Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

މިއީ ސަރުކާރު ހިންގަން ފައިސާ ހޯދަން ކުރާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 14:25
ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް

ރާއްޖެ އެތެރެކުރާ ސޮފްޓް ޑްރިންކާއި އެނާރޖީ ޑްރިންކްގެ އިތުރުން ސިގިރެޓުން ޑިއުޓީ ބޮޑުކުރަނީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭން ވެގެންނޭ ބުނެ، ޑިއުޓީ ބޮޑު ކުރިޔަސް އެއީ ކޮންމެހެން ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރަށް ފައިސާ ހޯދުމަށް ކުރާ ކަމެއް ކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު އެގޮތަށް ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި އޮތީ ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ސޮފްޓް އަދި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމެވެ.

Advertisement - newsAdvertisement

"ވަރަށް ބޮޑުތަކުން އަޅުގަނޑު ތާއީދުކުރާ ބިލެއް މިއީ. މިބިލަށް އަޅުގަނޑު ތާއީދުކުރާ ސަބަބަކީ ދިވެހި ރައްޔިތުންނަށް މުސާރަ ނުދެވި ފަގީރުވެގެން، ދިވެހި ރައްޔިތުންގެ ހާލަތު ދަށަށްދާތީ ސަރުކާރަށް ޓެކްސް ނަގައިގެން ރައްޔިތުންނަށް ބޭނުންވާ ހިދްމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން މިބިލަށް ތާއީދު ކުރަނީ. ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދޭން ބޭނުންވެގެން ނަގާ ޓެކްސެއް ނޫން މިއީކީ. މިއީ ކަނޑައެޅިގެން ސަރުކާރު ހިންގަން ފައިސާ ހޯދަންވެގެން ނަގާ ޓެކްސެއް،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސިއްހަތަށް އިސްކަންދޭ ނަމަ ސޮފްޓް ޑްރިންކާއި އެނާރޖީ ޑްރިންކްސް ދައުލަތުގެ މީޑިއާއިން ޕްރޮމޯޓް ނުކުރީސް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސިގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރާއިރު، ދިވެހި ރައްޔިތުން ސިގިރޭޓާ ދުރުކުރަން ސަރުކާރުން ކޮށްފައިވާ ކަމެއް، ހިންގާފައިވާ ޕްރޮގްރާމެއް ނެތް ކަމަށާއި ސިގިރޭޓުން ސިއްހަތަށް ލިބޭގެއްލުމުން ރައްޔިތުން ދުރުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ޚަރަދުވާ ފައިސާ މިހާތަނަށް ވެސް ސިގިރޭޓުން ނަގާ ޑިއުޓީންނާއި ސިގިރޭޓުން ނަގާ ޓެކްސްއިން ދިވެހި ދައުލަތަށް ލިބިފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެންވީމާ މިއީ ކޮންމެހެން ދިވެހި ރައްޔިތުންގެ ސިއްހަތާ މެދު ސަރުކާރުން ވިސްނާތީ ކުރާކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ މާލޭގައި ވެހިކަލްތައް ގިނަވާތީ އެއްގަމުގައި ދުއްވާ ވެހިކަލުން ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމިއިރު، އައްޑޫ އާއި ލާމު އަތޮޅު ފަދަ ބޮޑެތި އަތޮޅުތަކަށް އެއްގަމުގައި ދުއްވާ ވެހިކަލްތައް އާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ރަށްރަށަށް ގެންނަ ވެހިކަލްތަކުން ވެސް ޓިއުޓީ ބޮޑުކޮށްފައިވާތީ އެކަން މަޖިލީހުގެ ބަޖެޓް ކޮމެޓީގައިވެސް އެވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި މި ބިލް ހުށަހެޅި އިރު ރަށްރަށަށް ގެންނަ ވެހިކަލްތަކުން ޑިއުޓީ ކުޑަކުރުމަށް ހިމަނާފައިނުވާތީ އެއީ މިއީ ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދިގެން ކުރާ ކަމެއް ނޫންކަން އެނގިގެންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު