރެވެ.

ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސް އިން ވަނީ އާ ބިލެއް ފާސްކޮށްފައެެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ހަކަބީ ވިދާޅުވެފައި ވަނީ ރައީސް ޓްރަމްޕް ބިލު ތަސްދީގު ކުރައްވާނެ ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސް ކުރީ 2014 ވަނަ އަހަރު ކްރައިމިއާ ރަޝިއާގެ އަތްދަށަށް ގެނައުމާއި ގުޅިގެންނާއި އަދި އެންމެ ފަހުން ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު