Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރު

ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި

އެންމެ ބޮޑެތި ޓެންޓްތައްވެސް ޚާއްސަ ކުރަނީ ޤަތަރަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2017 | ބުރާސްފަތި 16:42
ހައްޖުވެރިން: ޤަތަރު ހައްޖާޖީންނަށް ޚާއްޞަ ގޮތެއް ހަދައިދޭން ސައޫދީން ވަނީ ނިންމާފައި

ހައްޖުވެރިން: ޤަތަރު ހައްޖާޖީންނަށް ޚާއްޞަ ގޮތެއް ހަދައިދޭން ސައޫދީން ވަނީ ނިންމާފައި

ސައޫދީ އަރަބިއްޔާއާއި ގުޅިފައިވާ ބައެއް ޢަރަބި ޤައުމުތަކުން ގުޅުން ކަނޑާލާފައިވާ ޤަތަރުން މިއަހަރު ހައްޖަށްދާ 2400 ހައްޖާޖީންނަށް 4000 ސްކުއަރ މީޓަރުގެ ސަރަހައްދެއް ޚާއްޞަ ކޮށްފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައޫދީން މިގޮތަށް ހާމަކޮށްފައި މިވަނީ ސައޫދީގެ އަލް އަރަބިއްޔާ ނޫހަށް ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ އަންޑަރ ސެކްރެޓަރީގެ ތަރުޖަމާން ޑރ ހުސައިން އަލް ޝާރިފް އެވެ.

ޝާރިފް ވިދާޅުވީ މިއަހަރު ޤަތަރުން ހައްޖަށްދާ 2400 ހައްޖާޖީންނަށް 4000 ސްކުއަރ މީޓަރގެ ސަރަހައްދެއް ޚާއްޞަ ކޮށްފައިވާނޭ ކަމަށެވެ. އަދި މުޅި ދުނިޔެއިން ވެސް އަންނަ ހައްޖާޖީންނަށް ޖަހައިދޭ ޓެންޓް ތަކުގެ ތެރެއިންވެސް އެންމެބޮޑު އެއްޓެންޓްތައް ޚާއްޞަ ކުރާނީ ޤަތުރު ހައްޖުވެރިންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޤަތުރު ހައްޖުވެރިންނަށް ޚާއްޞަ ކުރާ ސަރަހައްދަކީ އެމީހުން އެންމެ ބޮޑަށް ތިބެން ބޭނުންވާ ސަރަހައްދުން ކަމަށާއި އެއީ އަލް ޖަމްރާތު ބްރިޖްއަށް ދެވެން އޮންނަ މައި މަގު ކަމުގައިވާ ސޫކް އަލް އަރަބް މަގާއި އިންވެގެން ކަމަށެވެ.

މީގެ އިތުރުން ސައޫދީން ވަނީ އިލެކްޓްރޯނިކް ހުއްދައާއި ނުލައި، އެއްގަމު މަގުން، ޤަތަރުގެ ހައްޖުވެރިން ސައުދީއަށް ވަނުމަށް ހުއްދަ ދިނުމަށާއި، އެކަމަށް މަގުފަހި ކުރުމަށް ޤަތަރު-ސައުދީ އެއްގަމު ބޯޑަރު ހުޅުވާލުމަށް ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަމުރު ކުރައްވާފައެވެ.

ސައުދީ ރަސްގެފާނު މިފަދައިން ނިންމެވީ ޤަތަރުގެ ކުރީގެ އަމީރު، ޝައިޚް ޢަބްދުﷲ ބިން އަލީ ބިން ޢަބްދުﷲ ޤާސިމް އަލް ޘާނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އާއި ބައްދަލުކުރައްވައި، ކުރިއަށް ގެންދެވި މަޝްވަރާތަކާއި ގުޅިގެންނެވެ.

ސައުދީ ރަސްގެފާނުގެ ޚާއްސަ ޤަރާރަކުން ނިންމަވާފައިވާ ނިންމެވުމުގައި ވަނީ، ސަލްވާ ބޯޑަރު ހުޅުވާލުމަށާއި، ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ބޭނުންވާ ޤަތަރުގެ ހުރިހާ ރައްޔިތުންނަށް، އިލެކްޓްރޯނިކް ހުއްދައާއި ނުލައި، އެ ފުރުޞަތު ފަހި ކޮށްދިނުމަށެވެ.

މީގެ އިތުރުން ދައްމާމްގައި ހުންނަ ކިންގް ފަހަދު އިންޓަރނޭޝަނަލް އެއާޕޯޓާއި، އަލް އަހްސާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތިބި ޤަތަރުގެ ހައްޖުވެރިން، އެއްވެސް އަގަކާއި ނުލައި، މައްކާއަށް ގެންދިއުމަށް ވެސް ރަސްގެފާނު ވަނީ އަމުރު ކުރައްވާފައެވެ. އަދި ހައްޖަށް ދާން ބޭނުންވެފައި، ޤަތަރުގައި ތިބި ފަރާތްތައް ހައްޖަށް ގެންދިއުމަށް ދޯހާ އާއި ޖިއްދާ އާއި ދެމެދު ސީދާ ފްލައިޓަތަކެއް އުދުހުމަށް ސައުދީ އަރަބިއަން އެއާލައިންސްއަށް ވެސް އަންގަވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ނުރުހުމުގައި ޔޫއޭއީގައި ބަންދުކުރި ކަމަށް ބުނެފި

ޤަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ނުރުހުމުގައި ޔޫއޭއީގައި ބަންދުކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2018
ޤަތަރުގެ މައްސަލަ: އޯޕެކް ބައްދަލުވުމާއި ދިމާކޮށް މައްސަލަ އިތުރަށް ހޫނުވަނީ

ޤަތަރުގެ މައްސަލަ: އޯޕެކް ބައްދަލުވުމާއި ދިމާކޮށް މައްސަލަ އިތުރަށް ހޫނުވަނީ

25 ނޮވެމްބަރު 2017
ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ

ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ

14 ނޮވެމްބަރު 2017
ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!

ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!

09 ނޮވެމްބަރު 2017
އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު