Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް

އުމުރުން ދުވަސްވީ މީހުންނަށް ދޭ 5000ގެ ބަދަލުގައި ބަޖެޓުގައި އޮތީ 4000 ރުފިޔާ ޖަހާފައި - ބިގޭ

8 ނޮވެމްބަރު 2024 | ހުކުރު 07:53

އުމުރުން ދުވަސްވީ މީހުންނާއި އޮޅުވާލުމާއި މަކަރު ހަދައިފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ނޮވެމްބަރު 2024 | ހުކުރު 07:53
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އުމުރުން ދުވަސްވީ މީހުންނަށް ދޭ 5000ގެ ބަދަލުގައި 2025 ވަނަ އަހަރުގެ ބަޖެޓުގައި އޮތީ 4000 ރުފިޔާ ޖަހާފައި ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާފައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ މި ސަރުކާރުން ދޮގާއި، މަކަރާއި އޮޅުވާލައިފި ކަމަށެވެ. ދޮގާއި މަކަރާއި އޮޅުވާލައިގެން ވެރިކަމަށް އައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ވެރިކަމަށް އައިސް ރައްޔިތުންނަށް ހަނާކޮށްފި ކަމަށާއި، ބަނޑުފުރާނަމުއްތި ނުކުރެވޭނެ ވަރަށް ތަކެތީގެ އަގުބޮޑުކޮށްފި ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބަޖެޓަށް އިޝާރާތްކުރައްވާ ބިގޭ ވިދާޅުވީ ބަޖެޓް ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީއާއި ގާނޫނުގައި ވަރަށްސާފުކޮށް، ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭންޖެހޭ ކަމަށް ބުނެފައިވާ ކަމަށާއި، އެކަން ކުރުމަށް ކައުންސިލްތަކަށް މަޖުބޫރުކޮށްފައިވާއިރު، ކައުންސިލްތަކުން އެކަމާއި ގުޅިގެން ދައުވާވެސް ކުރެވޭނެކަމަށް ބުނެފައިވާއިރު، އެވަރުކަމެއްގައި ގާނޫނާއި ގާނޫނުއަސާސީއާއި ހިލާފަށް އޮޅުވާލައިގެން ލާމަރުކަޒީ ގާނޫނުގެ ތެރެއިން ދޭންޖެހޭ ބްލޮކް ގްރާންޓް ދިނީ އެތައް ބައެއް ކުޑަކޮށް ކަމަށެވެ.

ބިގޭ ވިދާޅުވީ މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި، ކައުންސިލް މެންބަރުންނަށް އެކަނި ދޫކޮށްލައިގެން ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ބިގޭ ވިދާޅުވީ ގާނޫނާއި ހިލާފަށް އެތަކެއް ކަމެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އެންމެ ކަންބޮޑުވާ ކަމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަންކަން ކަށަވަރުކުރުމަށް، ރައްޔިތުންގެ ކަންކަން ކުރިއެރުވުމަށް ދޭންޖެހޭ ފައިސާ އުނިކުރުން ކަމަށެވެ.

ބިގޭ ވިދާޅުވީ މިވަގުތުގެ މާލީ ވަޒީރު ގާނޫނާއި ހިލާފަށް މަޖިލީހަށް ބަޖެޓް ހުށަހަޅާފައި އޮތުމަކީ ގާނޫނީ ހަމަތަކުން އެ ވަޒީރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ހަމަނުވުން ކަމަށެވެ. ބިގޭ ވަނީ ގާނޫނާއި ގާނޫނުއަސާސީއާއި ހިލާފަށް ނުތިބޭނެ ވަޒީރުން އަމިއްލައަށް އިސްތިއުފާދިނުމަށް ގޮވާލާފައެވެ.

ބިގޭ ވިދާޅުވީ ތަކެތީގެ އަގަށް ބަދަލު އައިސްފައިވާއިރު، ބަޖެޓުން އެނގެނީ ރައްޔިތުން ހަނާވާވަރަށް ޓެކްސް ބޮޑުކުރިތަން ކަމަށާއި، އަސާސީ ބާވަތްތަކުން ސަބްސިޑީގެ ބޮޑުބައެއް އުނިކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ ޖީބަށް އާމްދަނީ ނުވަންނަ ނަމަ މިއީ ރައްޔިތުންނަށް ލިބޭނެ ތަކުލީފަކަށް ވެގެންދާނެކަމަށެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް