Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ

މާޒިޔާގެ ފަރިތަކުރުންތައް ފަށައިފި

މާޒިޔާ އަކީ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ފަރިތަކުރުންތައް ފެށި ހަމައެކަނި ކުލަބެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2024 | ބުރާސްފަތި 07:57
މާޒިޔާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

މާޒިޔާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރެއިން

ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފަރިތަކުރުންތައް ފަށައިފި އެވެ.

މާޒިޔާ އިން އެ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ، އަންނަ އަހަރު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ މަސައްކަތް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީން ފަށާފައި ވަނިކޮށެވެ. އެގޮތުން އެ ކޮމެޓީން މަސައްކަތް ކުރަމުން އަންނަނީ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު މީގެ ކުރިން "ރާއްޖެ އެމްވީ" އަށް ވިދާޅުވެފައި ވަނީ ޖަނަވަރީ މަހުގެ 24 ވަަނަ ދުވަހު ސީޒަން ހުޅުވާ މެޗު ކުޅުމަށް ތާވަލްކޮށްފައިވާނެ ކަމަށެވެ. އަދި އެކަންކަމުގެ ތަފްސީލުތައް މިހާރު ކުލަބުތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި، ރާްއްޖޭގެ ލީގު ފަށަން މަސައްކަތް ކުރަމުން އަންނަނީ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. ޒުހޫރު ވިދާޅުވީ ސީޒަން ފެށުން ލަސް ކުރުމަށް ބައެއް ކުލަބުތަކުން އެދެމުން އަންނަ ކަމަށާއި، އެހެން އެދެނީ ކުލަބުތަކަށް ދިމާވެފައިވާ މާލީ މައްސަލައިގެ ސަބަބުން ކަމަށެވެ.

މާޒިޔާގެ ފަރިތަކުރުންތައް އެ ޓީމުގެ ކޯޗު ޑްރަގަން ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން ބުދަ ދުވަހު ފަށާފައިވާއިރު، މާޒިޔާ އަކީ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ފަރިތަކުރުންތައް ފެށި ހަމައެކަނި ކުލަބެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު