Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ކުޅުންތެރިންނަށް އިތުބާރު ހޯދޭނީ ނަތީޖާ ނެރެވިގެން: ގާޑިއޯލާ

ސިޓީގެ ކުޅުންތެރިންގެ އިތުބާރާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، ކުޅުންތެރިންނަށް އެމީހުންގެ އިތުބާރު އަލުން ހޯދޭނީ ނަތީޖާ ނެރެވިގެން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޑިސެމްބަރު 2024 | ހޮނިހިރު 02:48
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކުޅުންތެރިންނަށް އިތުބާރު ހޯދޭނީ ނަތީޖާ ނެރެވިގެން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސިޓީން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެވަޓަން އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެވަޓަންއާ ދެކޮޅަށް ސިޓީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ. ނަމަވެސް މިހާރު ޙާލަތު އޮތީ އެ މެޗުގެ ނަތީޖާ އެގޮތުގައި ނިކުންނާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ. މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ސިޓީން ތަނަވަސްކޮށް، ލަނޑު ވެސް ޖެހި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އެވަޓަން އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރިކަން ފާހަގަ ކުރަމުން ގާޑިއޯލާ ބުނީ، ސިޓީ އަށް އޮތީ ހިތްވަރާ އެކު ކުރިއަށް ދިޔުން ކަމަށެވެ.

މީގެ އިތުރުން ސިޓީގެ ކުޅުންތެރިންގެ އިތުބާރާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، ކުޅުންތެރިންނަށް އެމީހުންގެ އިތުބާރު އަލުން ހޯދޭނީ ނަތީޖާ ނެރެވިގެން ކަމަށެވެ. އަބަދު ވެސް އެކަން ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަށާއި، އެވަޓަންއާ ދެކޮޅަށް ދެއްކި ކުޅުމާ މެދު އޭނާ ހުރީ ހިތްހަމަ ޖެހިފައި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. މެޗުގައި ސިޓީން ލަނޑު ޖަހަން އެތައް މަސައްކަތްކޮށް، ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ތިން ދުވަސް ފަހުން ނިކުންނަން ޖެހެނީ ލެސްޓަރ ސިޓީއާ ދެކޮޅަށް ކަމަށާއި، އެ މެޗުގެ ކުރިން ބޭނުން ވަނީ ރަނގަޅު ރިކަވަރީއެއް ކަމަށެވެ. ޚާއްސަކޮށް އެ މެޗަށް ނިކުންނަން ޖެހޭނީ ނަފްސާނީ ގޮތުން ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި، މިވަގުތަށް ސިޓީ އަށް ބޭނުން ވަނީ އެކަން ކަމަށް ވެސް ގާޑިއޯލާ ވަނީ ފާހަގަ ކޮށްފަ އެވެ.

މި ސީޒަންގައި ސިޓީގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ސިޓީ ކުޅުނު 13 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ނުވަ މެޗަކުން ސިޓީ ވަނީ ބަލިވެފަ އެވެ. ލީގުގައި މިހާތަނަށް ސިޓީން 18 މެޗު ކުޅެފައިވާއިރު، އަށް މެޗުން ވަނީ މޮޅުވެފަ އެވެ. ހަ މެޗުން ބަލިވެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް 28 ޕޮއިންޓާ އެކު ސިޓީ އޮތީ ވެސް ހަތް ވަނައިގަ އެވެ. ލީގުގައި ދެން ސިޓީ އަށް އޮންނާނީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލެސްޓަރއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
18 މާރިޗު 2017

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު