Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަރުގެ ޖަލްސާ

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ބްރިޖާއި 25 ބުރީގެ ދެ އިމާރާތް އެ އަޅަނީ ތިން ގުނަ ބޮޑުކޮށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2017 | ހޯމަ 03:36
އާދަމް އާޒިމް އާދީއްތަ ދުވަހުގެ ރޭގައި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އާދަމް އާޒިމް އާދީއްތަ ދުވަހުގެ ރޭގައި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންދަނީ އޭގެ ތިން ގުނަ އަގު ބޮޑުކޮށް ކަމަށާއި އެއީ ހިންގަމުންދާ ޖަރީމާއެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ އާއި ހުޅުމާލޭގެ ދެމެދު އަޅާ ބްރިޖް އެ އަޅަކީ އެ ބްރިޖް އެޅޭ އަގުގެ ތިން ގުނަ ބޮޑުކޮށް ކަމަށާއި އައިޖީއެމްއެޗްގައި އަޅާ 25 ބުރީގެ އިމާރާތާއި ފިނޭންސް މިނިސްޓްރީގައި އަޅާ 25 ބުރީގެ އިމާރާތް ވެސް އަޅަނީ ތިން ގުނަ ބޮޑު އަގެއްގަ ކަމަށެވެ.

ބްރިޖް 300 މިލިއަން ޑޮލަރަށް ހަދާއިރު، ފިނޭންސް މިނިސްޓްރީގައި ހަދަން ނިންމި 25 ބުރީގެ އިމާރާތުގެ އަގަކީ 122 މިލިއަން ޑޮލަރެވެ. އަދި އައިޖީއެމްއެޗްގެ 25 ބުރީގެ ޓަވަރުގެ އަގަކީ 140 މިލިއަން ޑޮލަރެވެ.

އައިޖީއެމްއެޗް އާއި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބަޖެޓްގައި ނުޖަހައި ކުއްލިއަކަށް ބަޔަކާ ހަވާލުކުރީ، ކަޅު ފައިސާ ދޮއުމުގެ ގޮތުން ކަމަށް ތުހްމަތުކުރެ އެވެ.

ކޮންސްޓަރަކްޝަން ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވެސް އުޅުއްވާ އާޒިމް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫއުތަކެއް ހިންގިޔަސް ރައްޔިތުންނަށް އޭގެން ފައިދާއެއް ނުކުރާނަމަ ބޭނުމެއް ނެތް ކަމަށެވެ. އާޒިމް ވިދާޅުވީ ސަރުކާރުގެ އިސްވެރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވިޔަސް ރައްޔިތުންގެ ޖީބަށް އެންމެ ލާރިއެއް ވެސް އިތުރަށް ނުވަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ތަރައްގީއަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމާއި ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް އުޅެވުން ކަމަށެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ރައްޔިތުން ނިކަމެތި ވަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެފަދަ މަޝްރޫއުތަކުން ބޮޑެތި އަދަދުތަކުން ސަރުކާރުގެ އިސްވެރިން ވައްކަން ކުރަމުންދާއިރު، މާދަމާ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ބަލައިގެން ތިބެވޭކަށް ނެތްކަމަށެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރު ބަދަލުކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު އިއްތިހާދުން ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު