Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓް

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

މަރުވީ 76 އަހަރުގެ މީހެއް

އާލާ އިބުރާހިމް
އާލާ އިބުރާހިމް | 9 ޖެނުއަރީ 2017 | ހޯމަ 14:26
ހދ. ނޮޅިވަރަންފަރު

ހދ. ނޮޅިވަރަންފަރު

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ޢުމުރުން 76 އަހަރުގެ މި ފިރިހެން މީހާ މަރުވެފައި އޮތްވާ ފެނިފައިވަނީ އެރަށު އެލިއާ ޖެޓީ ކިޔާ ސަރަޙައްދު މޫދުގައި އޮއްވައެވެ. މަރުވީ ކިހިނެތްކަން ބެލުމަށް ފޮރެންސިކް ޓީމުން ތަހުގީގު ކުރަމުންދާއިރު، އެމީހާގެ ޢާއިލާ އިތުރު އެއްވެސް މީހަކު ނެތް ކަމަށް ނޮޅިވަރަމް ޞިއްޚީ މަރުކަޒުން މަޢުލޫމާތުދެއެވެ.

Advertisement - newsAdvertisement

ޞިއްޙީ މަރުކަޒުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި މޫސާ އިބްރާހިމް ނަމަކަށް ކިޔާ މި މީހާއަކީ ނަފްސާނީ މައްސަލަތަކަށް ބޭސް ބޭނުންކުރާ މީހެއް ކަމަށް އޭނާގެ ގޭގައި ހުރި ބައެއް ލިޔެކިޔުންތަކުން އެނގެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ބޭސް ބޭނުންކުރިކަން ނުވަތަ ނޫންކަން ވެސް އަދި ކަށަވަރެއް ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މޫސާ އިބްރާހިމްއާއި އެންމެ ފަހުން ބައްދަލުވެފައިވަނީ އޭނާ ބެލުމަށް ދޭތެރެއަކުން އެގެއަށް ދާ ރަޙުމަތްތެރިއަކާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާއާ ޙަވާލާދީ ޞިއްޙީ މަރުކަޒުން ބުނީ ރޭ ދަންވަރު 01:30 ހާއިރު މޫސާ އިބްރާހިމްގެ ގެއަށް ދިޔައިރު އޭނާ ބޮޑުކަމު ދެވިފައި އޮތުމުން ސާފުޠާހިރު ކުރުމަށް ފަހު އެނބުރި ދިޔައީ ކަމަށެވެ. އޭގެ ފަހުން އިވުނީ މަރުވި ޚަބަރު ކަމަށް އޭނާ ބުނި ކަމަށް ޞިއްޙީ މަރުކަޒުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.

ހދ. ނޮޅިވަރަންފަރު ކައުންސިލް މެމްބަރު މުޙައްމަދު ސަލީމް ވިދާޅުވީ މޫސާ އިބްރާހިމް އަކީ އަމިއްލައަށް ހިނގާބިނގާވެ އުޅެވޭ މީހެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް ތަންތާ ހިފަހައްޓައިގެން އުޅެވޭ ކަމަށް މުޙައްމަދު ސަލީމް މަޢުލޫމާތު ދެއްވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ އިބްރާހިމް މަރުވެފައި އޮތްވާ ފެނުނު އެލިއާ ޖެޓީ ސަރަޙައްދާއި އޭނާގެ ގެއާ ދެމެދު ހުންނާނީ 500 ވަރަކަށް މީޓަރެވެ.

މޫސާ އިބްރާހިމްގެ މަރާ ގުޅޭ އިތުރު ތަފްޞީލެއް ހޯދުމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ގުޅާލުމުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މަޢުލޫމާތެއް ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު