Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

ގުޅުން ކަނޑާލީ ގަތަރު ސަރަހައްދުގައި ހަމަނުޖެހުން އުފައްދާ ކަމަށް ބުނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 ޖޫން 2017 | ހޯމަ 08:13
ގަތަރުގެ މަލަމަތި

ގަތަރުގެ މަލަމަތި

ހަތަރު ގައުމަކުން ގަތަރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން، ސަރަހައްދުގައި ހަމަނުޖެހުން އުފައްދާ ކަމަށް ބުނެ ކަނޑާލައިފިއެވެ.

ގަތަރާ ގުޅުން ކަނޑައިލީ ސައުދީ އަރަބިއްޔާ، މިސްރު، ބަހްރެއިން އަދި ޔޫއޭއީ އެވެ. މި ހަަތަރު ގައުމުތަކުން ބުނާ ގޮތުން ގަތަރު ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުންނެވެ. އޭގޭ ތެރޭގައި މުސްލިމް ބްރަދާހުޑް ހިމެނޭ ކަމަށް އެގައުމުތަކުން ބުނެއެވެ.

ސައުދީގެ ނިއުސް އެޖެންސީ އެސްޕީއޭ އިން ބުނީ ސައުދީ ވަނީ ގަތަރަށް، އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި ކަމަށާއި އެހެން ކަމުން އެއްގަމުމަގާއި، ކަނޑުމަގާއި އަދި ވައިގެ މަގު މިހާރު ގަތަރަށް ބަންދުވާނެ ކަމަށެވެ. ސައުދީގެ އޮފިޝަލުންނާއި ހަވާލާދީ އެސްޕީއޭ އިން ބުނީ ސައުދީން ގަތަރާއި ގުޅުން ކަނޑާލީ، ޓެރަރިޒަމާއި އަދި ހައްދުފަހަނައަޅައި ދިއުމުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

މިސްރުން ބުނެފައި ވަނީ އެގައުމުގެ ވައިގެ މަގާއި އަދި ހުރިހާ ބަނދަރުތަކެއް، ގަތަރަށް މިހާރު ބަންދުވާނެ ކަމަށެވެ.

ޔޫއޭއީ އިން ވަނީ އެގައުމުގައި ތިބި ގަތަރުގެ ޑިޕްލޮމޭޓުން ގައުމު ދޫކޮށް ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

ބަހްރެއިން އިން ބުނީ އެގައުމުން ގަތަރާ ގުޅުން ކަނޑާލި އެގައުމުގެ ދާހިލީ ކަންކަމާ ބެހި އަދި ގަތަރުގެ ސަލާމަތަށް ނުރައްކާ ކުރާތީ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
01 ޖޫން 2017

ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

01 ޖޫން 2017
ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި
24 މެއި 2017

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

24 މެއި 2017
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
13 މެއި 2017

ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!

13 މެއި 2017
ހަތްދިހަ ހަތަރު ޤައުމަކަށް ވަރުގަދަ ސައިބަރ އެޓޭކެއް!
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު