Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ޤަތަރުގެ މައްސަލަ: އޯޕެކް ބައްދަލުވުމާއި ދިމާކޮށް މައްސަލަ އިތުރަށް ހޫނުވަނީ

އޯޕެކް ޤައުމުތަކުގެ ބައްދަލުވުމުގެ ކުރިން ގަލްފްގެ ޤައުމުތަކުން ވަކިން ބައްދަލުކުރޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 25 ނޮވެމްބަރު 2017 | ހޮނިހިރު 06:48
ޤަތަރުގެ ވެރިރަށް ދޯހާ

ޤަތަރުގެ ވެރިރަށް ދޯހާ

އަންނަ ބުރާސްފަތި ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއޭނާގައި ބާއްވާ ތެޔޮ އެކްސްޕޯޓް ކުރާ ޤައުމުތަކުގެ ޖަމްއިއްޔާ، އޯޕެކްގެ ބައްދަލުވުމާއި ދިމާކޮށް ގަލްފް ސަރަހައްދުގެ މައްސަލަ އިތުރަށް ހޫނުވަމުން އެބަދެއެވެ. އާއްމުކޮށް އޯޕެކް ބައްދަލުވުމުގެ ކުރިން އެޖަމްއިއްޔާގައި ހިމެނޭ ގަލްފްގެ ޤައުމުތަކުން ވަކިން ބައްދަލުވުން ބާއްވައެވެ. އަދި އޯޕެކްއަށް ހުށަހަޅާ ކަންތައްތަކާއި ހުށަހެޅިފައިވާ ކަންކަމަށް ގޮތް ނިންމުމުގައި ގަލްފްގެ ޤައުމުތަކުން ގެންގުޅެނީ އެއް ވިސްނުންތަކެކެވެ.

އޯޕެކްގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ ގަލްފްގެ ޤައުމުތަކުގެ ތެލާއި ބެހޭ ވަޒީރުން ވަޓްސްއެޕް ގްރޫޕެއް ހައްދަވައިގެން އުޅުއްވާކަމަށާއި، އެ ގްރޫޕަކީ ކުރިން ވަރަށް އެކްޓިވް ގްރޫޕެއްކަމަށެވެ. އެހެންނަމަވެސް މިހާރު އެގްރޫޕުގައި މާ ބޮޑުކަމެއް ނޯންކަމަށްވެއެވެ. އާއްމުކޮށް ގަލްފްގެ ޤައުމުތަކުން އޯޕެކް ބައްދަލުވުމުގެ ކުރިން ސިއްރު ބައްދަލުވުންތައް ބޭއްވިނަމަވެސް، މިފަހަރު މިބައްދަލުވުންވެސް ކުރިއަށްދާ ގޮތެއް ނުވިއެވެ.

އަންނަ ޑިސެމްބަރު މަހު ގަލްފް ސަރަހައްދުގެ ޤައުމުތަކުގެ ޖަމްއިއްޔާގެ ބައްދަލުވުން ވެސް އޮންނާނެއެވެ. ކުވައިތުގައި ބާއްވާ މި ބައްދަލުވުމަށް ޤަތަރުން ގޮސްފިނަމަ، ބައްދަލުވުން ބޮއިކޮޓް ކުރާނެ ކަމަށް ބަހްރައިންއިން ވަނީ އިންޒާރު ދީފައެވެ. ބައްދަލުވުމުގައި ޤަތަރު ބައިވެރިވާނެތޯ ސުވާލު އުފެދިފައިވާއިރު، ގަލްފް ސަރަހައްދުގައި ހިމެނޭ ގިނަ ޤައުމުތަކުން ވަނީ ޤަތަރާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. މި ބައްދަލުވުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުވައިތުގެ ޚާރިޖީ ވަޒީރު ސަބާހް އަލް ޚާލިދު އަލް ސަބާހް ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު ސަޢޫދީގެ ވެރިރަށް ރިޔާޒަށް ވަޑައިގެންފައިވެއެވެ.

ނިމިގެން ދިޔަ ހަފްތާގައި ޤަތަރުންވެސް ވަނީ އެޤައުމާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޤަތަރާއި ގުޅުން ކަނޑާލާފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވިޔަފާރީގެ ދާއިރާއިން ޤަތަރަށް ކުރަމުންދާ ދަތިތަކުގެ މައްސަލަ ދުނިޔޭގެ ވިޔަފާރިއާއި ބެހޭ ޖަމްއިއްޔާ ޑަބްލިޔު.ޓީ.އޯއަށް ހުށަހެޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޤަތަރުން ދަނީ ވަމުންނެވެ. އަދި އަންގާރަ ދުވަހު ޤަތަރުގެ އަމީރުގެ ދަރިކަލުން ޖާސިމް ބިން ޙަމަދު އަލްޘާނީ ކުވައިތަށް ވަޑައިގެން، ބައްޕާފުޅުގެ މެސެޖެއް ކުވައިތުގެ އަމީރަށް އެރުވިއެވެ. މިމެސެޖަކީ ޤަތަރާއި ކުވައިތުގެ ޒަމާންވީ ގާތްގުޅުމާއި ބެހޭ މެސެޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޤަތަރާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަރަބި ޤައުމުތަކުން ވަރުގަދަކުރަމުންދާއިރު، މިސްރުން ވަނީ ޤަތަރުގެ ރައްޔިތުންނަށް ވިސާ ނުނަގައި މިސްރަށް ނުވަދެވޭނެކަން އިއުލާން ކޮށްފައެވެ. މިހުރިހާ ދަތިތަކާއިއެކުވެސް ޤަތަރުން ބުނަނީ 2022ވަނަ އަހަރު އޮންނަ ވޯލްޑްކަޕަށް ވަމުންދާ ތައްޔާރީތައް ހުއްޓާނުލާ ކަމަށެވެ. އަދި 2022ވަނަ އަހަރު ގަލްފްގެ ޤައުމުތަކުގެ ރައްޔިތުންނަށް ވޯލްޑްކަޕް ބަލަން ދިޔުމަށް ފުރުސަތު ދިނުމަށް އެޤައުމުތަކުގެ ވެރިންނަށް ޤަތަރުންވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު