Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރުގެ މައްސަލަ

ޤަތަރުގެ އިޤްތިޞާދު ފުނޑާލުމަށް ޔޫއޭއީއިން ރޭވި!

9 ނޮވެމްބަރު 2017 | ބުރާސްފަތި 18:16

ޤަތަރުގެ މާލީ ނިޒާމަށް ޙަމަލާދީ، އިޤްތިޞާދު ހަލާކުކޮށް، ދަރަނިވެރިކުރަން ރޭވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 18:16
ޤަތަރުގެ ވެރިރަށް ދޯހާ

ޤަތަރުގެ ވެރިރަށް ދޯހާ

ޤަތަރުގެ އިޤްތިޞާދު ފުނޑާލައި، މާލީ ނިޒާމަށް ހަމަލާ ދިނުމަށް ޔޫއޭއީން ރޭވި ކަމަށް ބުނާ ލިޔެކިޔުންތަކެއް އެމެރިކާގެ ވެބްސައިޓަކުން އާއްމު ކޮށްފިއެވެ.

ދަ އިންޓަސެޕްޓުން އާއްމުކޮށްފައިވާ ލިޔެކިޔުންތަކަކީ ޔޫއޭއީ އިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫސުފް އަލް އުތައިބާގެ އީމެއިލްތަކުގެ ލީކްވި ޑޮކިއުމަންޓްތަކެކެވެ. މި ޑޮކިއުމަންޓްތަކުން ހާމަވާ ގޮތުގައި ޔޫއޭއީއަށް މި ޕްލޭން ތައްޔާރު ކޮށްދިނީ ލަގްޒަމްބަރގްގެ ބޭންކް ހާވިލަންޑްއިންނެވެ. މި ބޭންކަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންކަރ ޑޭވިޑް ރޯލްނަޑްގެ އާއިލީ ބޭންކެކެވެ.

މި ޕްލޭން ބުނާ ގޮތުން ޤަތަރުގެ އިޤްތިޞާދު 'ފުނޑާލުމަށް' ޔޫއޭއީއިން ބޭނުންކުރާނީ ބޮންޑާއި އެހެނިހެން ބައެއް ފައިނޭންޝަލް އިންސްޓްރޫމަންޓްތަކެވެ. އަދި ޤަތަރުގެ ޔީލްޑް ކަރވްގެ މައްޗަށް ބާރުފޯރުވައިގެން ޤަތަރުގެ ދަރަނި ބޮޑުކުރުމަށް ވެސް ރާވާފައިވެއެވެ. އާއްމު ޔީލްޑް ކަރވެއްގައި މެޗުއަރިޓީ މުއްދަތު ދިގު ބޮންޑްތަކުގެ ޔީލްޑް މަތިވެއެވެ. މި ޕްލޭންގައިވާ ގޮތުން ޤަތަރުގެ އިޤްތިޞާދު ފުނޑާލަން ބޮންޑްގެ އަގު ދަށްކޮށް، ދަރަނި މަތިކުރާނެއެވެ. އަދި ފައިސާގެ ތާށިކަން ކުރިމަތިވެ، ޤަތަރުގެ ޚަޒާނާއަށް އެކަމުގެ އަސަރުކުރާނެ ގޮތަށް މި ޕްލޭން ފަރުމާކޮށްފައިވެއެވެ. އަދި އިޤްތިޞާދީ ގޮތުން ޤަތަރަށް ދިމާވާ މައްސަލަތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނެސް، އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ޕީއާރް ކެމްޕޭނެއްގެ އެހީގައި 2022ވަނަ އަހަރު ޤަތަރުގައި ބާއްވަން ކަނޑައަޅާފައިވާ ފީފާ ވޯލްޑްކަޕް ޔޫއޭއީގައި ބާއްވާ ގޮތަށް ބަދަލުކުރަން ވެސް ރާވާފައިވެއެވެ.

މިފަދަ ޕްލޭނެއް ހަދާފައިވާކަން ހާމަވެފައިވީ ނަމަވެސް، އެޕްލޭނަށް އަމަލުކުރިކަން ނުވަތަ ނޫންކަން ކަށަވަރުވެފައެއް ނުވެއެވެ. އަދި ޕްލޭން މިހާރު އާއްމުވެފައި ވާތީ ދެން އެޕްލޭނަށް އަމަލުކުރި ނަމަވެސް އެކަމުގެ ފައިދާއެއް ނުކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ޤަތަރާއި ޔުއޭއީއަކީ ގަލްފްގެ ބާރުގަދަ ދެޤައުމަށްވެފައި، ދެޤައުމަކީވެސް މެދުއިރުމަތީގެ ވިޔަފާރީގެ މައި މަރުކަޒުތަކެކެވެ. އެހެން ނަމަވެސް ޤަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމަށްވެފައި، ޔޫއޭއީއަށް ވުރެ ވަރުގަދަ ރިޒަރވެއް އޮތުމުން ބޭންކް ހާވިލަންޑް އިން ތައްޔާރުކުރި ޕްލޭން މަސައްކަތްކޮށްފާނެކަމާއި މެދު ސުވާލު އުފެދޭކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ޔޫއޭއީ އިން މިހާރު ވެސް ސަޢޫދީއާއި ގުޅިގެން ޤަތަރާއި ގުޅުން ކަނޑާލާފައިވާއިރު، ޤަތަރާއި ޔޫއޭއީ އާއި ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށް، އެޤައުމު އެކަހެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަޢޫދީއަށް އެންމެ ވާގިވެރިވަނީ ޔޫއޭއީއިންނެވެ.

ޤަތަރުގެ އިޤްތިޞާދު ފުނޑާލާނެ ގޮތުގެ ޕްލޭން ޔޫއޭއީއަށް ތައްޔާރުކޮށްދިން ބޭންކް ހާވިލަންޑްގައި މަސްލަހަތު އޮންނަ ޑޭވިޑް ރޯލަންޑް އަކީ ޔޫއޭއީގެގެ އަބޫދާބީގެ ޝާހީ އާއިލާއާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. ޚާއްސަކޮށް އަބޫދާބީގެ ވަލީޢަޙުދު ޝައިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާނާއި އޮންނަ ގުޅުން ރޯލަންޑް ވަރުގަދަކޮށްފައިވާއިރު، ޔޫއޭއީގެ ސޮވަރިން ފަންޑްކަމަށްވާ މުބާދަލާ އާއި ގުޅިގެން މާލީ އިދާރާއެއް ޤާއިމްކުރުމަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2017

އިޤްތިޞާދު ރަނގަޅުކުރާނެ ޕްލޭނެއް ބަޖެޓުގައި ނެތް: ރާޖަޕަކްސަ

17 ނޮވެމްބަރު 2017
އިޤްތިޞާދު ރަނގަޅުކުރާނެ ޕްލޭނެއް ބަޖެޓުގައި ނެތް: ރާޖަޕަކްސަ
14 ނޮވެމްބަރު 2017

ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ

14 ނޮވެމްބަރު 2017
ޤަތަރުގެ ފައިސާގެ އަގު ވައްޓާލުމަށް ރޭވި މައްސަލަ ބަލަނީ
04 އޮކްޓޯބަރު 2017

އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި

04 އޮކްޓޯބަރު 2017
އީރާނުގެ ޚާރިޖީ ވަޒީރު ޤަތަރުގެ އަމީރާ ދޯހާގައި ބައްދަލުކުރައްވައިފި
04 އޮކްޓޯބަރު 2017

500 މީޓަރުގެ ޓަނަލެއް ކޮނެގެން ބޭންކެއް ފަޅާލަން ރޭވި ބަޔަކު ހައްޔަރުކޮށްފި

04 އޮކްޓޯބަރު 2017
 500 މީޓަރުގެ ޓަނަލެއް ކޮނެގެން ބޭންކެއް ފަޅާލަން ރޭވި ބަޔަކު ހައްޔަރުކޮށްފި
25 ސެޕްޓެމްބަރު 2017

ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު

25 ސެޕްޓެމްބަރު 2017
ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު
23 އޯގަސްޓު 2017

އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި

23 އޯގަސްޓު 2017
އެމްބަސީ ބަންދުކޮށް ޗެޑްއިން ޤަތަރުގެ ޑިޕްލޮމޭޓުން ފައިބަން އަންގައިފި
17 އޯގަސްޓު 2017

ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި

17 އޯގަސްޓު 2017
ޤަތަރުގެ 2400 ހައްޖާޖީންނަށް 4000 މީޓަރުގެ ސަރަހައްދެއް ސައޫދީން ޚާއްޞަ ކޮށްފި
22 ޖުލައި 2017

މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު

22 ޖުލައި 2017
މިއީ ކުރިން ނުދެކޭ ފަދަ ހިޞާރުކުރުމެއް، މަސައްކަތް ކުރަނީ ގޯހެއް ހަދާތޯ: ޤަތަރުގެ އަމީރު
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅެފައެއްނުވޭ:ޔޫއޭއީ
17 ޖުލައި 2017

ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް

17 ޖުލައި 2017
ޤަތަރުގެ މީޑިއާ ހެކް ކުރަން ޔޫއޭއީއިން އުޅުނު:ވޮޝިންގޓަން ޕޯސްޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް