Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މުގާބޭ އިތުރު ދައުރަކަށް

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

އުމުރުފުޅުން 51 އަހަރުގެ ގްރޭސް މުގާބޭ ގެންދަވަނީ ރައީސް މުގާބޭއަށް ވަފާތެރި މިންވަރު ހާމަކުރެއްވުމަށް އާއްމުކޮށް މިފަދަ ވާހަކަފުޅުތައް ދައްކަވާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 12:28
މުގާބޭއަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާއީދުކޮށްފައި

މުގާބޭއަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާއީދުކޮށްފައި

ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އަވަހާރަވި ނަމަވެސް އޭނާއަށް އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ގަބުރެއްގެ ގޮތުގައި ވާދަކުރެއްވޭނެ ކަމަށާއި އަދި ކަމިޔާބު ކުރެއްވޭނެ ކަމަށް މުގާބޭގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.

މުގާބޭގެ އަނބިކަނބަލުން މިހެން ވިދާޅުވީ ޒަނޫ ޕީއެފް ޕާޓީގެ ރެލީއެއްގައި ވާހަކަދައްކަވަމުންނެވެ.

ދޮން ނަސްލުގެ މީހުންގެ ވެރިކަން 1980ގައި ނިމުނު ފަހުން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންގެންދަވަނީ މުގާބޭއެވެ.

އުމުރުފުޅުން 51 އަހަރުގެ ގްރޭސް މުގާބޭ ގެންދަވަނީ އުމުރުފުޅުން 92 އަހަރުގެ ރައީސް މުގާބޭއަށް ވަފާތެރި މިންވަރު ހާމަކުރެއްވުމަށް އާއްމުކޮށް މިފަދަ ވާހަކަފުޅުތައް ދައްކަވަމުންނެވެ.

ރައީސް މުގާބޭއަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާއީދުކޮށްފައެވެ. ނަމަވެސް މި ފަހަކަށް އައިސް މުގާބޭއާއެކު އާއްމު ބައްދަލުވުންތައް ބޭއްވުން ވަނީ މަދުވެފައެވެ.

މުގާބޭގެ އަނބިކަނބަލުން ވިދާޅުވީ 1980 ވަނަ އަހަރު ގެރިއްލާ ހަނގުރާމައިގައި މުގާބޭއާއެކު ހުންނެވި އެއްވެސް މީހަކަށް މުގާބޭއަކީ މުސްކުޅިއެއް ކަމަށް ބުނުމުގެ ހައްގު ނޯންނާނެ ކަމަށާއި އެހެން ބުނެ މުގާބޭއާ ވާދަކުރަން އެދުވަސްވަރުގެ މީހަކު ނުކުންނަ ނަމަ އެބަޔަކު ވެސް ވާދަކޮށްގެން ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

24 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު
22 އޮކްޓޯބަރު 2017

ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި

22 އޮކްޓޯބަރު 2017
ފާޑުކިޔުންތަކާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރގެ މަގާމުން މުގާބޭ ވަކިކޮށްފި
22 އޮކްޓޯބަރު 2017

ފާޑުކިޔުންތަކާއި ގުޅިގެން، ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމުގެ ނިންމުން ބަދަލުކުރަނީ!

22 އޮކްޓޯބަރު 2017
ފާޑުކިޔުންތަކާއި ގުޅިގެން، ގުޑްވިލް އެމްބެސަޑަރަކަށް މުގާބޭ ހަމަޖެއްސެވުމުގެ ނިންމުން ބަދަލުކުރަނީ!
21 އޮކްޓޯބަރު 2017

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި

21 އޮކްޓޯބަރު 2017
ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރަކަށް ޒިމްބާބްވޭގެ ޑިކްޓޭޓަރު މުގާބޭ ހަމަޖައްސައިފި
08 އޮކްޓޯބަރު 2017

މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ

08 އޮކްޓޯބަރު 2017
މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު