Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްލާމީ ލީޑަރުންގެ ސަމިޓް

ޣައްޒާ, ލުބްނާން ހަނގުރާމައިގެ މަޝްވަރާ ތަކަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ސައުދީ އަށް

އާދީއްތަ ދުވަހު ސައުދީގެ ރަސްމީ ނޫސް އޭޖެންސީ އިން ބުނެފައިވާ ގޮތުގައި، މި ސަމިޓްގައި "ފަލަސްތީނުގެ ސަރަޙައްދުތަކަށާއި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، މި ސަރަޙައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާކުރެވޭނެއެވެ."

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 02:46
އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ޚާއްޞަ އަރަބި ލީޑަރުންގެ ސަމިޓުގައި ލީޑަރުން ފޮޓޯއަކަށް ހުއްޓިގެން

އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ޚާއްޞަ އަރަބި ލީޑަރުންގެ ސަމިޓުގައި ލީޑަރުން ފޮޓޯއަކަށް ހުއްޓިގެން

ސައުދީ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި، ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ޣައްޒާ އަދި ލުބްނާނު ގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ އަށް އަމާޒުކޮށްފައިވާ ސަމިޓަކަށް އަރަބި އަދި މުސްލިމް ލީޑަރުން ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

ސައުދީގެ ޚާރިޖީ ވަޒީރު މި ސަމިޓް އޮންނާނެ ކަން ފުރަތަމަ އިޢުލާން ކުރެއްވީ އޮކްޓޯބަރު މަހުގެ ފަހުކޮޅު، އިޒްރޭލު-ފަލަސްޠީނު މައްސަލައިގައި ދާއިމީ ހައްލެއް ހޯދުމަށް އިޒްރޭލާ އިންވެގެން ފަލަސްތީނުގެ ދައުލަތައް ގާއިމު ކުރުމަށް މަސައްކަތްކުރާ "ބައިނަލްއަޤްވާމީ އިއްތިހާދު"ގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އާދީއްތަ ދުވަހު ސައުދީގެ ރަސްމީ ނޫސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފައިވާ ގޮތުގައި، މި ސަމިޓްގައި "ފަލަސްތީނުގެ ސަރަޙައްދުތަކަށާއި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، މި ސަރަޙައްދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު މަޝްވަރާކުރެވޭނެއެވެ."

މި ސަމިޓު ބޭއްވޭ އިރު މީގެ އެއް އަހަރު ކުރިން ރިޔާޛް ގައި ބޭއްވުނު، އަރަބް ލީގު އަދި އިސްލާމިކް ކޯޕަރޭޝަން އޮގަނައިޒޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި، ޣައްޒާގައި އިޒްރޭލުގެ ބާރުތަކުން ހިންގަމުންދާ ޢަމަލުތަކަކީ "އަނިޔާވެރި" އަމަލެއް ކަމަށް ކަމަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ވިދާޅުވެ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވާފައިވެއެވެ.

އާދީއްތަ ދުވަހު ސައުދީގެ ސަރުކާރާ ގުޅުންހުރި އަލް-އިޚްބާރިއްޔާ ނިއުސް ޗެނަލުން ނައިޖީރިއާގެ ރައީސް ބޯލާ ޓިނުބު އަދި ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ ރިޔާޛަށް ވަޑައިގަތް މަންޒަރު ދައްކާފައިވެއެވެ.

ޕާކިސްތާނުގެ ޚާރިޖިއްޔާ އިން ފާއިތުވި ހަފްތާގައި ބުނެފައިވާ ގޮތުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި "ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، މި ސަރަޙައްދުގައި އިޒްރޭލުން ކުރަމުންދާ ނުރައްކާތެރި ކަންތައްތައް ވަގުތުން ހުއްޓާލުމަށް" ގޮވާލައްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އާދީއްތަ ދުވަހުގެ މެންދުރުފަހު، ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން، ވަނީ ހޯމަ ދުވަހުގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ޚާރިޖީ ވަޒީރުންގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައެވެ.

އޮކްޓޯބަރ 7، 2023 އިން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 43،603 ފަލަސްޠީނުން މަރުވެ، 102،929 މީހުން ޒަޚަމްވެފައިވެއެވެ. ޣައްޒާ އިން މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށް އދ އިން ވަނީ ބުނެފައެވެ.

ޣައްޒާ ގައި ހަނގުރާމަ ފެށި ފަހުން ލުބްނާން އަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 3،189 މީހުން މަރުވެ، 14،078 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް

04 މާރިޗު 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު