Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

މެޓްރޯގައި ބޮން ގޮއްވާލި މީހާއާ ގުޅުމެއް އޮތް ކަމުގެ ހެއްކެތް ނެތް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 12:37
ބޮން ގޮއްވި ސަރަހައްދު

ބޮން ގޮއްވި ސަރަހައްދު

ރަޝިއާގެ ސެއިންޓް ޕީޓަސްބާގްގެ މެޓްރޯގައި ހޯމަދުވަހު މެންދުރު ބޮން ގޮއްވާލި ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުދަދުވަހު ބުނެފިއެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ "ޓެރަރިސްޓް ހަަމަލާތަކަށް ވާގިވެރިވުމުގެ" ތުހުމަތުގައި ކަމަށާއި އެހެން ނަމަވެސް މެޓްރޯގައި ބޮން ގޮއްވާލި މީހާއާ ގުޅުމެއް އޮތް ކަމުގެ ހެއްކެތް ނެތް ކަމަށެވެ.

ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން "ދަ ރަޝިއަން އިންވެސްޓިގޭޓިވް ކޮމިޓީ" އިން ބުނީ ހައްޔަރު ކުރެވުނު މީހުންނަކީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ މީހުުން ކަމަށާއި، އެމީހުން ދިޔައީ ސެއިންޓް ޕީޓަސްބާގްގައި ދިރިއުޅެމުންދާ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ހިޖުރަވެރިން، އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ރެކްރޫޓް ކުރަމުން ކަމަށެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ސެއިންޓް ޕީޓަސްބާގްގެ މެޓްރޯގައި ހޯމަދުވަހު މެންދުރު ބޮން ގޮއްވާލީ އަކްބާޒޯން ޒަލިލޮވް ނަމަކަށް ކިޔާ ރަޝިއާއަށް އުފަން، ކިރިގިސްތާނަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށެވެ.

ދެ މެޓްރޯ ސްޓޭޝަންގެ ދެމެދުގައި ދިން ބޮން ގޮއްވުމުގެ ހަމަލާގައި 14 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު 50 މީހުން ޒަޚަމްވެފައި ވެއެވެ. ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން ވަނީ ބޮންގޮއްވުމުގެ ހާދިސާ ކުށްވެރިކުރައްވައި މަރުވި މީހުންގެ އާއިލާތަކާއި އަދި ރަހްމަތްތެރިންނަަށް ހަމްދަރުދީ ފޮނުއްވާފައެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަނީ މިހަަމަލާ ކުށްވެރި ކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު