Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުން އަޑުއިވިގެން ދިޔައީ ރައްޔިތުން އިތުރަށް ވާވެއްދި ބަޔާނެއްގެ ގޮތުގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ފެބުރުއަރީ 2017 | އަންގާރަ 01:28
އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބް މުގައްރިރު އިބްރާހިމް އަމީރު

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބް މުގައްރިރު އިބްރާހިމް އަމީރު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވިއިރު ކޮރަޕްޝަންގެ ވާހަކަ ރައީސް އަބްދުﷲ ޔާމީން ނުދެއްކެވީ އެމަނިކުފަނު އަމިއްލަފުޅަށް އޮރިޔާންވެ ވަޑައިގަންނަވާނެތީ ކަމަށް އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި އަމީރު ވިދާޅުވީ ރިޔާސީ ބަޔާނުން އަޑު އިވިގެން ދިޔައީ ރައްޔިތުންނަށް ހަގީގަތް ބުނެ ނުދީ ރައްޔިތުން އިތުރަށް ވާވެއްދި ރިޔާސީ ބަޔާނެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

މި ރިޔާސީ ބަޔާނުން ރައްޔިތުންނަށް އިތުރު އުއްމީދެއް ގެނެވިގެން ދިޔަ ތަން ފެނިގެން ނުދާކަން އޭނާ ވަނީ ފާހަގަ ކުރައްވަފައެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ކޮންމެ ދުވަހަކުވެސް ކޮރަޕްޝަންގެ ވާހަކަތައް މީޑިއާ ތަކުގައި ފެތުރެމުން ދާއިރު ރައީސް ޔާމީންގެ ވާހަކަފުޅުގައި ކޮރަޕްޝާއި ބެހޭ ގޮތުން ބަސްފުޅެއް ވިދާޅުވެފައި ނުވަނީ އެކަށީގެންވާ މިންވަރަށް އެ ބޭފުޅުން ކޮރަޕްޝަންގައި ޝާމިލްވާތީ ކަމަށެވެ.

ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތައްތައް ކަމަށްވާ ކޮރަޕްޝަނާއި އަދުލު އިންސާފާއި ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެއް ނުވެއެވެ.

ޤާނޫނު އަސާސީގެ ރައްޔިތުންގެ މަޖްލީހުގެ ބާބުގެ 84 ވަނަ މާއްދާގައި "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖްލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަންވާނެ" ކަމަށެވެ.

ޤާނޫނު އަސާސީގައި މިހެން ބަޔާންކޮށްފައިވީ ނަމަވެސް މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ގައުމުގެ ހާލަތަށް ތަފްސީލުކޮށް ބައްލަވާލައްވާފައެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު