Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރުގެ މައްސަލަ

އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

ޒާރިފްގެ ދަތުރުފުޅަކީ ގަތަރުގެ މައްސަލަ ފެށުނު ފަހުން އެގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 01:54
ޒާރިފްގެ ދަތުރު ފުޅަކީ ގަތަރުގެ މައްސަލަ ފެށުނު ފަހުން އެގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު

ޒާރިފްގެ ދަތުރު ފުޅަކީ ގަތަރުގެ މައްސަލަ ފެށުނު ފަހުން އެގައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު

ގަތަރާމެދު ގަލްފްގެ ބައެއް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ވެފައިވަނިކޮށް، ދެގައުމުގެ ގުޅުން ރަނގަޅުކޮށް އެއްބާރުލުން އިތުރުކުމަށް ވާހަކަ ދެއްކުމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދް ޒާރިފް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޘާނީއާ ބައްދަލުކުރައްވައިފިއެވެ.

މިއީ ޖޫން މަހުގެ ފަސްވަނަ ދުވަހު ސައުދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ، ބަހްރެއިނާ މިސްރުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅިފަހުން އީރާނުގެ ޚާރިޖީވަޒީރު ގަތަރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އަންގާރަ ދުވަހު ބޭއްވުނު ބައްދަލުވުމާ ބެހޭގޮތުން ގަތަރު ނިއުސް އޭޖެންސީން ގެނެސްދިން ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުންރަނގަޅުކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދެވިދާނެ ގޮތްތައް ބެލުމުގެ އިތުރުން މިހާރު ދިމާވެފައިވާ ހާލަތާ ގުޅޭގޮތުން ވިސްނުން ހިއްސާކުރެއްވި ކަމަށެވެ.

ޒާރިފް ގަތަރަށް ވަޑައިގެންފައި މިވަނީ ގަތަރުން އީރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން އޯގަސްޓްމަހުގެ ތެރޭގައި ފުރިހަމައަށް އަލުން ގާއިމް ކުރުމާއެކުއެވެ.

މިދިޔަ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ގަތަރުންވަނީ ތެހެރާނުގައި ހުންނަވާ ގަތަރުގެ އެމްބަސެޑަރ އަނބުރާ ގެންގޮސްފައެވެ. ގަތަރުން އެކަން ކޮށްފައިވަނީ ސައުދީއަރަބިއްޔާއިން ޝީއީ ދީނީ ލީޑަރަކަށް މަރުގެ އަދަބު ދިނުމުން އީރާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ ޑިޕްލޮމެޓިކް މިޝަންއަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިންވަނީ ޒާރިފް ދޯހާގައި ބައްދަލުވުމުގައި އިންނެވި ފޮޓޯތައް ދައްކާފައެވެ.އަދި ޒާރިފްއާ ހަވާލާދެއްވާ އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ "ސަރަހައްދީ އެއްވެސް މައްސަލައަކީ އަސްކަރީ ހައްލެއް އޮތް މައްސަލަތަކެއް ނޫން"ކަމަށެވެ.

"ހުރިހާ ފަރާތަކުންވެސް އިސްކަންދޭންވީ ސަރަހައްދުގެ ހަމަޖެހުމާ ސަލާމަތްތެރިކަން އިއާދަ ކުރުމަށް އިސްނެގުމަށް" ޒާރިފް ވިދާޅުވިކަމަށް ބުނެފައިވެއެވެ.

ހޯމަ ދުވަހު ޒާރިފް ވަނީ އޮމާނުގެ އޮފިޝަލުންނާވެސް ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި 1970ން ފެށިގެން އޮމާނުގެ ވެރިކަން ކުރެއްވި އަދި ހުޅަނގާ އިރާނާދެމެދު މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވާ ސުލްތާން ޤަބޫސް ބިން ސާއިދް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ތެރެއިން މެދުއިރުމަތީގައި މެދުއިރުމަތީގައި އޮންނަ މައި އަސްކަރީ ބޭސް އޮންނަ ގަތަރާ، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކާމެދު އުފެދިފައި އޮތް މައްސަލަ ހައްލުކުރުމަށް ކުވެއިތުން މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރި މަސައްކަތްތައްވަނީ ނާކާމިޔާބު ވެފައެވެ.

ސައުދީ އިސްވެ އޮވެ އިތުރު ގައުމުތަކަކާއެކު ގަތަރާ ގުޅުންކަނޑާލީ އެ ގައުމުން ޓެރެރިޒމަށް ފަންޑުކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ގަތަރުންވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ގަތަރާމެދު ފިޔަވަޅު އެޅި ގައުމުތަކުން ޖޫން މަހުގެ 22 ވަނަ ދުވަހުވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޑިމާންޑްތަކެއް ގަތަރަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ބަންދުކުރުމާއި އީރާނާ ގުޅުން ކަނޑާލުންވެސް ހިމެނޭއިރު ގަތަރުންވަނީ އެ ޑިމާންޑްތަކަށް ދެކޮޅުހަދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު