Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރުގެ ކޮރަޕްޝަން

"ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަން ހިންގަނީ އެތެރެއިން ރޭވިގެން، ދެން އުޅެނީ ރައީސްގެ މައުސޫމްކަން ދައްކަން"

ރައީސް ޔާމީން ވަނީ ކުރިއަށް އޮތްތަނުގައި އެފަދައިން އިތުރު އެމްޑީން ވެސް އިސްތިއުފާދޭ މަންޒަރު ފެނިގެންދާނެ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2024 | ހުކުރު 13:35
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަން ހިންގަނީ އެތެރެއިން ރޭވިގެން ކަމަށާއި އެއަށް ފަހު ދެން އުޅެނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް އެކަންކަން އެނގިވަޑައި ނުގަންނަވާ ކަމަށް ބުނެ ރައީސްގެ މައުސޫމްކަން ދައްކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން އެފަދައިން ވިދާޅުވީ ޕީއެންްއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބައެއް މީޑީއާތަކަށް ދައުވަތުދީގެން ޑިސެމްބަރު 22ގައި ދެއްވި ބަސްދީ ގަތުމެއްގައި، މިހާރު ހިނގައިގެން އުޅޭ އެޗްޑީސީ ގޯތީގެ ވައްކަމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަދައްކަވާ ފައެވެ. ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާ ކަމަށްވާނަމަ އެކަމެއް ބަލާނެ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ކަމެއް ކުރާ ކަމަށްވާނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށާއި، އެމައުލޫމާތު ލިބިފައިވާނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެމައްސަލަ ބަލާނެ ކަމަށެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތައް ސަމާލުކަމަށް ގެންނަވާ އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުއްވި ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ރައީސް ވަނީ އެ ދުވަހު ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު ރައީސް މުއިއްޒު އަށް ކޮރަޕްޝަންގެ ކަންކަން އެންގޭނެ ގޮތެއް ނެތް ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކަންކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅުކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ލިބޭ މުސާރަ އާއި ނުބައްދަލުކޮށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަމުންދާ ވެރިން ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގައި ތިބި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ބަލަން ޖެހޭ ކޮރަޕްޝަންގެ މައްސަލަތައް ކަމަށާއި އެކަންކަން ނުބަލާ ރައީސްގެ މައުސޫމްކަން ދައްކަވަން އުޅޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު މަޤާމުން އިސްތިއުފާދެއްވާފައިވާ އިރު މުއާޒްގެ ވަކިވުމުގައިވެސް ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުރިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ވައްކަން ކުރާ ކަމަށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މުއާޒް ވަނީ ފެނަކައަށް އައްޔަންކުރި ދުވަހުން ފެށިގެން މަސައްކަތް ކުރެއްވީ އެންމެ ފުރިހަމައަށް މަސްޢޫލިއްޔަތު އަދާކުރުމަށް ކަމަށް ވިދާޅުވެފައެވެ.

މުއާޒް ވިދާޅުވީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން ލިބޭ އާމްދަނީ އިން ހިންގާ ތަންތަނަށް ވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ ކުންފުނި އޮތީ މާލީ ގޮތުން ދަށް ހާލަތެއްގައި ކަމަށް ވުމުން އެކަން ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް މުއާޒް ވިދާޅުވިއެވެ. ސަބަބަކީ ފެނަކައިން ޚިދުމަތް ދޭ ގިނަ ދަށްރަށުގައި މެއިންޓެންސް މަސައްކަތްތައް ނުކުރުމާއި، ބެކްލޮގް އެއްކޮށް ރަނގަޅު ނުކުރުން ފަދަ މައްސަލަތައް ދިމާވުން ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ވަނީ ކުރިއަށް އޮތްތަނުގައި އެފަދައިން އިތުރު އެމްޑީން ވެސް އިސްތިއުފާދޭ މަންޒަރު ފެނިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު