Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން ލާރި ނުދީގެން ކުންފުނިތައް އިނދަޖެހެނީ

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ކަންބޮޑުވުން އެކުންފުނިތަކުން ދަނީ ހާމަ ކުރަމުންނެވެ. ރަސްމާލެ ހިއްކަން ހަވާލުކުރި ކުންފުނިންވެސް ވަނީ ފައިސާ ނުދީގެން މަސައްކަތް ހުއްޓާލާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2025 | ބުރާސްފަތި 10:24
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ސަރުކާރު ދަމަހައްޓައި ސަރުކާރު ދިފާއު ކުރަން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށާއި ރައީސް މުއިއްޒަށް ސަނާ ކިޔާ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނިން ސަރުކާރާމެދު ބޮޑު ވާހަކައެއް ބުނެފިއެވެ. އެތައް ކުންފުންޏަކުން ކެނޑިނޭޅި ދައްކަމުންދާ ވާހަކައެއްގެ ހަގީގަތް ވަރަށް ސާފުކޮށް އެބުނެދެނީ ސަރުކާރުގެ ކައްތިރިއެއްގެ ގޮތުގައި ހުންނެވި މަޖިލިސް މެންބަރެއްގެ ކުންފުނިންނެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި، މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެބުނީ އެކުންފުނިން މސައްކަތް ކުރަމުންދާ ނ. މަނަދޫ ސްކޫލުގެ މަޝްރޫއު ލަސްވީ ސަރުކާރުން ފައިސާ ދިނުމުގައި ވެސް ލަސްވާތީ ކަމަށެވެ.

މިއީ މިއަދުގެ ހާލަތެވެ. ސަރުކާރުގެ މަޝްރޫއުތައް ނަގާފައިވާ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާއެއް ސަރުކާރަކުން ދުލެއް ނުކުރެއެވެ. އެކަމަކު އެކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްތައް ބަރާބަރަށް ދައްކަން ޖެހެއެވެ.

ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ދޭން ޖެހިފައިވާ ކުންފުންޏެއްގެ އޯނަރު ބުނީ އޭނާގެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ އެކުންފުންޏަށް ނުލިބުމުގެ ސަބަބުން ކުންފުނި ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ބުނީ ސަރުކާރުން ފައިސާ ނުދިނަސް އެކުންފުނިން ސަރުކާރަށް ދޭން ޖެހޭ ޓެކްސް ބަރާބަރަށް ދައްކަން ޖެހޭ ކަމަށެވެ. ގެންގުޅޭ މީހުންނަށް މުސާރަދޭން ޖެހެއެވެ. ކުއްޔަށް ނަގާފައިވާ ތަންތަނުގެ ކުލިތައް ދައްކަން ޖެހެއެވެ. އެހެންކަމުން ފައިސާ ނުލިބި މިހާރު ކުންފުނި ވަނީ ހުއްޓާލަން ޖެހޭ ހިސާބުގައި ކަމަށެވެ.

އެފަދަ ކުންފުންޏެއްގެ އެހެން ވެރިއަކު ބުނީ ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވި ކުންފުނި ހުއްޓާލަން ޖެހިފައިވާއިރު ބައެއް މުވައްޒަފުން މިހާރު ތިބީ ކޯޓަށްދާ ހިސާބުގައި ކަމަށެވެ.

އޭނާ ބުނީ ސަރުކާރުން ފައިސާ ނުދިނަސް ސަރުކާރަށް ދައްކަންޖެހޭ އެއްޗެއް ބަރާބަރަށް ދައްކަންޖެހޭ ކަމަށާއި އެއިން އެއްޗެއް ނުދެއްކިއްޖެނަމަ ބޮޑުތަނުން ޖޫރިމަނާވެސް އަރާ ކަމަށެވެ.

ކުންފުންޏެއްގެ ވެރިއަކު އަދި އެހެން ވާހަކައެއްވެސް ބުންޏެވެ. އޭނާ ބުނީ ފައިސާ ހޯދަން އެދުމުން ކަޓެއްދޭން އެދޭ ކަމަށާއި އެކަޓްދޭނަމަ ފައިސާ ދިނުން އަވަސްކޮށްދޭނެ ކަމަށްވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބުނަމުންދާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިންގާތީ މަސައްކަތް ލިބުމުގައިވެސް ކުންފުނިތަކަށް ވަނީ ދަތިވެފައެވެ. ޕްރޮޖެކްޓެއް ހިންގުމުގެ ނަމުގައި ހަވާލު ކުރަނީ ސަރުކާރުގެ ކުންފުނިތަކަށެވެ. އެމްޓީސީސީއާއި އާރުޑީސީއަށެވެ. ނަމެއްގައި މަޝްރޫއު ހިންގަން އެކުންފުނިތަކާއެކު ސޮއި އެޅިނަމަވެސް މަޝްރޫއުތައް ހުންނަނީ ކުރިއަށް ނުގޮސް ނަމެއްގައެވެ.

އޭގެ އެއް ހެކި ފެންނަނީވެސް ސަރުކާރުން ފޮނިވެލާފައި ދައްކާ ވާހަކައަކުންނެވެ. ސަރުކާރުން ބުނާ ގޮތުން ސަރުކާރުގެ ޚަރަދު ދަނީ ކުޑަވަމުންނެވެ. ބަޖެޓް ދަނީ ސަރޕްލަސް ވަމުންނެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. ސަރުކާރުން މަޝަރޫއުތައް ހިންގާނެ ކަމަށް ބުނެ އެކަމަށް ކަނޑައެޅި ފައިސާ ޚަރަދެއް ނުކުރެއެވެ. މަޝްރޫއުތަކެއް ނުހިންގައެވެ.

2025ވަނަ އަހަރަށް އެކުލަވައިލައިފައިވާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް 12.4 ބިލިޔަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. އެކަމަކު މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ އެންމެ 3.4 ބިލިޔަން ރުފިޔާއެވެ. އަހަރު ދެބަޔަށްވުރެ ބޮޑުވެ އަހަރުގެ ފަހުކޮޅަށް އެޅެންދާއިރު ކަނޑައެޅި ބަޖެޓުން ހޭދައެކުރެވުނީ ހަތަރުބައިކުޅައެއްބައެވެ. ތަރައްގީގެ ދުވަލި ހުރި މިންވަރު ހާމަވާ މިއީ ސަރުކާރުގެ ތަފާސް ހިސާބުން ލިބިދޭ ހެއްކެވެ.

ކޮންމެއަކަސް ސައުދުﷲ ނުބުންޏަސް އޭނާގެ ކުންފުނިން އެބުނީ ބިރުވެރި ވާހަކައެކެވެ. ގައުމުގެ ހާލަތެވެ. ނަގޫ ފިތިފައި ހުރިވަރުން ސައުދުﷲ އަށް އެއްޗެއް ސީދާ ނުބުނެވުނު ނަމަވެސް ހަގީގަތްވާނީ ހަގީގަތަކަށެވެ. އޭގެ ދިރިހުރި މިސާލަކީ ސީދާ މުއިއްޒުގެ ޑްރީމް ޕްރޮޖެކްޓް ކަމުގައިވާ ރަސްމާލެ ހިއްކަން ގެނައި މީހުންވެސް އެދިޔައީ ފައިސާ ނުދީގެން ތަނަކާ ތަނެއް ޕްރޮޖެކްޓަކާ ޕްރޮޖެކްޓެއް ދޫކޮށްލާފައެވެ. ފައިސާ ނުދިނީމާ އެވަނީ ހިއްކަން ގެނައި ޑްރެޖަރުގަނޑުވެސް އެތަނުން ނަގާފައެވެ. މަ ބުންޏަކަސް މިއީކީ ތޯތޯ ވާހަކައެއް ނޫނެވެ.

ސައުދުﷲ ހިލްމީރައީސް މުއިއްޒުމިމްސް ކޮންސްޓްރަކްޝަންނ. މަނަދޫސަރުކާރުގެ ދަރަނިޕީއެސްއައިޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު