Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނިރޭސިވިލާތް އީޔޫއިން ވަކިވު

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 މާރިޗު 2017 | ހޯމަ 18:25
އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވޭ

އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވޭ

އިނގިރޭސި ވިލާތް އީޔޫއިން ވަކިވާކަން ޔޫރަޕިއަން ޔޫނިއަންއަށް ބޮޑުވަޒީރު ތެރީސާ މޭ އަންނަ ބުދަ ދުވަހު ރަސްމީކޮށް އަންގަވާނެ ކަމަށް އެކަމަނާގެ ތަރުޖަމާނު ހޯމަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ.

ޑައުނިންގް ސްޓްރީޓުން ބުނީ އީޔޫގެ މެމްބަރު 27 ގައުމަށްވެސް އެ ކަމަނާ ސިޓީ ފޮނުއްވާނެ ކަމަށެވެ.

މީގެ އިތުރުން ވަކިވުމުގެ މަޝްވަރާތައްވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ފެށުމަށް އުއްމީދު ކުރާކަމަށް ބުނެފައިވެއެވެ.

މި ނިންމުން އައިސްފައި މިވަނީ އެ ގައުމު އީޔޫއިން ވަކިވާން ފެނޭތޯ ނޫންތޯ ބެލުމަށް ވޯޓް ނެގިތާ ނުވަ މަސްފަހުންނެވެ.

މިދިއަ އަހަރު ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓްގައި އެގައުމު އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

ދެ އަހަރު ދުވަހަށް ބަހާލެވިގެން ގެންދާ މަޝްވަރާތަކުގެ ދަށުން އީޔޫއިން ވަކިވާނަމަ އެ ގައުމަށް އީޔޫއިން ވަކިވެވޭނީ 2019 ވަނަ އަހަރުގެ މާޗްމަހުއެވެ.

އިނގިރޭސި ވިލާތް އީޔޫއިން ވަކިވާކަން އީޔޫއަށް ނާންގާހާ ހިނދަކު ވަކިވުމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދި ވަކިވުމަށްފަހު ބާއްވާނެ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުން މާއްދާ 50 މަނާކުރެއެވެ.

ނަމްބަރ 10 ގެ ތަރުޖަމާނު ވިދާޅުވީ އިނގިރޭސި ވިލާތުން އީޔޫއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ސަރ ޓިމް ބެރޯ، މާއްދާ 50 ގައު ބުނާ ކަންކަން ފަށައިގަނެވޭނެ ދުވަސް ޔޫރަޕިއަން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

އީޔޫއިން ވަކިވުމުގެ މަޝްވަރާތައް ގެންދާގޮތުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އިނގިރޭސިންނަށް ފާޑުވިދާޅުވެއްޖެ

30 އޯގަސްޓު 2017
އީޔޫއިން ވަކިވުމުގެ މަޝްވަރާތައް ގެންދާގޮތުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އިނގިރޭސިންނަށް ފާޑުވިދާޅުވެއްޖެ
12 ޖުލައި 2017

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

12 ޖުލައި 2017
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން
11 ޖުލައި 2017

ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި

11 ޖުލައި 2017
ގަތަރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެެމެރިކާގެ ޚާރިޖީ ވަޒީރު ކުވައިތުގައި މަޝްވަރާތައް ބާއްވަވައިފި
11 ޖޫން 2017

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

11 ޖޫން 2017
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް
10 ޖޫން 2017

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް

10 ޖޫން 2017
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް: ޗާންސެލާ މާކެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު