Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުލްސޫމް ނަވާޒް ޝަރީފް

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި

24 އޯގަސްޓު 2017 | ބުރާސްފަތި 08:56

ޑޮކްޓަރުން ބުނަނީ އެކަމަނާގެ ކެންސަރު ފަސޭހަކުރެވޭނެ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 އޯގަސްޓު 2017 | ބުރާސްފަތި 08:56
ކުރީގެ ބޮޑު ވަޒީރު ޝަރީފް (ވ) އަދި އަނބިކަނބަލުން ކުލްސޫމް

ކުރީގެ ބޮޑު ވަޒީރު ޝަރީފް (ވ) އަދި އަނބިކަނބަލުން ކުލްސޫމް

މަގާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ޝަރީފަށް ކަރުތެރޭގެ ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުލްސޫމް އަށް ކެންސަރު ޖެހިވަޑައިގެންފައިވާ ކަަން އެނގިވަޑައިގަތީ ދާދިފަހުން ލަންޑަނުގައި ކުރެއްވި މެޑިކަލް ޗެކަޕަކުންނެވެ.

ކުލްސޫމްއަށް ފަރުވާ ދެއްވާ ޑޮކްޓަރުން ވިދާޅުވަމުން ގެންދަވަނީ އެކަމަނާގެ ކެންސަރުގެ އާލަސްކަންފުޅު ފަސޭހަވެގެން ދާނެ ކަމަށާއި އަދި ފަރުވާ ދެއްވުމުގެ ކަންކަން ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މަގާމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ރައީސް ކަމުގެ މަގާމާއި އަދި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ބޮޑު ވަޒީރު ނަވާޒް ޝަރީފު، ކުރިން ތަމްސީލް ކުރެއްވި ދާއިރާ އަށް އަނބިކަނބަލުން ކުލްސޫމް ނަވާޒް ވަނީ ކުރިމަތި ލައްވަން ނިންމަވައިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ލާހޫރަށް ނިސްބަތްވާ ދާއިރާގެ ގޮނޑިއަށް ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ނޮމިނޭޓް ކޮށްފައި ވަނީ "ޕާކިސްތާން މުސްލިމް ލީގް-ނަވާޒް ޕާޓީ" އިންނެވެ. މީގެ ކުރިން ދުވަހަކު ވެސް މިފަދަ މަގާމަކަށް ކުލްސޫމް ވާދަކުރައްވާފައި ނުވި ނަމަވެސް، ބައި-އިލެކްޝަނުް ބޮޑު ތަފާތަކުން ކުލްސޫމް ކާމިޔާބު ކުރައްވާނެ ކަމަށް ޕާޓީ އިން ދެކެއެވެ.

ބޮޑު ވަޒީރު ޝަރީފު މަގާމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އެ މަނިކުފާނުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެކަން ތަހުގީގު ކުރުމަށް ފަހު ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ)ގެ ތަހުގީގަށް ފަހު ކޯޓަށް ހުށަހެޅި 254 ސަފުހާގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.

ނަވާޒް ޝަރީފް ރައީސް ކަމަށް ޝަރުތު ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ޕެެނަމާ ޕޭޕަރުގެ މައްސަލައިގައެވެ. ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ ނަން ހިމަނާފައި ނެތެވެ. މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުން ވަނީ އޮފްޝޯރ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ. ލީކު ވެފައިވާ ޕެނެމާ ޕޭޕަރުތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުން ވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ކޮރަޕްޝަނުގެ މައްސަލައިގައި މަގާމުން ދުރުކުރި ނަވާޒް ޝަރީފް ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންފި

04 އޮކްޓޯބަރު 2017
ކޮރަޕްޝަނުގެ މައްސަލައިގައި މަގާމުން ދުރުކުރި ނަވާޒް ޝަރީފް ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންފި
12 އޯގަސްޓު 2017

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ

12 އޯގަސްޓު 2017
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ
11 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ

11 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
12 ޖޫން 2017

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް
11 މެއި 2017

ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!

11 މެއި 2017
ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް