Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލުން ޣައްޒާ އަށް ބޮން އަޅާ މާބަނޑު އަންހެނަކާއި އިތުރު ފަލަސްތީނު ބަޔަކު ޝަހީދު ކޮށްލައިފި

އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 44،282 ފަލަސްތީނު މީހުން މަރުވެ، 104،880 މީހުން ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2024 | ބުރާސްފަތި 05:50
ޣައްޒާގެ އިމާރާތަކަށް އިޒްރޭލުން ބޮންއަޅާފައި (ފައިލް)

ޣައްޒާގެ އިމާރާތަކަށް އިޒްރޭލުން ބޮންއަޅާފައި (ފައިލް)

ބުދަ ދުވަހު ހަވީރު، ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ބައިތު ލަހިޔާ އަދި ދެކުނުގައިވާ ޚާން ޔޫނިސް އަށް ބޮން އެޅުމުގެ ސަބަބުން  މާބަނޑު އަންހެނަކާއި ފަލަސްތީނުގެ އިތުރު ދެ މީހުން ޝަހީދުވެއްޖެއެވެ.

ވަފާ ނިއުސް އިން ބުނިގޮތުގައި ބަނޑަށް ތިން މަހުގެ އަންހެނަކު ޝަހީދުވީ އިސްރާއީލުން ބައިތް ލަހިޔާގެ ތާލް އަލް-ޒައާތަރު ސަރަހައްދަށް ދިން ހަމަލާގައެވެ. އެ ހަމަލާގައި މަދުވެގެން ފަސް އާންމުން ޒަޚަމްވެފައިވެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ގެންދަނީ ޣައްޒާ ގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ނުރައްކާތެރި ހަނގުރާމައެއް ކުރަމުންނެވެ. ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 44،282 ފަލަސްތީނު މީހުން މަރުވެ، 104،880 މީހުން ޒަޚަމްވެފައިވެއެވެ.

މީގެ އިތުރުން، މަދުވެގެން 10،000 މީހުން ވަނީ ގެއްލިފައެވެ. އެމީހުން ވަނީ އިމާރާތްތަކުގެ ދަށުގައި މަރުވެފައިކަމަށް ލަފާކުރެވެއެވެ.

ފަލަސްތީނުގެ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާގޮތުގައި މަރުވި ނުވަތަ އަނިޔާވެފައިވާ މީހުންގެ ގިނަ އަދަދަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާ ސްޓްރިޕްގެ ހުރިހާ ކަންކޮޅަކުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ވަނީ މަޖުބޫރުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ. ހިޖުރަކުރި މީހުންގެ ބޮޑު ބައި ތޮއްޖެހިފައިވަނީ މިސްރާއި ޣައްޒާގެ ބޯޑަރުގައިވާ ރަފަހް ސިޓީއަށެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު