Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާން

ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

ހަމަލާ ދިން ސަރަހައްދަކީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ރައްކާތެރި ސަރަހައްދުތަކުގެ ތެރޭން އެއް ސަރަހައްދު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 1 ޖޫން 2017 | ބުރާސްފަތި 09:08
ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ އޮފިޝަލުން ފޯރި މަރަނީ

ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ އޮފިޝަލުން ފޯރި މަރަނީ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދެއްގައި ގޮއްވާލި ބާރުގަދަ ބޮމުގެ ހަމަލާ، އެގައުމުގެ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފިއެވެ.

ބުދަ ދުވަހު ގޮއްވާލި މި ބޮމުގެ ހާދިސާ ގައި މަދުވެގެން 90 މީހުން މަރުވިއެވެ.

ބުދަ ދުވަހު ދިން މިހަމަލާ އޮފިޝަލުން ސިފަ ކޮށްފައި ވަނީ ކާބުލްގައި ދިން "އެންމެ ބޮޑު އެއް ހަމަލާ"ގެ ގޮތުގައެވެ. ޚަބަރުތައް ބުނާ ގޮތުން ބުދަ ދުވަހު މި ގޮވުން ގޮވާފައި ވަނީ ކާބުލްގެ 10 ވަނަ ޑިސްޓްރިކްޓް ކަމަށްވާ ޒަންބަޤް ސްކްއެއަރ ކައިރިންނެވެ. އެއީ ޖަރުމަނު އެމްބަސީގެ ކައިރިއެވެ.

ސެކިޔުރިޓީ ވަރުގަަދަ ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދުގައި ދިން ހަމަލާ ދީފައި ޓޭންކަރެއްގައި ގޮވާތަކެތި ފޮރުވާފަ ބަހައްޓާފައެވެ. މި ހަަމަލާ ގައި 400 އެއްހާ މީހުން ޒަޚަމްވިއެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ ނަގާފައި ނުވާއިރު، މިފަހުން ކާބުލްގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ ނަގާފައި ވަނީ ތާލިބާން ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ.

ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ބަސީރު މުޖާހިދް ރޮއިޓާސްގައި ވިދާޅުވީ މި ގޮވުން ގޮވާފައި ވަނީ ޖަރުމަނު އެމްބަސީކައިރީގައި ކަމަށާއި ހަމަލާ އަމާޒުކޮށްފައިވަނީ ކޮންތަނަކަށް ކަން ބުނަން ދަތި ކަމަށެވެ. އެ ސަރަހައްދުގައި އެތައް އިމާރާތްތަކެއް ހުންނައިރު އިނގިރޭސިވިލާތުގެ އެމްބަސީއާ އިންޑިއާ އެމްބަސީ އަދި ރިޔާސީ ގަނޑުވަރު ވެސް ހިމެނެއެވެ.

ސަލާމަތީ ގޮތުން އެހާ ވަރުގަދަ ސަރަހަދެއްގައި މިހާ ވަރުގަދަ ހަމަލާއެއް ދެވުނު ގޮތަކާ މެދު ސުވާލު އުފެދިގެން ދާނެއެވެ. އެ ސަރަހައްދަކީ މީޓަރު އުސް ފާރެއްލައި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

ބޮމުގެ ހަމަލާގެ ޝިކާރައަކަށް ވި ގިނަ މީހުންނަކީ އަފްޣާން ރައްޔިތުންނެވެ. ހަމަލާގައި އެމެރިކާގެ 11 ރައްޔިތަކު ޒަޚަމްވި އިރު ޖަރުމަނުގެ އެމްބަސީގެ މުވައްޒަފުން ވެސް ޒަޚަމްވިއެވެ. މިހަމަލާ ގައި ބީބީސީ އަފްގާންގެ ޑްރައިވަރުވެސް މަރުވިއެވެ. އަދި ބީބީސީގެ އިތުރު ހަތަރު މުވައްޒަފަކުވެސް މަރުވިއެވެ.

އެތައް ގައުމެއްގެ އެމްބަސީ އިމާރާތަށް ގެއްލުންވިކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އޭގެތެރޭގައި ފްރާންސް އަދި ތުރުކީ އެމްބަސީ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު