Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުގެ އުދުވާނު

ޣައްޒާ، ލުބްނާނު، ސީރިޔާ އަށް އިޒްރޭލުން ބޮން އަޅާ އެތައް ބަޔަކު މަރާލައިފި

11 ނޮވެމްބަރު 2024 | ހޯމަ 01:49

ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ކުއްލިއަކަށް ޣައްޒާގެ ޖަބާލިޔާ އަށް ދިން ވަރުގަދަ ހަމަލާއާއެކު މީހުންގެ ހަށިތައް ކުދިކުދި ވެގެން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވޭ

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2024 | ހޯމަ 01:49
އިޒްރޭލުން ލުބްނާންގެ އަލްމާޓް އަވަށަށް އިން ހަމަލާ އަށް ފަހު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ، 23 މީހުން މިހަމަލާގައި މަރުވި

އިޒްރޭލުން ލުބްނާންގެ އަލްމާޓް އަވަށަށް އިން ހަމަލާ އަށް ފަހު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ، 23 މީހުން މިހަމަލާގައި މަރުވި

ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާގައި އިޒްރޭލުގެ ބާރުތަކުން ދިން ހަމަލާއެއްގައި 36 މީހުން މަރާލުމާއި، ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ އުތުރުގައިވާ އަލްމާޓް އަވަށަށް ދިން ހަމަލާގައި 23 މީހުން މަރާލުމާ ގުޅިގެން ފަލަސްޠީނުގެ އަދި ލުބްނާނުގައި މަރުވި މީހުންގެ އާއިލާތަކުން ގެންދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި އިޒްރޭލުން އަނިޔާވެރި މަރުގެ ހަމަލާތައް ދެމުންދާތާ 400 ދުވަސް ހަމަވި ދުވަހު ޖަބާލިޔާ އަށް މި ދިން ހަމަލާއަކީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލާ ކުއްލިއަކަށް ދިން ވަރުގަދަ ހަމަލާއެއް ކަމަށާއި، ހަމަލާގެ ބާރު ގަދަ ކަމާއެކު މީހުންގެ ހަށިތައް ކުދިކުދި ވެގެން ދިޔަ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓުކޮށްފައިވެއެވެ.

ޖަބާލިޔާގެ ވަޒަންވެރިން ހަމަލާ އަށް ފަހު ބުނީ، އެއްވެސް ފަރާތަކުން އެހީ އެއް ލިބުމަށް އުއްމީދު ނުކުރާ ކަމުގައެވެ.

ޣައްޒާގެ މެޑިކަލް ވަސީލަތްތަކުން ބުނިގޮތުގައި އާދީއްތަ ދުވަހު އިޒްރޭލުގެ ބާރުތަކުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 49 ފަލަސްޠީނު މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއާއެކު ލުބުނާނުގައި، އެދުވަހު އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 38 ށް އަރާފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ބުންޏެވެ.

އަނެއްކޮޅުން، އިޒްރޭލުގެ ބާރުތަކުން ސީރިއާގެ ވެރިރަށް ދިމިސްގަށް ވެސް ބޮންއެޅިއެވެ. އިޒްރޭލުން އާންމުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ މަދުވެގެން 7 މީހުން މަރާލިކަމަށް ސީރިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

އޮކްޓޯބަރ 7، 2023 އިން ފެށިގެން ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 43،603 ފަލަސްޠީނުން މަރުވެ، 102،929 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާ ގައި ހަނގުރާމަ ފެށި ފަހުން ލުބްނާނަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 3،189 މީހުން މަރުވެ، 14،078 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް