Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2026

ބަޖެޓު ބޮޑުވާ ސަބަބަކަށް މެންބަރު ސައުދުﷲ ވިދާޅުވީ ރައްޔިތުންނަށް އެއަރޕޯޓާ، ބަނދަރާ މަގުތައް ހަދައިދޭން ޖެހުން

1980 ގެ އަހަރުތަކުގައި ރައީސް ރަށަކަށް ދިއުމުން އެދެނީ މިސްކިތުގެ ވަޅަށް ދާންޏަކާ ކުނަލަކާ ބައްތި ދިއްލާނެ ތެޔޮ ފޮދެއް ހޯދަން ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ނޮވެމްބަރު 2025 | ބުދަ 08:07
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

އެއް އަހަރަށް ވުރެ އަނެއް އަހަރު ހުށަހަޅާ ދައުލަތުގެ ބަޖެޓު ބޮޑު ވަނީ ރައްޔިތުންނަށް އެއަރޕޯޓު އަޅައިދީ، ބަނދަރު ހަދައިދީ މަގުތައް ހަދައިދޭން ޖެހޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސައުދުﷲ މިހެން ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.

މެންބަރު ވިދާޅުވީ މީގެ ކުރިން 1980 ގެ އަހަރުތަކުގައި ނުވަތަ އެއަށް ވުރެ ކުރިން ރައީސަކު ރަށަކަށް ދިއުމުން ރައްޔިތުން އެދެނީ މިސްކިތުގެ ވަޅަށް ދާންޏަކާ، ކުނަލަކާ، ބައްތި ދިއްލާނެ ތެޔޮ ފޮދެއް ހޯދަން ކަމަށެވެ.

ނަމަވެސް މިހާރު ރައީސް ރަށްރަށަށް ވަޑައިގަތުމުން ރައްޔިތުން އެދެނީ އެއަރޕޯޓު އަޅައިދިނުމާ، ބަނދަރާ މަގު ހެދުން ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއު ތައް ހިންގުމަށް ކަމަށެވެ.

80 ގެ އަހަރުތަކުގަ ނޫނީ އޭގެ ކުރިން ރާއްޖޭގެ ރައީސް ރަށްތަކަށް ޒިޔާރަތް ކުރީމަ ރައްޔިތުން އެދެނީ އެދެނީ މިސްކިތުގަ ބައްތި ދިއްލާނެ ތެޔޮ ފޮދަކާއި މިސްކިތަށް ކުނަލަކާއި މިސްކިތުގެ ވަޅަށް ދާންޏެއް ހޯދަން. އެހެން ނަމަވެސް މިއަދު ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވީމަ ރައްޔިތުން ދަންނަވަނީ އެއާޕޯޓާއި ބަނދަރު ހެދުމާއި މަގު ހެދުމާއި އަދި އެ ނޫން ވެސް އުމްރާނީ އެތައް ތަރައްގީއެއްގެ ވާހަކަ. ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ހިޔާލު މިވަނީ ވަރަށް ބޮޑަށް މުއްސަނދި ވެފަ. ތަރައްގީ ވެފަ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ

މިއަދު ސަރުކާރަށް ޖެހިފައި ވަނީ ރައްޔިތުންގެ ވިސްނުމާ ރައްޔިތުންގެ މުހުތާދާ އެއްގޮތަށް، މިފަދަ ބޮޑެތި ކަންކަން ކުރަން ބަޖެޓުގައި ހިމެނުން ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

ރައްޔިތުން ސަރުކާރުގެ ކިބައިން އެދޭ ކަންކަމުގެ އަގު ބޮޑުވެ، ރައްޔިތުންގެ ޚިޔާލާ ވިސްނުން މުއްސަނދި ވެފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު އެމަނިކުފާނާ ސަރުކާރަށް ވެސް ރައްޔިތުން ބޭނުންވާ ކަންކަމާ، ރައްޔިތުންގެ ކަންބޮޑުވުމާ ހުރި ދަތިތައް އެނގޭ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.

ރައްޔިތުން އެދޭ ކޮންމެ ކަމެއް ކޮށްދޭން ދައުލަތަށް މަޖުބޫރުވާ ކަމަށް ވިދާޅުވެ ސައުދުﷲ ވަނީ އެހެން ކަމުން މި އަހަރު ތައްޔާރު ކުރެވާ އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރުމުގަ މި ކަންތައްތަކަށް ވަރަށް ބޮޑަށް ރައީސް އިސްކަން ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ސައުދުﷲ ވިދާޅުވީ މިއަދު ދައުލަތުގެ ބަޖެޓު ބޮޑުވާ ވާހަކަ ދައްކާއިރު ދައުލަތުން ޚަރަދު ކުރަންވާނީ ލިބޭ އާމްދަނީ އާއި ބައްދަލުވާ ގޮތެއްގައި ކަން ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.

ސައުދުﷲ ހިލްމީރައްޔިތުންގެ މަޖިލިސްއުމްރާނީ ތަރައްގީބަޖެޓް 2026

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު