Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖެފް ސެޝަންސް

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް ލިޔުމުން ޖަވާބު އަރުވާނެކަން ހާމަކުރީ ޖަސްޓިސް ޑިޕާޓްމަންޓުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 14:30
އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް

އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް

އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް މިދިޔަ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނުގައި ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރެއްވި ކުރެއްވުމާ ގުޅިގެން ސެނެޓުގެ ޑިމޮކްރޭޓުންގެ ސުވާލުތަކަށް ލިޔުމުން ޖަވާބު އަރުވާނެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފިއެވެ.

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް ލިޔުމުން ޖަވާބު އަރުވާނެ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނިއިރު، ރިޕަބްލިކަނުންގެ އިސް ބޭފުޅަކު ވަނީ ޖެފް ސެޝަންސް ޕަބްލިކް ހިއަރިންއެއްގައި ޖަވާބު އެރުވުމަށް ޑިމޮކްރޭޓުން އެދުނު އެދުމަށް އިންކާރުކޮށްފައެެެވެ.

މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭންގައި ރަޝިއާގެ އެމްބެސެޑަރާ ޖެފް ސެޝަންސް ބައްދަލު ކުރެއްވި ކުރެއްވުން ދާދި އިހަކަށް ދުވަހާ ހަމަޔަށް ހާމަނުވެ އޮތް އޮތުމާ ބެހޭގޮތުން ސެނެޓުގެ ޖުޑިޝަރީ ކޮމިޓީއަށް ޖެފް ސެޝަންސް ޖަވާބުދާރީވުމަށް އެދި، ސެނެޓުގެ ނުވަ ޑިމޮކްރޭޓުން ވަނީ ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޗަކް ގްރެސްލީއަށް ލިޔުއްވާފައެވެ. އެހެން ނަމަވެސް ގްރެސްލީ ވަނީ ޕަބްލިކް ހިއަރިން އަކަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެެވެ.

ޖެފް ސެޝަންސް ވަނީ، ސެނެޓުގެ ނުވަ ޑިމޮކްރޭޓުން ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޗަކް ގްރެސްލީއަށް ލިޔުއްވުމުގެ ކުރިން ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމާ ގުޅޭ ތަހުގީގުން އެއްފަރާތަށް ޖެހިވަޑައިގެންފައެވެ. ރަޝިއާގެ ނުފޫޒު އެމެރިކާގެ އިންތިޚާބަށް ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެފްބީއައި އިން ފަށާފައިވާ ތަހުގީގުން އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ދުރަށް ޖެހިވަޑައިގެންފައިވާއިރު، އެކަން އޭނާ ހާމަ ކުރައްވާފައި ވަނީ ނެރުއްވާފައިވާ ބަޔާނެއްގައެވެ.

ސެނެޓަރއެއްގެ ގޮތުގައި ކުރިން ހުންނެވި ޖެފް ސެޝަންސް މިދިޔަ ޖެނުއަރީގައި އޮތް ސެނެޓުގެ "ކޮންފަމޭޝަން ހިއަރިން" ގައި ރަޝިއާގެ އެމްބެސެޑަރާ އެއްވެސް ގުޅުމެއް އޮތްކަން ހާމަކޮށްފައެއް ނުވެއެވެ. ބުދަދުވަހު ސެޝަންސް ވިދާޅުވީ އޭނާ "ރަޝިއާގެ އެއްވެސް އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާ ކަމަށެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެފް ބޭޒަސް ޖައްވަށް ކުރި ދަތުރުގައި ދުނިޔޭގެ ރީތިކަން ފެނި ހައިރާން ވެއްޖެ

ޖެފް ބޭޒަސް ޖައްވަށް ކުރި ދަތުރުގައި ދުނިޔޭގެ ރީތިކަން ފެނި ހައިރާން ވެއްޖެ

21 ޖުލައި 2021
މިލިއަނަރު ޖެފްރީ އެޕްސްޓެއިން މަރުވެފައި އޮއްވާ ފެނިއްޖެ

މިލިއަނަރު ޖެފްރީ އެޕްސްޓެއިން މަރުވެފައި އޮއްވާ ފެނިއްޖެ

11 އޯގަސްޓު 2019
އެމެރިކާގެ ނޫސް މަޖައްލާއަކުން ބްލެކްމެއިލް ކުރިކަމަށް އެމޭޒަންގެ ޖެފް ބޭޒޮސް ކުރިތުހުމަތުކުރައްވައިފި

އެމެރިކާގެ ނޫސް މަޖައްލާއަކުން ބްލެކްމެއިލް ކުރިކަމަށް އެމޭޒަންގެ ޖެފް ބޭޒޮސް ކުރިތުހުމަތުކުރައްވައިފި

09 ފެބުރުއަރީ 2019
އެމެރިކާގެ އެޓަރނީ ޖެނެރަލް ޖެފް ސެޝަން އިސްތިއުފާ ދެއްވައިފި

އެމެރިކާގެ އެޓަރނީ ޖެނެރަލް ޖެފް ސެޝަން އިސްތިއުފާ ދެއްވައިފި

08 ނޮވެމްބަރު 2018
ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ކުރެވޭ ތަހުގީގުގައި ކުރެވޭ ސުވާލުތަކަށް ތައްޔާރު: ރައީސް ޓްރަމްޕް

ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ކުރެވޭ ތަހުގީގުގައި ކުރެވޭ ސުވާލުތަކަށް ތައްޔާރު: ރައީސް ޓްރަމްޕް

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު