Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ދެކުނު ލުބުނާނަށް ޑްރޯން ހަމަލާ އެއް ދީފި

އިސްރާއީލުން ދެކުނު ލުބުނާނުގެ ރައްޔިތުންނަށް ގެއަށް އެނބުރި ނުދިއުމަށް އަންގާ އިންޒާރު ދީފައިވޭ

ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2024 | ހުކުރު 04:33
ދެކުނު ލުބުނާނުގައި އިޒްރޭލުގެ ހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތެއްގެ ކައިރިން ހިޒްބުﷲ ގެ ދިދަ ހިފައިގެން ދެމީހަކު ދުއްވާފައިދަނީ

ދެކުނު ލުބުނާނުގައި އިޒްރޭލުގެ ހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތެއްގެ ކައިރިން ހިޒްބުﷲ ގެ ދިދަ ހިފައިގެން ދެމީހަކު ދުއްވާފައިދަނީ

އިސްރާއީލާއި ލުބުނާނުގެ ހިޒްބުﷲ އާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވިތާ 24 ގަޑިއިރު ނުވަނީސް، ދެކުނު ލުބުނާނަށް އިސްރާއީލުން ޑްރޯން ހަމަލާއެއްދީ މަދުވެގެން 3 މީހުން ޒަޚަމްވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބުރާސްފަތި ދުވަހު ދެކުނު ލުބުނާނުގެ މަރްކަބާ އަވަށުގައި އެއްގަމު އުޅަނދަކަށް އަމާޒު ކޮށް މި ހަމަލާ ދިން ކަމަށް އިސްރާއީލުގެ އާމީ ރޭޑިއޯއިން އިތުރު ތަފްސީލެއް ނުދީ ރިޕޯޓުކޮށްފައިވެއެވެ.

ހިޒްބުﷲ ގެ ހަނގުރާމަވެރިންނާއި އިޒްރޭލާ ދެމުދު 14 މަސް ދުވަހަށްވުރެ ގިނަ ދުވަހު ހިނގި ހަނގުރާމައިގައި ބޮޑެތި ގެއްލުންތަކެއް ލިބި، ލުބުނާނަށް ދެމުންދިޔަ އަނިޔާވެރި ހަމަލާތަކުގެ މަޤްޞަދުތައް ހާސިލުނުވުމާ ގުޅިގެން، އިސްރާއީލަށް މަޖުބޫރުވީ ހިޒްބުﷲ އާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ ހުއްޓާލުމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރަސްމީކޮށް އަމަލުކުރަން ފެށުނީ ބުދަ ދުވަހުގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާ ގައި ފެށި ނަސްލު ފޮހެލުމުގެ ހަނގުރާމަ ފެށުމާއެކު، ޖެހިގެން އައި ދުވަހު ހިޒްބުﷲ އިން ފަލަސްތީނުގެ ރައްޔިތުންނާ ބައިވެރިވުމުގެ ގޮތުން އިސްރާއީލަށް ގިނަ އަދަދެއްގެ ހަމަލާތައް ދީފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިއުލާންކުރުމާއެކު، ހިޒްބުﷲ އިން އިންޒާރު ދީފައިވަނީ އިސްރާއީލުން ލުބުނާނަށް އިތުރު ހަމަލާއެއް ދޭން އުޅެފިނަމަ އެކަމަށް ފުރިހަމައަށް ތައްޔާރަށް ތިބިކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހިޒްބުﷲ އިން ހިންގި އެތައް ހާސް ކާމިޔާބު އޮޕަރޭޝަންތަކުގެ ސަބަބުން ވެވުނު އެއްބަސްވުމެއްކަމަށް ބުނެފައިވެއެވެ.

އަނެއްކޮޅުން، ބުދަ ދުވަހުގެ އެއްބަސްވުމާއެކު ދެކުނު ލުބުނާނުގެ ރަށްވެހިން އެނބުރި އެމީހުންގެ ގެދޮރަށް ދާން ފެށުމާއެކު ބުރާސްފަތި ދުވަހު އިސްރާއީލުގެ ސިފައިންވަނީ ދެކުނު ލުބުނާނުގެ ބޯޑަރު އަވަށް ތަކުގެ ރައްޔިތުންނަށް އިންޒާރުދީ، އެމީހުންގެ ގެދޮރަށް އެނބުރި ނުދިއުމަށް އަންގާފައެވެ.

އިތުރު އެންގުމެއް އަންގަންދެން، 10 އަވަށަކާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކަށް އެނބުރި ދިއުމަކީ މަނާ ކަމެއް ކަމަށް އިޒްރޭލުން އަންގާފައިވެއެވެ.

މަނާ ކޮށްފައިވާ ސަރަހައްދަށް އެނބުރިދާ ކޮންމެ މީހަކީވެސް އަމިއްލައަށް ނުރައްކަލަކަށް ހުށަހެޅޭ މީހެއް ކަމަށް ބުނެ އިސްރާއީލު ސިފައިން އިންޒާރުދީފައިވެއެވެ.                                                            

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު