Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޖަރުމަނުގެ ޓާ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރަނީ

ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އާއި ޓާގެ އެޖެންޓު ޕިނީ ޒަހަވީއާ ދެމެދު ކާމިޔާބު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޑިސެމްބަރު 2024 | ހޮނިހިރު 12:48
ޖަރުމަނުގެ ޖޮނަތަން ޓާ

ޖަރުމަނުގެ ޖޮނަތަން ޓާ

ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ހޯދުމުގެ މަސައްކަތް، ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ހެމްބާގާ ދޫކޮށްލުމަށް ފަހު، އުމުރުން 28 އަހަރުގެ ޓާ ލެވަކޫސަން އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އޭނާގެ އެއްބަސްވުން އައު ކުރުމާ މެދު މިހާތަނަށް ލެވަކޫސަން އިން ވަކި ނިންމުމެއް ނުނިންމާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާ އިން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު އޭނާގެ އެއްބަަސްވުމުގެ މުއްދަތު ހަމަވުމުން، ހިލޭ ޓްރާންސްފާއެއްގައި އޭނާ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ބާސެލޯނާގެ އިތުރުން ޓާ ހޯދުމުގެ ޝައުޤުވެރިކަން ޖަރުމަނުގެ ބަޔާން މިއުނިކުން ގެންގުޅޭ ކަމަށާއި، ނަމަވެސް އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ ބާސެލޯނާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެގޮތުން ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ އާއި ޓާގެ އެޖެންޓު ޕިނީ ޒަހަވީއާ ދެމެދު ކާމިޔާބު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޒަހަވީ އަކީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ އެޖެންޓު ކަމަށްވާއިރު، ޓާ ހޯދުމުގައި ބާސެލޯނާ އިން ކުރި ހޯދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓާ ވަނީ މިހާތަނަށް ލެވަކޫސަން އަށް ކުޅެދިން 376 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. ލެވަކޫސަން އާއެކު އޭނާ ވަނީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭނާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

ބާސެލޯނާބަޔާ ލެވަކޫސަން ޖޮނަތަން ޓާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު