Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޫލް ބިލިއަޑް

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

ސިންގަލްސް އިވެންޓުގެ ބަދަލުގައި މިކްސް ޑަބަލްސް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 18 މާރިޗު 2017 | ހޮނިހިރު 12:16
އަންހެން ކުޅުންތެރިއަކު ބިލިއަޑް ކުޅެނީ، ގައުމީ ލެވެލްގައި ބިލިއަޑް ކުޅޭ އަންހެން ކުޅުންތެރިން މަދު

އަންހެން ކުޅުންތެރިއަކު ބިލިއަޑް ކުޅެނީ، ގައުމީ ލެވެލްގައި ބިލިއަޑް ކުޅޭ އަންހެން ކުޅުންތެރިން މަދު

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ނިންމައި އިންޓަރ އޮފީސް ކޮމްޕެނީ ބިލިއަޑް މުބާރާތް މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނުން ބުނެފި އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި އަންހެން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދީފައި ވަނީ މިކްސް ޑަބަލްސްގެ އިވެންޓު ހިމަނައިގެންނެވެ.

މީގެ ކުރިން ސިންގަލްސް އިވެންޓް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް މިއަހަރުގެ މުބާރާތުގައި ކުރިއަށްދާނީ ޓީމް އިވެންޓާއި މިކްސް ޑަބަލްސް އެވެ.

އަންހެން ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދިނުމާއި ގުޅޭ ގޮތުން ބިލިއަޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އެކި މުބާރާތްތަކުގައި އަންހެން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަކީ އެ އެސޯސިއޭޝަނުން އަބަދުވެސް އިސްކަމެއްދީގެން ކުރަން މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން މިއަހަރަކީ އެކަމަށް މިސްރާބު ހިފައިގެން މަސައްކަތްކުރާ އަހަރެއް ކަމަށެވެ.

ބިޝާރު ވިދާޅުވީ ފިރިހެން ކުޅުންތެރިންނެކޭ އެއް ވަރަކަށް އަންހެން ކުޅުންތެރިންނަށް މި ކުޅިވަރުން ފުރުސަތު ދިނުމަށް ބޭނުންވާ ކަމަށާއި އަދި އެފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް އެ އެސޯސިއޭޝަނުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ގައުމީ ޓީމު ވާދަކުރާ ބައެއް އިންޓަނޭޝަނަލް މުބާރާތްތަކަށް އަލިއަޅުވާލަމުން ބިޝާރު ވިދާޅުވީ ގިނަ މުބާރާތްތަކަށް ދިއުމުގެ ފުރުސަތު އަބަދުވެސް ލިބެމުން އަންނަނީ އަންހެން ކުޅުންތެރިންނާއެކު ހިމެނޭ ޑަބަލްސް ޕެއާތަކަށް ކަމަށާއި އެގޮތުން އަންހެން ކުޅުންތެރިން ގައުމީ ލެވެލްގައި ކުޅެމުން ނުދިއުމުގެ ސަބަބުން އެފުރުސަތުތައް ގެއްލެމުންދާ ކަމަށެވެ.

ބިޝާރު ވިދާޅުވީ އުންމީދަކީ މިފަހަރުގެ އޮފީސް މުބާރާތުގައި ވީހާވެސް ގިނަ އަންހެން ކުޅުންތެރިން ބައިވެރިވެ ގައުމީ ލެވެލްގައި ކުޅޭނެ ކުޅުންތެރިންތަކެއް އެ އެސޯސިއޭޝަނަށް ލިބިގެން ދިއުން ކަމަށެވެ.

އޮފީސް މުބާރާތުގެ އިތުރުން އެ އެސޯސިއޭޝަނުން އަންނަނީ އަންނަ އެޕްރިލް މަހު އިންޓަރ ރިސޯޓް ބިލިއަޑް މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މި މުބާރާތަކީ އެ އެސޯސިއޭޝަނުން ރިސޯޓްތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަން މަސައްކަތްކުރާ ފުރަތަމަ މުބާރާތެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު