Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

ޤަތަރުގެ މައްޗަށް ގަދަވެގަންނަން ބަޔަކު ދަނީ މަސައްކަތް ކުރަމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ޖުލައި 2017 | ހޮނިހިރު 05:27
ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލް-ޡާނީ

ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލް-ޡާނީ

ގަލްފުގެ ބައެއް ޤައުމުތަކުން ޤަތަރު ހިޞާރުކޮށްފައިވާ ވުމަކީ މީގެ ކުރިން ފެނިގެން ގޮސްފައި ނުވާފަދަ ހިޞާރުކުރުމެއް ކަމަށާ، އެ ޤައުމުތަކުން މަސައްކަތްކުރަނީ ޤަތަރު ލައްވައި ގޯހެއް ހެދުވުމަށް ކަމަށް ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލް-ޡާނީ ވިދާޅުވެއްޖެއެވެ.

ގަލްފުގެ ޤައުމުތަކުން ޤަތަރާއި ގުޅުން ކަނޑާލައި، ގަލްފުގައި ސިޔާސީ، އިޤުތިޞާދީ ހަމަނުޖެހުމެއް ފެށިފަހުން ފުރަތަމަ ފަހަރަށް ޤައުމާއި މުހާތަބު ކުރައްވާ، ޝައިޚް އަލް-ޡާނީ ވިދާޅުވީ، ޤަތަރާއި ދެކޮޅަށް ދޮގު މަޢުލޫމާތު ފަތުރައި، ދޮގު ތުޙުމަތުކޮށް، ޤަތަރުގެ މައްޗަށް ގަދަވެގަންނަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝައިޚް އަލް-ޡާނީ ވިދާޅުވީ، ޤަތަރާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި ދެމެދު ހާރިޖީ ކަންކަމުގައި ޚިޔާލުތަފާތުވުން ހުރި ކަމަށާ، ޓެރަރިޒަމަށް ހިތްވަރުދެނީ ކޮން ބައެއް ކަމާއި މެދު ޚިޔާލު ޚިލާފު ކަމަށެވެ.

މައްސަލަ ހައްލުކުރެވިދާނެ މަގެއް ހޯދުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝައިޚް އަލް-ޡާނީ ވިދާޅުވީ، ބޮއިކޮޓްކުރުމަކީ ކުރިއަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށާ، ހައްލު ލިބޭނީ، ހުރިހާ ޤައުމެއްގެ ޤައުމީ ސިޔާދަތަށް އިހުތިރާމްކޮށްގެން، އަމުރު ކުރުމުގެ ބަދަލުގައި މަޝްވަރާކޮށްގެން ކަމަށެވެ.

ގަލްފުގެ ޤައުމުތަކުން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ސަބަބުން ޤަތަރުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ޤަބޫލުކުރައްވާކަމަށް ވިދާޅުވެ، ސިޔާސީ މައްސަލަތަކުގައި ރައްޔިތުން ނިކަމެތި ނުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޝައިޚް އަލް-ޡާނީ ޤައުމާއި މުހާތަބު ކުރެއްވުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ގަލްފުގެ މައްސަލަ ފެށުނު ދުވަސްވަރު، ޖޫން 6 ވަނަ ދުވަހުއެވެ. ނަމަވެސް ކުވެއިތުގެ އަމީރުގެ ލަފާގެ މަތިން، މައްސަލަ އިތުރައް ހޫނުވެގެން ހިނގައިދާނެ ކަމެއް ނުކުރެއްވުމަށް، ޤައުމާއި މުހާތަބު ކުރެއްވުން ލަސްކުރެއްވީއެވެ.

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

ދޮގު ޚަބަރު ލިޔެގެން މަޝްޙޫރުވި ޕޯލް ހޯނަރ މަރުވެފައި އޮއްވާ ފެނިއްޖެ! މިއީ ތެދު ޚަބަރެއް!

27 ސެޕްޓެމްބަރު 2017
ދޮގު ޚަބަރު ލިޔެގެން މަޝްޙޫރުވި ޕޯލް ހޯނަރ މަރުވެފައި އޮއްވާ ފެނިއްޖެ! މިއީ ތެދު ޚަބަރެއް!
03 އޯގަސްޓު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް: ރަޝިއާ

03 އޯގަސްޓު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ "ވިޔަފާރީގެ ހަނގުރާމައެއް ކުރުން" ފަދަ ކަމެއް: ރަޝިއާ
18 ޖުލައި 2017

މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން

18 ޖުލައި 2017
މިއީ އުތުުރު ކޮރެއާއާ އެކު މަޝްވަރާކުރަން ޖެހޭ ވަގުތެއް ނޫން: ޖަޕާން
10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
02 ޖުލައި 2017

ސައުދީ ރަސްގެފާނު ކަލާންގެއާއި އެއްފަދަކުރި ނޫސްވެރިޔަކު ސަސްޕެންޑުކޮށްފި

02 ޖުލައި 2017
ސައުދީ ރަސްގެފާނު ކަލާންގެއާއި އެއްފަދަކުރި ނޫސްވެރިޔަކު ސަސްޕެންޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު